ބަރުލަމާނީ ޕެޓިޝަނަށް ހަރުގެ ދިނީ ގިނަ މެމްބަރުން އެދިގެން އާންމު އުސޫލުން

ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކުރިއަށް ގެންދާ ކެމްޕޭނުގެ ޕޯސްޓަރެއް. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކުރިއަށް ގެންދާ ކެމްޕޭނުގެ ޕޯސްޓަރެއް. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ އާންމު ވޯޓަކަށް އަވަހަށް ދިޔުމަށް ގޮވާލާ ޕެޓިޝަނުގައި ސޮއި ކުރަން އެމްޑީޕީގެ ހަރުގެ ބޭނުންކުރާތީ އުފައްދަމުންދާ ސުވާލުތަކަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ޖަވާބު ދެއްވައިފި އެވެ.

ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް އިސްކޮށް ހުންނަވާ ތާއީދު ހޯދަން މަސައްކަތް ކުރާ އެ ޕެޓިޝަނުގައި ބުނެފައި ވަނީ ވެރިކަން ހިންގުމުގެ ނިޒާމު އިސްލާހު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއްކަމުން އެ މަސައްކަތް ކުރުން އަވަސް ކުރަންޖެހޭ ކަމަށެވެ.

އެމްޑީޕީގެ ބައެއް މެމްބަރުންގެ އިސް ނެންގެވުމާ އެކު ކުރިއަށް ގެންދާ ޕެޓިޝަންގައި އަމާޒަކީ 100 ދުވަސް ތެރޭގައި 100،000 ސޮއި ހަމަކުރުމެވެ. އެ ޕެޓިޝަން ހުށަހަޅަން ނިންމާފައި ވަނީ ރައީސް ސޯލިހްގެ އިތުރުން ރައްޔިތުންގެ މަޖިލީހަށެވެ.

Advertisement

އެ ޕެޓިޝަނުގައި ސޮއި ކުރުން މި ހަފްތާގެ ތެރޭގައި އެމްޑީޕީގެ ހަރުގޭގައި ކުރިއަށް ގެންދާއިރު، އަތޮޅު ތެރޭގައި ވެސް އެ މަސައްކަތަށް ޕާޓީގެ ހަރުގެތައް ދަނީ ބޭނުންކުރަމުންނެވެ.

އެއާއެކު، މި ޕެޓިޝަނަކީ އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތެއްތޯ އެއް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އެކަމާ ގުޅިގެން "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ވިދާޅުވީ އެމްޑީޕީގެ ގުނަވަނަކުން ނުނިންމި ނަމަވެސް، އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ވެސް އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް މީގެ ކުރިން ވެސް ބައިވެރިވެފައިވާނެ ކަމަށެވެ.

އަދި އެ ހަރާކަތްތަކަށް ބައެއް ފަހަރު ހަރުގެ ބޭނުންކުރަން އެމްޑީޕީގެ މެމްބަރުން އެދުމުން ދޫކޮށްފައި ހުންނާނެ ކަމަށް ހަސަން ފާހަގަކުރެއްވި އެވެ.

"މި ޕެޓިޝަނުގެ މަސައްކަތުގައި ވެސް އިސްކޮށް އެބައުޅުއްވާ ޕާޓީގެ ގިނަ މެމްބަރުންނާއި މަޖިލިސް މެމްބަރުން ވެސް. ދެން އެ މެމްބަރުންގެ އެދިވަޑައިގަތުމަށް ހަރުގެ ބޭނުންކުރަން ދިނީ. އެއީ ހަމަ ކުރިން ވެސް އަމަލުކުރާ އާންމު އުސޫލެއް،" އޭނާ ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ހަސަން ވިދާޅުވީ އެކި އިންތިހާބުތަކަށް އެމްޑީޕީގެ ޕްރައިމަރީތަކުގައި ވާދަކުރާ މެމްބަރުންނަށް ވެސް ހަރުގެ ދޫކޮށްފައި ހުންނާނެ ކަމަށެވެ. އެކަމަކު އެއީ ވެސް ސީދާ ޕާޓީގެ ކަމެއް ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ނިޒާމުގެ ކޯޅުން ހޫނު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސެޕްޓެމްބަރު މަހު އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރައްވާނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން އެއްބާރުލުން ދެއްވަން ތިއްބެވި ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދު ބޭނުންފުޅު ވަނީ 2023 ގެ އިންތިހާބު ނުބާއްވައި ބަރުލަމާނީ ނިޒާމަކުން ވެރިކަން ހިންގަން ފެށުމަށެވެ. އެ ނިޒާމުގައި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރަސްމީކޮށް ރައީސް ސޯލިހްގެ އަރިހުން އޮތީ އެދިވަޑައިގެންފަ އެވެ.

ރައީސަށް ފޮނުއްވި މެސެޖުގައި ނަޝީދު އެދިވަޑައިގެންގައި އޮތީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.

ޖެހިގެން އަންނަ 2024ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

އެކަމަކު ރައީސް ސޯލިހް މިހާތަނަށް ތަކުރާރުކޮށް ދެއްވި ޖަވާބަކީ ނިޒާމުގެ ވޯޓުގައި ގޮތް ނިންމާނީ ރައްޔިތުން ކަމެވެ. ބަރުލަމާނީ ނިޒާމު ގެންނެވުމަށް ނަޝީދު ދައްކަވާ ވާހަކައިން ރެކިވަޑައިގަންނަވަމުން ރައީސް ސޯލިހް އެންމެ ފަހުން ވެސް ނޫސްވެރިންނަށް ވިދާޅުވެފައި ވަނީ ނިޒާމް ބަދަލު ކުރަން ވިސްނަވާކަށް އެމަނިކުފާނަށް ވަގުތެއް ނެތް ކަމަށެވެ. ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅު ވަނީ ފަސް އަހަރުގެ ދައުރަކަށް ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދެވުމަށް ކަމަށެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ގިނަ ރައްޔިތުން ވޯޓުދިނީ ރިޔާސީ ނިޒާމަށެވެ. އެއީ ސައްހަ 154،123 ވޯޓުގެ 62 ޕަސެންޓެވެ.

ބަރުލަމާނީ ވޯޓެއްގެ ކެމްޕޭން މި ފެށީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތު އޮތީ އެމަނިކުފާނުގެ އަތްޕުޅުގައި ކަަމަށް ރައީސް ސޯލިހް އިއުލާންކުރައްވާފައި ވަނިކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox