ރެއާލްގެ ދެ ވަނަ ބިޑާ އެކު ޕީއެސްޖީން އެމްބާޕޭ ވިއްކާލަނީ؟

Aug 27, 2021, 6:15 AM
ރެއާލްގެ ދެ ވަނަ ބިޑާ އެކު ޕީއެސްޖީން އެމްބާޕޭ ވިއްކާލަނީ؟

މެޑްރިޑް (އޮގަސްޓް 27) - ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑުން ފްރާންސް ތަރި ކީލިއަން އެމްބާޕޭ ގަންނަން ކުރި ދެ ވަނަ ބިޑާ އެކު އޭނާ ވިއްކާލުމާ މެދު އަވަހަށް ގޮތެއް ނިންމަން ޕީއެސްޖީން މަޝްވަރާކުރަން ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ ލައްވައި އާ އެއްބަސްވުމެއްގައި ސޮއިކުރަން ޕީއެސްޖީން މިހާތަނަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވި އެވެ. އެމްބާޕޭ ގަންނަން ދެ ދުވަސް ކުރިން ރެއާލުން ކުރި ފުރަތަމަ ބިޑަކީ 188 މިިލިއަން ޑޮލަރު (160 މިލިއަން ޔޫރޯ)ގެ ބިޑެކެވެ. ޕީއެސްޖީން ވަނީ ރެއާލްގެ އެ ހުށަހެޅުން އަނބުރާ ފޮނުވާލައިފަ އެވެ.

ރެއާލްގެ ފުރަތަމަ ބިޑަށް ފަހު ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލިއޮނާޑޯ ފްރާންސްގެ ލެކިއުޕޭ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަން ބުނެފައިވީ ނަމަވެސް އޭނާ ވިއްކާނީ ޕީއެސްޖީން ބޭނުންވާ އަގު ލިބުމުން ކަމަށް ބުނެފަ އެވެ. ލިއޮނާޑޯ ވަނީ ރެއާލުން ފަހު ވަގުތު ކުއްލިއަކަށް އެމްބާޕޭ ގަންނަން ޓްރާންސްފާގެ ފަހު ހަފްތާގައި މަސައްކަތް ފެށުމަކީ ރާވައިގެން ކުރި ކަމެއް ކަމަށް ބުނެފަ އެވެ.

ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ރެއާލުން އެމްބާޕޭ ގަންނަން އިއްޔެ ކުރި ބިޑަކީ 226 މިލިއަން ޑޮލަރުގެ (180 މިލިއަން ޔޫރޯގެ) ހުށަހެޅުމެކެވެ. މިއީ ޕީއެސްޖީން 2018 ވަނަ އަހަރު އެމްބާޕޭގެ ކޮންޓްރެކްޓް ދާއިމީ ކުރަން މޮނާކޯ އަށް ދެއްކި އަދަދެވެ.

ރެއާލްގެ ދެ ވަނަ ހުށަހެޅުމާ އެކު ޕީއެސްޖީން މިހާރު އަންނަނީ އެމްބާޕޭ ވިއްކާލުމާ މެދު އަވަހަށް ގޮތެއް ނިންމަން މަޝްވަރާ ކުރަމުންނެވެ. އެއީ ޓްރާންސްފާގެ ފަހު ދުވަހު އެމްބާޕޭ ގެއްލިގެން ބަދަލުގައި އިތުރު ކުޅުންތެރިއަކު ނުލިބި ދާން ބޭނުންނުވާތީ އެވެ. އެމްބާޕޭގެ މަގާމަށް ޕީއެސްޖީން ފާރަލާ އެއް ކުޅުންތެރިއަކީ އެވަޓަންގެ ރިޗާލިސަން އެވެ.

އެމްބާޕޭ ގޮސްފިނަމަ ޕީއެސްޖީން ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެނެސްފާނެ ކަމަށް މީޑިއާގައި މީގެ ކުރިން ވާހަކަ ދެކެވުނެވެ. އެކަމަކު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަން ނިންމިތާ މާ ގިނައިރެއް ނުވެ ގަަތަރުގެ މީޑިއާ ޗެނަލް ބީން ސްޕޯޓްސް އަށް ދެއްވި އިންޓަވިއުއެއްގައި ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެއްލާފީ ވިދާޅުވީ އެ ކްލަބުން ރޮނާލްޑޯ އަށް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ޕީއެސްޖީން އެންމެ ފުރަތަމަ އެމްބާޕޭ ގެނައީ 2017 ވަނަ އަހަރު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ އެއް އަހަރު ފަހުން ޕީއެސްޖީން ދާއިމީ ކޮންޓްރެކްޓެއްގައި އެމްބާޕޭ މަޑުކުރުވީ އެވެ. އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީ އަށް ކުޅުނު 174 މެޗުން 133 ގޯލު ޖަހައި 63 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox