ބަރުލަމާނީ ޕެޓިޝަން އެމްޑީޕީން އެންޑޯޒްއެއް ނުކުރޭ

ރައީސް ނަޝީދާއި ރައީސް ސޯލިހް: އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާލުވީ ބަރުލަމާޓީ ޕެޓިޝަނުގައި ސޮއިކުރުން ހަރުގޭގައި ކުރިިއަށް ގެންދަނީ މެމްބަރުން އަމިއްލަގޮތުން ކަމަށް.-- ފޮޓޯ: އެމްޑީޕީ

ރައީސް ނަޝީދާއި ރައީސް ސޯލިހް: އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާލުވީ ބަރުލަމާޓީ ޕެޓިޝަނުގައި ސޮއިކުރުން ހަރުގޭގައި ކުރިިއަށް ގެންދަނީ މެމްބަރުން އަމިއްލަގޮތުން ކަމަށް.-- ފޮޓޯ: އެމްޑީޕީ

ރާއްޖޭގެ ވެރިކަމުގެ ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ އާންމު ވޯޓަކަށް އަވަހަށް ދިޔުމަށް ގޮވާލާ މިހާރު ސޮއި ކުރަމުންދާ ޕެޓިޝަނަކީ އެމްޑީޕީގެ ރަސްމީ މަސައްކަތެއް ނޫން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް އިސްކޮށް ހުންނަވާ ތާއީދު ހޯދަން މަސައްކަތް ކުރާ އެ ޕެޓިޝަނުގައި ބުނަނީ ވެރިކަން ހިންގުމުގެ ނިޒާމު އިސްލާހު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއްކަމުން އެ މަސައްކަތް ކުރުން އަވަސް ކުރަންޖެހޭ ކަމަށެވެ.

އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަރުލަމާނީ ނިޒާމު ގެންނަން އެމްޑީޕީގެ ބައެއް މެމްބަރުން ކުރައްވާ ކެމްޕެއިނަށް، އެ ޕާޓީން އެންޑޯޒް ކުރީތޯ "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ޕާޓީން އިސް ނަގައިގެން ކުރިއަށް ގެންދާ ކަމެއްނަމަ ޕާޓީގެ ގުނަވަންތަކުގެ ބަހެއް އޮވެގެން ނޫނީ ގޮތެއް ނުނިންމާނެ ކަމަށެވެ.

Advertisement

"އެމްޑީޕީން ކަމެއް އެންޑޯޒް ކުރާއިރު މާ ސާފުކޮށް އެނގިލައްވާނެ. އެއީ ހަރުގެއެއްގެ ތެރޭގައި ވަރަށް ފަނޑު ގޮތަކަށް ހިނގާނެ ކަންކަމެއް ނޫން. އެމްޑީޕީގެ ކަންކަން އެންޑޯޒް ވެގެންދާއިރު އެންމެނަށް ވެސް އެންގިގެން ކުރިއަށްދާނީ. ޕާޓީން އެންޑޯޒްކޮށްގެން ކުރާ ކަމެއް ވެއްޖެއްޔާ ނިންމުމެއް ވެސް އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ ޕެޓިޝަނަށް ސޮއި ހޯދުމަކީ އެ ޕާޓީން އިސް ނަގައިގެން ކުރިއަށް ގެންދާ މަސައްކަތެއް ނޫން ނަމަވެސް ޕާޓީގެ ވަރަށް ގިނަ ޕާޓީގެ މެމްބަރުން އެކަމުގައި އުޅޭކަން އޭނާއަށް އަށް ފާހަގަ ކުރެއްވިފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދާ ޕެޓިޝަނުގައި ސޮއިކުރުމުގެ ކަންކަން އެމްޑީޕީގެ އޮފީހުގައި ނުކުރާ ކަމަށެވެ. މެމްބަރުން އެދޭ އެފަދަ ހަަރަކާތްތަކަށް ޕާޓީގެ ހަރުގެ އާއި ޖަގަހަތައް ބޭނުންކުރާ އުސޫލެއް އެމްޑީޕީގައި އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox