ޔޫރޯ 2024 ގެ އޮފިޝަލް ސްޕޮންސާ ހައިސެންސް ބްރޭންޑާ ގުޅިގެން ޔޫރޯގެ މެޗެއް ބަލާލަން ޖަރުމަނަށް ދެވޭ ޕްރޮމޯޝަނެއް ރެޑްވޭވް އިން ފަށައިފި އެވެ.
ރެޑްވޭވްއިން ބުނީ، ޖުލައި 15، ގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަންގެ ދަށުން ޖަރުމަނަށް ދިޔުމުގެ ރަނުގެ ފުރުސަތު އެކަކަށް ލިބޭނެ ކަމަށެވެ.
މިގޮތުން ޕްރޮމޯޝަންގައި ހައިސެންސް ބްރޭންޑުގެ މުދަލެއް ގަންނަން ހޭދަކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެ އެވެ.
"ނަސީބުވެރިޔާއަށް ދެ ފަރާތެއްގެ ޖަރުމަން ދެކޮޅު ޓިކެޓާއި ޔޫރޯގެ ފައިނަލް މެޗުގެ ދެ ޓިކެޓު ލިބޭނެ. އަދި ހޮޓެލް ސްޓޭގެ އިތުރުން 500 ޑޮލަރު ވެސް ލިބޭނެ،" ރެޑްވޭވުން ބުންޏެވެ.
ރެޑްވޭވްގެ ވެބްސައިޓުގައި ހައިސެންސްގެ އެކި އިލެކްޓްރޯނިކްސް ސާމާނުގެ މައުލޫމާތު ހުންނައިރު، ޑެލިވަރީއަށް އޯޑަރު ވެސް ކުރެ އެވެ. އަދި ޑެލިވަރީތަކާއެކު ކޫޕަން ސީދާ ޑެލިވަރީ އެޑްރެހަށް ލިބެ އެވެ.
ހައިސެންސް ބްރޭންޑަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ، ދުނިޔޭގައި ވެސް ނަން ކިޔާ ބްރޭންޑެކެވެ.











