"ބެޑް ޓައިމް ސްޓޯރީ": ދަރިފުޅާއެކު ކޮލިޓީ ވަގުތުކޮޅެއް!

"ބެޑް ޓައިމް ސްޓޯރީ": ދަރިފުޅާއެކު ކޮލިޓީ ވަގުތުކޮޅެއް!

ނިދާ ގަޑީގައި މަންމަ ކިޔައިދޭ ތަފާތު ރީތި ވާހަކަތަކާއި، ނާނާ ތަކަކީ ތާ އަބަދުވެސް ހަނދާން ހުންނަހާ ލޯބި އަދި ހާއްސަ އެއްޗެހިތަކެކެވެ. ކޮންމެހެން އެ ވާހަކަތަކާއި ނާނާ ތަކަކީ މާ މޮޅު އަދި އަދަބީ ގޮތުން ވަރުގަދަ އެއްޗިއްސަށް ވެގެނެއްނޫނެވެ. އެ ވަގުތު ކޮޅުގެ ހާއްސަ ކަމުންނެވެ. އެ އުފާވެރި އިހުސާސުތަކުގެ ސަބަބުންނެވެ. ޒަމާނީ ކުރިއެރުންތަކާއި އެކު މިއަދު އެނގޭ އެންމެ ބޮޑު ހަގީގަތަކީ އޭރުއްސުރެ މައިންބަފައިން މި ކިޔައިދޭ "ބެޑް ޓައިމް ސްޓްރީސް" އަކީ ހަމައެކަނި ފޫހިފިލުވުމަށް ކުރާ ކަމަކަށްވުރެ އެދެވޭ ބޮޑެތި އަސަރުތަކެއް ދަރިންނަށް ކުރާ ކަމެއް ކަމަށެވެ.

ދަރިފުޅުގެ ސިކުނޑި ތަރައްގީ ކުރުމަށް އެހީވެދޭ

ފަހުގެ ދިރާސާތައް ދައްކާގޮތުން ކުޑަކުދިންނަށް ވާހަކަ ކިޔައިދިނުމަކީ އެކުދިންގެ ސިކުނޑީގެ މެންޓަލް އިމޭޖަރީ އާއި ނެރޭޓިވް ކޮމްޕްރިހެންޝަން ރަނގަޅުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އެހެންކަމުން ނިދާ ގަޑީގައި ކިޔައިދޭ އެކި ވާހަކަތަކުން ދަރިންނަށް އަމިއްލައަށް އެކި ކަންކަން ތަސައްވަރުކުރަން ދަސްވެ ދޭހަވާ މިންވަރުވެސް އިތުރުވަމުންދާނެ އެވެ. ވާހަކަ ކިޔައިދޭން ފަށަން ވަކި އުމުރެއް ނެތެވެ. އެންމެ ޅައުމުރުއްސުރެ ދަރިންނާއި ވާހަކަ ދައްކައި، އަޑުއިވޭ ވަރަށް ބާރަށް އެއްޗެހި ކިޔައިދިނުމަކީ ބަހަށް ކުދިން އަހުލުވެރިވެ، ބަސްމޮށުންތެރިކަން ކުރިއަރާނެ ކަމެކެވެ.

"ސްޓްރެސް" ދަށް ކޮށްދޭ!

އަހަރެމެން ބޮޑު މީހުން ފަދައިން ވާހަކަ ކިޔުމަކީ ކުޑަކުދިންގެ ސްޓްރެސް ވެސް ދަށްކޮށްދޭ ކަމެކެވެ. ވާހަކަ ކިޔުމަކީ ކުރިން ތިމާގެ ސިކުނޑި ދަތުރުކޮށްފައި ނުވާ ފަދަ ތަފާތު މިސްރާބުތަކަށް ތިމާ ގެންގޮސްދޭ އެޑްވެންޗަރަސް ދަތުރަކަށްވާއިރު ކުޑަ ކުއްޖަކަށް މިކަން ޝައުގުވެރި ނުވާންވީ ސަބަބެއް ނެތެވެ. ވާހަކަ ކިޔުމުން ބޮޑެތި މީހުންގެ ވެސް ނުތަނަވަސްކަމާއި ހާސްކަން ފިލައި ގޮސް، ހަށިގަނޑުގެ މަސްތައް ރިލެކްސް ކުރުވަ އެވެ. އެހެންކަމުން ލޯބިވާ މަންމަ އާއި ބައްޕަ ގައިގައި ބައްދާލައިން އިނދެ ހިޔާލީ ވާހަކައެއް އަޑުއަހާލުމުން ތުއްތު ދަރިފުޅަށް ވާނެ އަރާމާއި ލިބޭނެ ހިތްހަމަޖެހުން އަމިއްލަ އަށް ވިސްނާލާށެވެ.

Advertisement

ބަސްމޮށުންތެރިކަން އިތުރަށް ރަނގަޅުކޮށްދޭ!

ކޮންމެ މީހަކަށްވެސް އެމީހަކަށް އެނގޭ އަދި ގުޅޭ ވާހަކައެއް ދެއްކުމުން ނިކަން ބައިވެރިވެލާ އެ ވާހަކަ އަޑުއަހާ ހިތްވޭ ނޫން ހެއްޔެވެ؟ އަލަށް ވާހަކަދައްކާ ކަންކަން ދަސްކުރާ އުމުރުފުރައިގެ ކުދިންނަށް ވާހަކަ ކިޔައިދިނުމަކީ، ގިނަގިނައިން ވާހަކަ ދައްކަން ހިތްވަރުލިބި، މުވާސަލާތުކުރަން ދަސްވާނެ ކަމެކެވެ. އެހެންކަމުން ވާހަކަ ކިޔައިދޭ ގަޑީގައި އެކި އެކި އަޑުއަޑު ލައްވައިގެން ވީހާވެސް އެކުދިން ޝައުގުވެރިކުރުވާ އަދި ކުދިންނާއި ސުވާލުކޮށް ޚިޔާލު ބަދަލުކުރުމަކީ މިކަމުގެ ފައިދާ ހަގީގަތުގައިވެސް ކުރާނެ ކަމަކަށްވާނެ އެވެ.

ލޮޖިކް ސްކިލްސް އިތުރުވޭ!

އާންމުކޮށް ކުދިންނަށް ވާހަކަ ކިޔައިދޭ މީހެއްނަމަ ފާހަގަ ވާނެ އެއްކަމަކީ ކުދިންނަކީ އެއް ވާހަކައެއް ތަކުރާރުކޮށް ކިޔުމަށް ލޯބިކުރާ ބައެއްކަމެވެ. ބައެއް ފަހަރު ހަފްތާއެއް ވަންދެން ވެސް އެއް ފޮތެއް ނޫނީ އެއް ވާހަކައެއް އެއްގޮތަކަށް ކިޔައިދޭން ޖެހިދާނެ އެވެ. އަދި މިހެން ކިޔައިދޭނަމަ ފާހަގަވާނެ އެއްކަމަކީ ކުދިންނަށް އެ ފޮތުގައި ވާގޮތް ނިކަން ފުރިހަމަ އަށް ލަފްޒުން ލަފްޒަށް ދަސްވެފައިވާ ކަމެވެ. އަދި އެވާހަކައިގައި ދެން ވާނެ ގޮތްވެސް އެއްވެސް އޮޅުމަކާ ނުލައި އެކުދިންނަށް ބުނަން އެނގޭނެ އެވެ. މިއީ ކުދިންގެ ލޮޖިކް ސްކިލްސް ތަރައްގީވުމަށް ލިބޭ ވަރަށް ބޮޑު އެހީއެކެވެ. މަދަރުސީ ހަޔާތް ފެށި، ހިސާބުގެ އެކި ސުވާލުތައް ހަދަން ޖެހުމުން އަދި ކްރިޓިކަލް ތިންކިން ބޭނުންކުރަންޖެހުމުން މީގެ ފައިދާ ފެންނާނެ އެވެ.

ފޮތް ކިޔުމަށް ލޯބި ޖެހޭ!

ކޮންމެެއަކަސް ފޮތް ކިއުމަކީ ހަމަ ޔަގީނުންވެސް ކޮންމެ ބެލެނިވެރިއަކުވެސް އެމީހެއްގެ ދަރިއެއްގެ ކިބައިގައި ހަރުލައްވަން ބޭނުންވާނެ އާދައެކެވެ. މިކަން ކުރަން ބޭނުންވާނަމަ މަސައްކަތް ފަށައިގަންނަންވީ ކުއްޖާގެ އެންމެ ޅައުމުރުގަ އެވެ. އަދި ނިދާ ގަޑީގައި ކިޔައިދޭ ވާހަކަތަކަކީ ކުދިން ފޮތް ކިޔުމަށް ޝައުގުވެރިކޮށްދީ އެކަމުގެ އާދަ ހަރުލެއްވުމަށް ކުރެވޭނެ އެންމެ ފަސޭހަ އަދި އެންމެ މުހިންމު ކަމެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox