ގައުމީ ޓީމަކާ ހަވާލުވާން ގާޑިއޯލާ ބޭނުން

Aug 26, 2021, 4:41 AM
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.

މެންޗެސްޓާ (އޮގަސްޓް 26) - މެންޗެސްޓާ ސިޓީއާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން ފުޓްބޯޅައިން ބްރޭކެއް ނެގުމަށް ފަހު އަލުން އެނބުރި އައިސް ގައުމީ ޓީމަކާ ހަވާލުވުމުގެ ޝައުގުވެރިކަން ހުރި ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހާތަނަށް މުޅިން ވެސް މަަސައްކަތް ކޮށްފައިވަނީ ކްލަބްތަކުގަ އެވެ.

ސިޓީގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވި ގާޑިއޯލާ އެންމެ ފަހުން އެ ޓީމާ އެކު ހެދި ކޮންޓްރެކްޓާ އެއްގޮތަށް 2023 ވަނަ އަހަރާ ހަމައަށް ސިޓީ އަށް ކޯޗުކޮށްދީފިނަމަ އޭނާ އެ ޓީމުގައި ޖުމްލަ ހަތް އަހަރު މަސައްކަތް ކުރާނެ އެވެ. ސިޓީ އަކީ މިހާރު ވެސް އޭނާ އެންމެ ގިނަ ދުވަހު ކޯޗުކޮށްދިން ޓީމެވެ. މީގެ ކުރިން ގާޑިއޯލާ މަސައްކަތްކުރި ބާސެލޯނާގައި ހޭދަވީ ހަތަރު އަހަރެވެ. އަދި ބަޔާންގައި ތިން އަހަރެވެ.

ސިޓީ އަށް ތިން ފަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދިން ގާޑިއޯލާ ބުނީ 2023 ވަނަ އަހަރަށް ފަހު ސިޓީން ދިއުމުގެ ވިސްނުން އެބަހުރި ކަމަށާއި ދެން އޮތް ޗެލެންޖަކީ ގައުމީ ޓީމެއް ކަމަށެވެ.

"ފުރުސަތެއް އޮތިއްޔާ ދެން އޮތް ޗެލެންޖަކީ ގައުމީ ޓީމެއް. މި ޓީމުގައި (ސިޓީގައި) ހަތް އަހަރު މަސައްކަތްކޮށްފައި އަހަރެން އެބަޖެހޭ ހުއްޓާލަން. އެއީ މި ވަގުތަށް ވިސްނުމަކީ. އަހަންނަށް މި ކްލަބްގައި ކުރެވުނު މަސައްކަތް އެބަޖެހޭ ރަނގަޅަށް ބަލާލަން،" ގާޑިއޯލާ ބުންޏެވެ.

ސްޕެއިންގެ މީޑިއާ އިން މީގެ ކުރިން ވަނީ މުސްތަގުބަލުގައި ގާޑިއޯލާ ސްޕެއިން ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފަ އެވެ. އޭރު އެ ވާހަކަތަކަށް ގާޑިއޯލާ މާ ބޮޑު ސަމާލުކަމެއް ނުދެ އެވެ.

ގާޑިއޯލާ ބުނީ ގައުމީ ޓީމެއް ގޮވައިގެން ބޮޑު މުބާރާތެއްގައި ކޯޗުކޮށްދިނުމަކީ ތަފާތު ތަޖުރިބާއެއް ކަމަށް ވާނެ ކަމަށެވެ.

"އަހަރެންގެ ޝައުގުވެރިކަން އެބަހުރި ދެކުނު އެމެރިކާގެ ޓީމަކަށް ކޯޗުކޮށްދޭން ވެސް. ޔޫރަޕްގެ ޓީމަކާ ވެސް ހަވާލުވެދާނަން. ކޮޕަ އެމެރިކާ އާއި ވޯލްޑް ކަޕް ފަދަ މުބާރާތްތަކުގައި މަސައްކަތް ކޮށްލަން ބޭނުން،" ކޯޗިން ކެރިއަރުގައި މިހާތަނަށް 28 ތަށި އުފުލާލާފައިވާ ގާޑިއޯލާ ބުންޏެވެ.

އުމުރުން 50 އަހަރުގެ ގާޑިއޯލާ އެންމެ ފުރަތަމަ ބާސެލޯނާގައި ހޭދަކުރި ހަތަރު އަހަރަށް ފަހު 2012 ވަނަ އަހަރު އެ ޓީމާ ދުރަށްދިޔަ އެވެ. އޭނާ ބަޔާނުގެ ކޯޗުކަމާ ހަވާލުވީ އެއް އަހަރުގެ ބްރޭކެއް ނެގުމަށް ފަހު އެވެ. އެހެން ކަމުން އޭނާ ސިޓީ ދޫކޮށްލަން މި ދެއްކި ވާހަކަތަކާ އެއްގޮތަށް ކަންތައް ކުރުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox