ރެޑްވޭވުން ވިއްކާ ހައިސެންސް އޭސީ ޕްރީ އޯޑާކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ހައިސެންސް އޭސީ އަކީ ކަރަންޓު ހަރަދު ކުޑަ އިންވާޓާ ޓެކްނޮލޮޖީ ހިމެނޭ، އަދި އެނާޖީ ސޭވިން އާރް-32 ގޭސް ބޭނުންކުރާ ގޮތަށް އުފައްދާފައިވާ މޮޅު އޭސީއެކެވެ. ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް އުފައްދާފައިވާ ހައިސެންސް އޭސީ ޕްރީ އޯޑާ ކުރުމުން އާންމުކޮށް ވިއްކަމުންދާ އަގުތަކަށްވުރެ ހެޔޮކޮށް ލިބޭނެ އެވެ.
މިއޭސީއާއެކު ހިލޭ އިންސްޓޮލޭޝަން ކިޓާއި އަހަރު ދުވަހުގެ ވޮރެންޓީ ލިބިގެންދާނެ ކަމަށް ރެޑްވޭވުން ބުންޏެވެ. ޕްރީއޯޑާ ކުރެވޭ އޭސީތަކުގެ ތެރޭގައި 10،000 އާ 12،000 އަދި 18،000 ބީޓީޔޫގެ އޭސީ ހިމެނެ އެވެ.
ރެޑްވޭވުން ބުނި ގޮތުގައި މިތަކެތި ކަސްޓަމަރުންނާ ހަމައަށް ސެޕްޓެމްބަރު މަހުގެ ދެވަނަ ހަފުތާތެރޭގައި ލިބިގެންދާނެ އެވެ.
ހައިސެންސް އޭސީގެ އިތުރުން އެލްޖީ މެޝިންގެ ހަތަރު މޮޑެލްއެއް ޕްރީ އޯޑާ އަދި ޝާޕް ރެފްރިޖެރޭޓާ ވެސް ވަނީ ޕްރީއޯޑާއަށް ހުޅުވާލާފަ އެވެ. މި ތަކެތި އޮގަސްޓު މަހުގެ ފަހުކޮޅު ލިބޭނެ ކަމަށް ރެޑްވޭވުން ބުނެ އެވެ.
ޕްރީ އޯޑާ ކުރަން ރެޑްވޭވުގެ ވެބްސައިޓުން ވަނީ މިހާރު ފުރުސަތު ހުޅުވާލާފަ އެވެ. އަދި ރެޑްވޭވް މެގަމޯލް، ޕެވިލިއަން، ހޯލްސޭލް އަދި ރެޑްވޭވް ލިވިން އިން އޯޑަރުތައް ބަލައިގަންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.











