ޕޮޒިޓިވް ވިސްނުމާ އެކު ސުޒޭން އެދުނީ ގައުމީ ޓީމަށް އެންމެން ސަޕޯޓްދޭން

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ކޯޗު އަލީ ސުޒޭން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ކޯޗު އަލީ ސުޒޭން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އަމިއްލަ ފަސްގަނޑުގައި އަންނަ އޮކްޓޫބަރު މަހު ސާފް ޗެމްޕިއަންޝިޕަަށް ރާއްޖޭން ނުކުންނައިރު، މުޅިން އަލަށް 100 ޕަސެންޓް ދިވެހިންނާ އެކު މުބާރާތަށް ކުރިމަތިލަނީ އެންމެން އެކުގައި ރަނގަޅު މަސައްކަތްތަކެއް ކޮށްގެން ގައުމު ފަހުރުވެރިވާ ވަރުގެ ކާމިޔާބެއް ހޯދުމަށް ކަމަށް ގައުމީ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ ވަރަށް ގިނަ މީހުން ފާހަގަކުރާގޮތުގައި ދިވެހި ރާއްޖޭގެ ކޯޗުކަމާ ހަވާލުވުމަކީ ވަރަށް ބޮޑު ޝަރަފެކެވެ.

އެކަމަކު، ސުޒޭންގެ ނަޒަރުގައި ދިވެއްސަކު ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަކީ ޝަރަފަކަށް ވުރެ ބޮޑަށް ޒިންމާއެކެވެ. އެ ޒިންމާ ނަގައި ކާމިޔާބެއް ހޯދަން ބޭނުންވަނީ އެސިސްޓަންޓް ކޯޗުގޮތުގައި ހުރި އިސްމާއިލް މަހްފޫޒް (އިންމަ) އާއި ގޯލްކީޕަރު ކޯޗުން ކަމަށްވާ އިމްރާން މުހައްމަދާއި އަސްލަމް އަބްދުއްރަހީމްގެ އިތުރުން ގައުމުގެ އެންމެންގެ އެއްބާރުލުން ކަމަށް ސުޒޭން ވަނީ ފާހަަގަކޮށްފަ އެވެ.

"ކޯޗިން ޓީމުގައި މަސައްކަތްކުރަން މި ވަގުތު އެންމެ ތަޖުރިބާކާރަކަށް ހުރީ އަސްލަމް. ދެން އިމްރާނަކީ މިހާރު ތިބި ސީނިއާ ހުރިހާ ކުޅުންތެރިންނާ އެކު ކުޅުނު ކުޅުންތެރިއެއް، ޖޫނިއާ ކުޅުންތެރިން ރޯލް މޮޑެލަކަށް ބަލާ ކުޅުންތެރިއެއް. (އެސިސްޓަންޓް ކޯޗު) އިންމަ ހުރީމަ އަޅުގަނޑު އުފާކުރަން. ރާއްޖޭގެ ފުޓްބޯޅައިގައި 15 ވަރަަކަށް އަހަރަށް ބަލާއިރު ބޮޑެތި ކްލަބްގައި އަޅުގަނޑާއި އިންމަ މަސައްކަތްކޮށްފައި މި ހުރީ،" ސުޒޭން ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

"ރާއްޖޭގެ ފުޓްބޯޅައިގެ އެންމެންގެ އިތުރުން މީޑިއާ އާއި އަޅުގަނޑުމެންގެ 12 ވަނަ ކުޅުންތެރިޔާގެ ސަޕޯޓް ވަރަށް މުހިއްމު. ރާއްޖޭގެ ފުޓްބޯޅައިގައި ހޯދި ހުރިހާ ކާމިޔާބެއް ގުޅިފައި އޮތީ 12 ވަނަ ކުޅުންތެރިޔާއާ. އެއީ އެ ކުޅުންތެރިޔާ ނުލައި ހޯދުނު އެެއްޗެއް ނެތް،"

ގައުމީ ސީނިއާ ޓީމުގެ ކޯޗަކަށް ސުޒޭން ހަމަޖެއްސުމުގެ ކުރިން އޭނާއާ 23 އަހަރުން ދަށުގެ ޓީމުގެ މަސައްކަތް ހަވާލުކުރި އެވެ. ސުޒޭން މިއަދު ބުނީ މައިގަނޑު ފޯކަސް އަކީ ސީނިއާ ޓީމު ކަމަށާއި 23 އަހަރުން ދަށުގެ ޓީމާ ބެހޭގޮތުން ވަރަށް އަވަހަށް އެފްއޭއެމުން ގޮތެއް ނިންމާނެ ކަމަށެވެ.

ގަތަރު ޓްރެއިނިން ކޭމްޕާއި މުބާރާތާ މެދު ސުޒޭނުގެ ޕޮޒިޓިވް ވިސްނުންތަކެއް

ގައުމީ ޓީމުން 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް މިހާރު އެކުލަވާލާފައިވާއިރު، މިރޭ ޕްރެކްޓިސް ފަށާނެ އެވެ. އެފްއޭއެމުން މިހާރު ރާވާފައި އޮތީ އަންނަ މަހު 10 އިން 28 އަށް ގަތަރު ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދާށެވެ.

ސުޒޭން ބުނީ ގައުމީ ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އޭއެފްސީ ކަޕްގައި ވާދަކުރި އީގަލްސް އާއި މާޒިޔާގައި ނުހިމެނޭ ކުޅުންތެރިން ރަނގަޅު ލެވަލަކަށް ފިޓްކުރުން ޗެލެންޖަކަށް ވާނެ ކަމަށެވެ. އެހެން ނަމަވެސް ކޯޗިން ޓީމުގައި ތިބީ އެ މަސައްކަތް ކުރެވޭނެ ބައެއް ކަމަށް ބުންޏެވެ.

މި ފަހަރު ނެގި ގައުމީ ސްކޮޑުގައި ތިބި ލީޑަރުންނަށް ބަލާއިރު އެއީ ރާއްޖޭގެ ފުޓްބޯޅައިގެ މާޒީގައި 15 އަހަރު ނޫނީ 17 އަހަރު ތެރޭ ކުޅުނު ވަރަށް ރަނގަޅު ލީޑަރުންތަކެއް ކަން ސުޒޭން ފާހަގަކުރި އެވެ. އޭގެ ތެރެއިން މިދިޔަ އަަހަރުތަކުގައި ގައުމީ ކެޕްޓަނަކަށް ހުރި އަކްރަމް އަބްދުލް ގަނީ (އަކޫ) ދެއްކީ ނަމޫނާ ބަލައިގަންނަކަމަށް ސުޒޭން ބުންޏެވެ.

"މި ސްކޮޑުގެ ތެރެއިން ނެގޭ ލީޑަރުންގެ ތެރެއިން ވިސްނާފައި އެންމެ ރަނގަޅު ކެޕްޓަނެއް ނިންމާނީ އޮފިޝަލުންނާއި އެފްއޭއެމް މަޝްވަރާ ކުރުމަށް ފަހު. އަކްރަމްގެ މަސައްކަތް ބަލައިގަންނަން ޖެހޭ،" ސުޒޭން ބުންޏެވެ.

ދާދި ފަހުން މާލޭގައި ނިމުނު އޭއެފްސީ ކަޕްގެ މެޗުތަކަށް ބަލާއިރު އީގަލްސް އާއި މާޒިޔާގެ ނަތީޖާ ދަށެވެ. ޕްލޭއޮފް ބުރުން ބަލިވެ ގްރޫޕް ސްޓޭޖުން ފުރުސަތު ނުލިބި އީގަލްސް ކެޓިއިރު، މާޒިޔާ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ވީ ބައްޔެވެ. މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ވަނީ އެކިއެކި ސަބަބުތަކަށް ބަލާއިރު މި ވަގުތު މާޒިޔާ އޮތީ އެ ގްރޫޕްގައި އޮތް ޓީމުތަކާ ވާދަކުރެވޭ ލެވަލްގައެއް ނޫން ކަމަށް ބުނެފަ އެވެ.

ސުޒޭން ބުނީ އިންޑިވިޖުއަލް ކޯޗެއްގެ ހިޔާލާއި މުޅި ފުޓްބޯޅަ އަޅައެއް ނުކިޔޭނެ ކަމަށާއި އެ ކޯޗުގެ ވާހަކައަށް އިހުތިރާމް ކުރި ނަމަވެސް އެއްކޮށް އެއްބަސްނުވެވޭނެ ކަމަށެވެ.

"މާޒިޔާގައި މި ތިބި ނޫނީ އީގަލްސްގައި މިތިބި އިންޑިވިޖުއަލް ކުޅުންތެރިންނަށް ބަލާއިރު މި އެއްގޮތަކަށް ވެސް އެއްވެސް ގައުމެއްގެ ކުޅުންތެރިއަކަށް ގޯސް ބަހެއް ބުނަނީއެއް ނޫން. ފާހަގަކުރެވުނުތޯއޭ އިންޑިވިޖުއަލްކޮށް ބަލާއިރު ރާއްޖޭގެ ކުޅުންތެރިއެއްގެ ޕާފޯމަންސް އާދަޔާހިލާފު ދަށް ކުޅުންތެރިއަކު ބަންގްލަދޭޝް ޓީމުގެ އެ ތިބި އެ ގައުމުގެ ކުޅުންތެރިންނާ އަޅާކިޔާއިރު. ބޭރު (ބިދޭސީ) ކުޅުންތެރިން ޑިސައިޑިން ހުރިހާ ނިންމުންތަކެއް ނިންމީ،" ސުޒޭން ބުންޏެވެ.

"މާޒިޔާގެ މި ނަތީޖާގެ ކޮންމެ ވެސް ވަރެއްގެ ރިފްލެކްޝަނެއް އައިސްފާނެ އަޅުގަނޑުމެންގެ (ގައުމީ ޓީމުގެ) ތައްޔާރުވުމުގައި. އިރާދަކުރެއްވިއްޔާ. ސެޕްޓެމްބަރު 28 އަށް ވުރެ އެކޮޅަށް އެ ވިސްނުން ދިޔަ ނުދޭނަން. އަޅުގަނޑުމެން ކޭމްޕް ތެރޭގައި މާޒިޔާ އާއި އީގަލްސްގައި އެ ހުރި އެ ކަހަލަ މައްސަލަތައް ކުޅުންތެރިންގެ ވިސްނުން ބަދަލުކުރާނަން،"

ސާފް ޗެމްޕިއަންޝިޕްގެ ކުރިއަށް އޮތް މުބާރާތުގައި ރާއްޖެ އަށް އެންމެ ބޮޑު ޗެލެންޖަކީ އިންޑިއާ ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ. އަދި ފަަހަކަށް އައިސް ފުޓްބޯޅަ ބަދަލުވެގެން އައި ގޮތަށް ބަލާއިރު، ބަންގްލަދޭޝްގެ ލީގު ވެސް ވަރުގަދަވެއްޖެ ކަމަށާއި އެހެންވެ އެ ޓީމު ވެސް ރަނގަޅުވާނެކަން ސުޒޭން ފާހަގަކުރި އެވެ. މީގެ އިތުރުން މިދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު ނޭޕާލުން ވެސް ކުރިއެރުން ހޯދާފައިވާ ކަމަށް ސުޒޭން ބުންޏެވެ.

އެ ހުރިހާ ކަމެއް އެހެން އޮތް ކަމުގައި ވިޔަސް މުބާރާތުގެ ޝެޑިއުލަށް ބަލާއިރު އެންމެ ފައިދާވާނެ ގޮތަށް ޝެޑިއުލް އޮތީ ރާއްޖެ އަށް ކަމަށް ސުޒޭން ގަބޫލުކުރެ އެެވެ.

ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާއިރު، އެންމެ މުހިއްމުކަމެއްގެ ގޮތުގައި ސުޒޭން ދެން ކުރަމުން އަންނަ ކަމަކީ ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދެ ފަހަރު ކަމަށްވާ 2008 ވަަނަ އަހަރާއި 2018 ވަަނަ އަހަރުގެ ޕޮޒިޓިވް ކަންކަން ދެނެގަނެ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ޓީމު މޯޓިވޭޓް ކުރުމެވެ. އެ ގޮތުން ސުޒޭން ވަނީ 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިއިރު، ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ޝާކިއްޓެގެ އެހީތެރިކަން ލިބޭކަން ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ.

އެންމެ ފަހުން ބޭއްވި ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕްގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

މިދިޔަ ތިން ވަރަކަށް އަހަރަށް ބަލާއިރު ގައުމީ ސްކޮޑަށް ނެގުމުން އަމިއްލަ ސަބަބުތަކާ ހުރެ ގައުމީ ޓީމުން ބައެއް ކުޅުންތެރިން ވަނީ ވަކިވެފަ އެވެ. އެކަންކަމާ މެދު ސުޒޭން ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން އޭނާ ބުނީ ވަރަށް ވިސްނުންތެރިކަމާ އެކު އެފަދަ ކަންކަމަށް ގޮތެއް ނިންމާފައިވާ ކަމަށެވެ.

"މި ކުރި ކަމަކީ ކުރީގައި ހިނގާފައި ހުރި ހުރިހާ ކަމެއް ހަނދާން ނައްތާލީ. ކުރީގެ ފަހަރުގައި ކުޅުންތެރިއަކު ގަސްދުގައި ވެސް ގައުމީ ޓީމަށް ނައިސްފައި އޮވެދާނެ. ނޫނިއްޔާ އެހެން ކަމެއް ވެސް ވެފައި އޮވެދާނެ. އެ ހުރިހާ ކަމެއް އެފްއޭއެމްގެ މެނޭޖްމަންޓްގެ ހުއްދައާ އެކު ހަނދާން ނައްތާލީ،" ސުޒޭން ބުންޏެވެ.

"ކުޅުންތެރިއަކަށް ވޯނިންއެއް (އިންޒާރެއް) ނޫނީއްޔާ ނުނަގާ ޒާތީ ވެގެން އެ ކަހަލަ އެއްވެސް ކަމެއްގެ ބޭނުމެއް ނެތް. އަޅުގަނޑުމެން މި އުޅެނީ ރާއްޖޭގައި ބޭއްވޭ މުބާރާތެއް ކާމިޔާބުކުރަން އަޅުގަނޑުމެން އަތުގައި އޮތް އެންމެ ރަނގަޅު ކުޅުންތެރިން ބޭނުންކޮށްގެން މީގެ ދެވެން އޮތް ހިސާބަަކަށް ތައްޓާ ހަމައަށް ދާން،"

ސުޒޭން ބުނީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަށް ކާމިޔާބީ ހޯދައިދޭން އެހީވެދޭން ހުރި ކޮންމެ މީހެއްގެ ވާހަކަ އޭނާ އަޑުއަހާނެ ކަމަށެވެ. އަދި މި ފަހަރު ސާފް ޗެމްޕިއަންޝިޕްގައި ގައުމަށް ބޮޑު ކަމެއް ހާސިލްކޮށްދޭން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox