30 އަހަރުވީ ކުނި ފަރުބަދަ ހުސްކޮށް ތިލަފުށި ފެހިކޮށް، ޒަމާނީކޮށްލަނީ

Aug 27, 2021, 5:35 AM
ކުނި ފަރުބަދަ މަތީގައި މިނިސްޓަރު ޝައުނާ އާއި ވެމްކޯގެ އިސް ވެރިން އިއްޔެ މަޑުކޮށްލައިގެން: މި ފަރުބަދަ ހުސްކޮށް ތިލަފުއްޓަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމާފައި. -- ފޮޓޯ/ މިނިސްޓްރީ

ކުނި ފަރުބަދަ މަތީގައި މިނިސްޓަރު ޝައުނާ އާއި ވެމްކޯގެ އިސް ވެރިން އިއްޔެ މަޑުކޮށްލައިގެން: މި ފަރުބަދަ ހުސްކޮށް ތިލަފުއްޓަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވަނީ ނިންމާފައި. -- ފޮޓޯ/ މިނިސްޓްރީ

މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން ތިލަފުއްޓަށް ކުނި ޖަމާކުރަން ފަށައި އުފެދިފައިވާ ކުނީގެ ބޮޑު ފަރުބަދަ ހުސްކޮށް, ޒަމާނީ ބަދަލުތަކާ އެކު އެ ސަރަހައްދު ފެހިކޮށްލުމުގެ މަޝްރޫއު, ކާމިޔާބުކަމާ އެކު ބާރަށް ކުރިއަށް އެބަދާ ކަމަށް އެންވާރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ކުނިވަޅުލައިގެން ހިއްކާފައިވާ ތިލަފުށި ރަށެއްގެ ގޮތުގައި ހަމަޖައްސައި އެތަނަށް ކުނި ގެންދަން ފެށީ 1992ގަ އެވެ. މާލެއިން އެތަނަށް ކުނި ބޭރުކޮށް ބޮޑު ފަރުބަދައެއް އުފެދިފައިވާ އިރު ކުނި ވަކި ނުކޮށް އެންދުމުގެ ސަބަބުން މާލެ ސަރަހައްދުގައި ދުންބޯވެ، ތިމާވެއްޓާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.

ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވައި ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅު ގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ބައްލަވާލައްވަން މިނިސްޓަރު ޝައުނާއާ އެކު އެ މިނިސްޓްރީގެ ބައެއް ބޭފުޅުންނާއި ތިލަފުށީގެ ކުނީގެ ފަރުބަދަ ނައްތާލުމުގައި މަސައްކަތް ކުރަމުން އަންނަ ވެމްކޯގެ އިސް ބޭފުޅުން އިއްޔެ ވަޑައިގަތެވެ.

ތިލަފުށީގެ ކުނީގެ ފަރުބަދަ މަތީގައި ވެމްކޯގެ އިސް ބޭފުޅުން މަޑުކޮށްލައިގެން.

ހުސްކުރަން ފަށާފައިވާ ކުނި ފަރުބަދައިގެ އެންމެ އުހުގައި ހުންނަވައި މިނިސްޓަރު ޝައުނާ މީޑިއާ އަށް ވިދާޅުވީ އެންމެ އިސްކަމެއް މި ވަގުތު ދެނީ ކުނި ފަރުބަދައިން ދޭތެރެ ދޭތެރެ އިން އަރާ ކަޅު ދުމުން އާއްމުންނަށް އުނދަގޫވުން ހުއްޓުވުން ކަމަށެވެ. އެކަން އޮކްޓޯބަރުގެ ނިޔަލަށް ކާމިޔާބުވާނެ ކަމުގެ އުއްމީދު އޮތް ކަމަށް ވިދާޅުވި އެވެ.

ތިލަފުށީގެ ކުނީގެ މައްސަލައަށް ސަރުކާރުން ހައްލު ހޯދަމުން އަންނަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާ އެކު ވެމްކޯ އާއި އެންވާރަމެންޓް މިނިސްޓްރީ ގުޅިގެންނެވެ.

ކުނީގެ މައްސަލައަށް ހައްލެއް ހޯދަން ކުރާ މަސައްކަތުގެ ނަތީޖާ މިހާރު ވެސް ފެންނަމުން އަންނަ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ދުން އެރުން ހުއްޓުވަން 20 ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން ތިލަފުށި ސަރަހައްދަކީ މިނިސްޓްރާއި އެ މިނިސްޓްރީގެ މުއައްޒަފުންނަށް ދަތި އުނދަގުލެއް ނެތި، ހާލަތު ބަލައިލެވޭ ސަރަހައްދަކަށް ވަނީ ވެފަ އެވެ.

"އަމާޒަކީ މިތަނުން އަރާ ދުން އެއްކޮށް ނިވާލައި މިތަނަކީ ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ޑަމްޕްސައިޓް ހުންނަ ގޮތަށް ރިމިޑިއެޓް ކުރެވި ގްރީން ސްޕޭސްއެއްގެ ގޮތަށް ފެނިގެން ދިއުން," ޝައުނާ ވިދާޅުވި އެވެ.

"ސަރުކާރުން އޭޑީބީއާ އެކު މި ކުރާ މަސައްކަތަކީ ތިލަފުއްޓަކީ ޒަމާނީ ޓެކްނޮލޮޖީއާ އެކު ކުނި މެނޭޖްކުރެވޭނެ ތަނަކަށް ހެދުން. ކުރިއަށް އޮތް އަހަރުތަކުގައި މި މަސައްކަތްކޮށް ނިންމާލެވޭނެ."

މިނިސްޓަރު ޝައުނާ ތިލަފުށީގައި: ކާމިޔާބު މަޝްރޫއެއްގެ ގޮތުގައި ނިންމާލެވޭނެ ކަމަށް ވިދާޅުވި.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި މަޝްރޫއުން ފުރުސަތު ހުޅުވެނީ ރާއްޖޭގެ ކުނި ނައްތާލުން ޒަމާނީ ފެންވަރަށް ބަދަލު ވެގެން ދިއުމަށެވެ.

މި މަޝްރޫއުގައި މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ވޭސްޓް ސެންޓަރުތަކެއް ގާއިމްކުރާނެ އެވެ. ތިލަފުއްޓަށް އެ ކުނި ގެންދާނީ ރައްކާތެރިކަމާ އެކުގައި އެވެ.

މާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ގާއިމްކުރަން މިހާރު ވަނީ ބަޔަކާ އެކު ސޮއިކޮށްފަ އެވެ.

"މި ސްޓޭޝަންތަކުން ތިލަފުއްޓަށް ކުނި ގެނެވޭނީ ކޮންޓެއިނަރުތަކުގައި ބަންދުކޮށްގެން އަދި ބަންދުކުރެވޭ އިރުގައި ޓްރާންސްޕޯޓް ކުރާއިރު ކުނި މޫދާއި އެއްގަމަށް ދިއުން އަދި ވަސްދުވުން ވެސް ހުއްޓުމަކަށް އަންނާނެ," މިނިސްޓަރު ވިދާޅުވި އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ އެ މަޝްރޫއު ނިމުމުން މީހުންނަށް އެތަނަށް ގޮސް މަސައްކަތް ކުރެވޭވަރަށް ސާފު, ސަލާމަތް ސަރަހައްދަކަށް ވާނެ ކަަމަށެވެ.

"ގާތްގަނޑަކަށް 29 އަހަރު ވަންދެން އެއްތަނަކަށް ޖަމާކުރެވިފައި އޮތް ކުނި ފުނީގެ އެންމެ މަތީގައި އަޅުގަނޑާ މިނިސްޓަރަށް މި ތިބެވެނީ. ކަޅުދުން އަބަދު އަރާ ސަރަހައްދުގައި އަޅުގަނޑަށް މާސްކެއް ނާޅާއި މިއަދު ހުރެވޭ," މަޝްރޫއުގެ ކުރިއެރުންތަކާ ގުޅޭ ގޮތުން ވިދާޅުވި އެވެ.

ވެމްކޯގެ އިސްވެރިންނާ އެކު މިނިސްޓަރު ޝައުނާ ތިލަފުށީގައި.

އޭނާ ވެސް ވިދާޅުވި ގޮތުގައި އެންމެ ބޮޑު އިސްކަމެއް މިހާރު ދީފައި ވަނީ އެ ފަރުބަދައިން ކުނި އަނދައި ދުން އެރުން ހުއްޓުވުމެވެ.

"މިތަން ނިމޭއިރު އޮންނާނީ އިރާދަކުރެއްވިއްޔާ ދުނިޔޭގެ މިކަހަލަ ޑަމްޕްޔާޑުތަކުގައި އޮންނަ ފެންވަރަށް ރީތިކޮށް މީހުންނަށް މަސައްކަތްކޮށްލެވޭ ވަރަށް," އޭނާ ވިދާޅުވި އެވެ.

އެއާއެކު ތިލަފުށީގައި އެހެން މަސައްކަތްތައް ވެސް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox