"ތިއީ ހަމަ ހީވާ ގޮތް!"

"ތިއީ ހަމަ ހީވާ ގޮތް!"

އަހަރެން ހިތަށް އަރަ އެވެ. މާތް ނަބިއްޔާއާ އެއް ޒަމާނެއްގައި އަހަރެން ލެއްވުނު ނަމަ އެވެ. އޭރުގައި މީހުން ހާދަ ހެޔޮވެފައި ހާދަ އަޅުވެރި އެވެ. މިހާރު އެހެންނެއް ނޫނެވެ. މީސްތަކުން ވަރަށް ނުބައިވެއްޖެ އެވެ. މީސްތަކުންނަކީ ނުލަފާ ބަޔަކަށް ވެއްޖެ އެވެ. ގިނައީ ދޮގުވެރީންނެވެ. މަކަރުވެރި ހީލަތްތެރީންނެވެ. މިއީ ދުނިޔެއާމެދު ވިސްނާފިކުރުކުރަމުންދިޔަ ޒުވާނަކު ބުއްދިވެރި ހަކީމަކަށް ހުށަހެޅި ޝަކުވާއެކެވެ.

ފެން ތައްޓެއްގެ ބަރުދަނުގައި ކިހާ މިންވަރެއް ހުންނާނެތޯ ހަކީމު އެ ޒުވާނާއާ ސުވާލުކުރި އެވެ. އެ ޒުވާނާ ބުންޏެވެ. ސީދާ ބަރުދަން ބުނާކަށް ނޭނގެ އެވެ. އެކަމަކު އެއީ ވަރަށް ލުއި އެއްޗެކެވެ. ފެންތައްޓެއް ހިފަހައްޓައިގެން ހަކީމު ކުރިމަތީ ކޮޅަށް ހުރެވިދާނެތޯ ޒުވާނާ ކައިރިން ހަކީމު ދެވަނަ ސުވާލުކުރި އެވެ. ޒުވާނާ ތިޔައީ އެއްވެސް ކަމެއް ނޫންކަމަށް ބުންޏެވެ. ދެން ފެންތަށި ހިފަހައްޓައިގެން ކޮޅަށް ހުރުމަށް އެ ޒުވާނާއަށް ހަކީމު އެންގި އެވެ. އެހެން ހުންނަތާ ފަނަރަ މިނިޓް ނުވަނީސް ޒުވާނާ ޝަކުވާ ކުރަން ފަށައިފި އެވެ. ހަކީމު ބުނަމުންދަނީ އިތުރަށް ކެތްތެރިވެގެން މަޑުކޮށްލައިގެން ހުރުމަށެވެ. އިރުތަކެއް ވޭތުވެދިއުމުން ހަކީމު ޒުވާނާއާ ސުވާލުކުރި އެވެ. ފެންތަށީގެ ބަރުދަނުގައި ހުންނާނީ ކިހާ މިންވަރެއް ހެއްޔެވެ؟ ޒުވާނާ ބުނެފިއެވެ. ފެން ތައްޓަކީ ހަމަ ލުއި އެއްޗެކެވެ. އެކަމަކު ހިފަހައްޓައިގެން ހުންނަ ވަގުތު އިތުރު ވީ ވަރަކަށް ބަރުވާ އެއްޗެކެވެ.

ހަކީމު ހިނިތުންވެފައި ބުންޏެވެ. މީސްމީހުންނާމެދު ކުރާ ނުބައި ހީތަކަކީ ބަރުދަނުގައި މާ ބަރު އެއްޗެއް ނޫނެވެ. ސިކުނޑީގެ އެއްކައިރީގައި އޮވެ އޭތި ބަރުވެ މީހާއަށް ނުތެދުވެވޭވަރު ކޮށްލުމަކީ އެކަމަކު ވެދާނެ ކަމެކެވެ. އެއީ އެ ނުބައި ހީތައް އުފުލުމުގައި ހުރިހާ ވަގުތެއް ހޭދަކުރަން ފަށައިފިނަމަ އެވެ.

ޙުޖުރާތު ސޫރަތުގައި މާތް ﷲ އަންގަވާފައިވެއެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހީތަކާ ވީހާ ގިނައިން ދުރުވެތިބޭށެވެ! ހަމަކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔެއްގެ ސިއްރުތަކަށް ފާރަލައިބަލައި ނޫޅޭށެވެ!

މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެ އެވެ. ތިޔަބައިމީހުން ހީއާ ދުރުވާށެވެ! ހީ އަކީ ވާހަކަތަކުގެ ތެރެއިން އެންމެ ދޮގު އެއްޗެވެ. އިމާމް ޚައްޠާބީ ވިދާޅުވެފައިވެ އެވެ. މީސްތަކުންނަށް އައިބު ބަސް ބުނެ މީސްތަކުންގެ ނުބައިކަމުގެ ވާހަކަ ދެއްކުމުގައި ވަގުތުތައް ހޭދަކުރާ މީހާއަކީ އެ އެންމެނަށްވުރެ މާ ހާލު ދެރަ، މާ ނުބައި މީހެކެވެ. އެކަމުން އޭނާއަކީ އެއެންމެނަށްވުރެ މާހެޔޮ މީހެއްކަމަށް އަމިއްލައަށް ގަބޫލުކުރެވި ބޮޑާކަމުގެ ނުރަނގަޅު ސިފަ ލިބިގަންނާތީ އެވެ.

މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުގައިވެ އެވެ. މީސްތަކުން ހަލާކުވެއްޖެއޭ މީހަކު ބުނެފިނަމަ، އެމީހުންނަށްވުރެ ބޮޑަށް ހަލާކުވެފައިވާ މީހާއަކީ އެ ބަސް ބުނި މީހެކެވެ. މި ހަދީސް ގެ ޝަރަހައިގައި އިލްމުވެރިން ފާހަގަކުރައްވާ ގޮތުން، މި ހަދީސްގައި ބަޔާންކުރައްވަނީ، މީސްތަކުން ދަށްކޮށްލުމުގެ ގޮތުން އެހެން ބުނުމެވެ. މީސްތަކުންގެ މެދުގައި ނުބައިކަންކަން އާންމުވެފައިވާތީ، މުޖުތަމައުގެ ހާލަތު ބަޔާންކުރުމުގެ ގޮތުން ބުނާ ބުނުންތައް މި ހަދީސްގެ މާނައިގެ ތެރޭގައި ނުހިމެނޭނެ އެވެ.

ތިމާގެ އެކުވެރިޔާ ބުނާ އެއްޗެއް ރަނގަޅު މާނައެއްގައި ގަބޫލުކުރެވެން އޮއްވައި، އެޔަށް ނުބައި މާނަކުރުމެއްދީ، އެކުވެރިޔާއާމެދު ނުރަނގަޅު ހީކުރުމެއް ހީކުރުމަކީ މުސްލިމަކަށް ހުއްދަވެގެންވާނެ ކަމެއް ނޫންކަމަށް މިއުންމަތުގެ ދެވަނަ ޚަލީފާ ޢުމަރުގެފާނު ވިދާޅުވެފައިވެ އެވެ.

މީހުން ބުނާ ބަސްބަހުން ތަފާތު މާނަތައް ނެރެވިދާނެއިރު، އަހަރެމެން ކޮންމެ މީހެއްގެ މައްޗަށް ވެސް ލާޒިމުވެގެންވަނީ އެބަހަކަށް ދެވޭނެ އެންމެ ރަނގަޅު މާނައެއް ދިނުމެވެ. ހަމަ މިފަދައިން މީސްމީހުންކުރާ އަމަލުތަކުގެ މާނަ ބޭރުފުށަށް ކިތަންމެ ނުރަނގަޅު ގޮތުގައި ފެނުނަސް، ތިމާއަށް ނޭނގިދާނެ އުޒުރުވެރިކަމެއް އަނެކާގެ ކިބައިގައި އޮވެދާނެކަމަށް ގަބޫލުކުރުމެވެ. މީސްތަކުންގެ ނިޔަތްތަކާމެދު ގޮތް ކަނޑައެޅުމަކީ އިންސާނުންނަށް އޮތްކަމެއް ނޫނެވެ. އެއީ އިންސާނުންނަށް ކުރަން އެނގޭނެ ކަމެއް ވެސް ނޫނެވެ. މީސްތަކުންގެ ނިޔަތްތަކާއި ސިއްރުތައް ދެނެވޮޑިގެންވާ ރަސްކަލާނގެއަށް އެކަންކަން ދޫކޮށްލުމަކީ ޣައިބަށް އީމާންވުމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ.

ގޯސް އަދި ނުރަނގަޅު ވިސްނުންތަކުން ސަލާމަތްވެ ތިބެ، އަނެކާއާމެދު ރަނގަޅަށް ހީކުރުމާއި ހެޔޮކޮށް ވިސްނުމަކީ، ވަރަށް ގިނަ ދެކޮޅުވެރިކަމާއި ރުޅިވެރިކަމުން ސަލާމަތްވެވިދާނެ މަގެކެވެ. އަޅުގަނޑުމެންގެ ތެރޭގައި ހުރި އާއިލީ އަދި އިޖުތިމާއީ ވަރަށް ގިނަ މައްސަލަތަކުގެ އަސްލަކީ އެކަކު އަނެކަކާމެދު ވީއެންމެ ނުބައިކޮށް ވިސްނުމުގެ އާދަކާދައިގެ ތެރެއިން ފެށިފައި ހުންނަ ކަންކަންކަންކަމުގައި ނުވޭތޯ އެވެ؟

ދީނީ ގޮތުން ދީނީ އިލްމުވެރިންގެ މެދުގައިއާއި، ދީނަށް ލޯބިކުރާ މީހުންނާއި ދީނާ ތަންކޮޅެއް ދުރު މީހުންގެ މެދުގައި ކުރެވެމުންދާ އަރާރުންތަކާއި ދެބަސްވުންތަކުގެ އަސްލަކީ ވެސް އެކަކު އަނެކަކާމެދު ވީ އެންމެ ނުބައިކޮށް ވިސްނުމުގެ ނަތީޖާކަމުގައި ނުވޭތޯ އެވެ؟

ރަނގަޅަށް ހީކޮށް ރަނގަޅަށް ވިސްނާށެވެ. އެއީ ވަރަށް ގިނަ މައްސަލަތަކުގެ ހައްލެވެ. ނަފުސަށާއި ސިކުނޑިއަށް ދެވޭ އަރާމަކާއި ތަސައްލީއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox