އާސެނަލުން އާޓެޓާ އަށް ވަގުތު ދޭން ގާޑިއޯލާ އެދިއްޖެ

Aug 28, 2021, 3:28 AM
އާސެނަލުން އާޓެޓާ އަށް ވަގުތު ދޭން ގާޑިއޯލާ އެދިއްޖެ

މެންޗެސްޓާ (އޮގަސްޓް 28) - އާސެނަލްގެ ކޯޗުކަމުގައި ހުރި މިކޭލް އާޓެޓާ އަށް އެ ކްލަބްގައި ޓީމެއް ބިނާކުރަން އެކަށީގެންވާ ވަގުތު ދޭން އެ ޓީމާ ދެކޮޅަށް މިއަދު އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އާސެނަލާ ހަވާލުވާން އާޓެޓާ ނިންމީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ސިޓީގެ އެސިސްޓަންޓް ކޯޗުގެ ވަޒީފާ ދޫކޮށްފަ އެވެ. އާޓެޓާ ކުރިން ހުރީ ގާޑިއޯލާގެ އެސިސްޓަންޓް ކޯޗުގެ މަގާމުގަ އެވެ. އާސެނަލްގައި އާޓެޓާ އެންމެ ފުރަތަމަ އަށް މަސް ތެރޭ ކުރި މަސައްކަތް ރަނގަޅެވެ. އެފްއޭ ކަޕް ޗެމްޕިއަންކަން ވެސް ހޯދި އެވެ. އެކަމަކު މިދިޔަ ސީޒަނުގައި އާދަޔާހިލާފަށް އެ ޓީމުގެ ނަތީޖާ ދަށްވި އެވެ. އަދި މި ފަަހަރުގެ ސީޒަން ފެށިއިރު، ލީގުގެ ދެ މެޗުން ވަނީ ބަލިވެފަ އެވެ.

މި ފަަހަރު ޓްރާންސްފާ މާކެޓްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމުތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރީ އާޓެޓާގެ އާސެނަލުންނެވެ. ފަސް ކުޅުންތެރިން ގަންނަން 132 މިލިއަން ޕައުންޑް (180 މިލިއަން ޑޮލަރު) ވަނީ ހަރަދުކޮށްފަ އެވެ. އާސެނަލާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ވަނީ އާޓެޓާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

"އެ މީހުން ކުޅުނީ ދެ މެޗު. އެއީ 20 ނޫނީ 50 މެޗެއް ނޫން. އެ މީހުން އާޓެޓާ އަށް ފައިސާ ދިނީ ޓީމު ވަރުގަދަ ކުރަން. ޓީމެއް ބިނާކުރަން. ދެން އެ މީހުންނަށް އޮތް ކަަމަކީ އެ ފައިސާ ދީގެން ހެދި ޓީމު ރަނގަޅު ގޮތުގައި ކުރިއަށްދާން ވަގުތު ދިނުން. ކީއްވެ އެކަން ނުކުރެވެންވީ،" ގާޑިއޯލާ ބުންޏެވެ.

ސިޓީން ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ހޯދަން ކުރި މަސައްކަތް ކާމިޔާބުނުވީ ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީ އެ ގޮތަށް ބޭނުން ނުވުމުން ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ސިޓީ އަށް އަންނަން އުޅޭ ކަމަށް ދެކެވުނު ވާހަކަ ތަކާ ބެހޭގޮތުން ގާޑިއޯލާ ބުނީ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ފަދަ ކުޅުންތެރިންނަކީ ކޮންމެ ކްލަބެއްގެ ހުށަހެޅުން ލިބުނަސް އަމިއްލަ އަށް އިހުތިޔާރުކުރާ ޓީމަކާ ގުޅޭނެ ކުޅުންތެރިން ކަމަށެވެ.

ސިޓީގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވި ގާޑިއޯލާ އެންމެ ފަހުން އެ ޓީމާ އެކު ހެދި ކޮންޓްރެކްޓާ އެއްގޮތަށް 2023 ވަނަ އަހަރާ ހަމައަށް ސިޓީ އަށް ކޯޗުކޮށްދީފިނަމަ އޭނާ އެ ޓީމުގައި ޖުމްލަ ހަތް އަހަރު މަސައްކަތް ކުރާނެ އެވެ. ދާދި ފަހުން ބްރެޒިލްގެ މީޑިއާ ފޯރަމެއްގައި ވާހަކަ ދައްކަމުން ގާޑިއޯލާ ވަނީ 2023 ވަނަ އަހަރު ސިޓީގެ އެއްބަސްވުން ހަަމަވުމުން ކޯޗިން އިން ބްރޭކެއް ނަގައި ގައުމީ ޓީމަކުން ދެން ފެނިދާނެ ކަމަށް ބުނެފަ އެވެ.

ގާޑިއޯލާ ބުނީ އެ ވާހަަކަތަކުގެ މާނަ އަކީ އޭނާ 2023 ވަނަ އަހަރު ސިޓީ ދޫކޮށްލާނެކަން ޔަގީންވުމެއް ނޫން ކަމަށެވެ.

"އަހަރެން މި ހުރީ ދެ އަހަރު ތެރޭ ސިޓީ ދޫކޮށްލަން ނިންމައިގެނެއް ނޫން. އަހަރެން މި ޓީމު ދޫކޮށްލަން ޖެހިދާނެ ދެ މަހުން ވެސް. އެއީ ނަތީޖާތައް ގޯސްވެ މި ކްލަބްގެ ވެރިން އަހަންނާ މެދު ހިތްހަމަނުޖެހިއްޖިއްޔާ. ތިން މަސް ތެރޭ ވެސް ނޫނީ ފަސް އަހަރު ތެރޭ ވެސް އަހަރެން މި ޓީމު ދޫކޮށްލަފާނެ. އަހަރެން ބުނީ ސިޓީން ދިޔުމަށް ފަހު ބްރޭކެއް ނަގާ ވާހަަކަ. އެއީ ވަކި އިރެއްގައި ވާނެ ކަމެއްކަން އަދި ޔަގީނެއް ނޫން،" ގާޑިއޯލާ ބުންޏެވެ.

އާސެނަލާއި ސިޓީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox