ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މާސްޓާސް ފެންްވަރުގެ 30 ސްކޮލާޝިޕް ހުޅުވާލަނީ

ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓާ ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ ރަސްމިއްޔާތުގައި ރައީސް ވަނީ މެންޓަލް ހެލްތުގެ ދާއިރާއަކީ، ވަރަށް ހާއްސަ އިސްކަމެއް ދީގެން މީހުން ބިނާކުރަންޖެހިފައިވާ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރައްވާފައި-- ފޮޓޯ: ރައީސް އޮފީސް

ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓާ ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ ރަސްމިއްޔާތުގައި ރައީސް ވަނީ މެންޓަލް ހެލްތުގެ ދާއިރާއަކީ، ވަރަށް ހާއްސަ އިސްކަމެއް ދީގެން މީހުން ބިނާކުރަންޖެހިފައިވާ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރައްވާފައި-- ފޮޓޯ: ރައީސް އޮފީސް

ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއިން މާސްޓާސް ފެންވަރުގެ 30 ސްކޮލަޝިޕަށް ހުޅުވާލަން ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރައްވައިފި އެވެ.

ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓާސް ޕްލޭންގެ ނަމުގައި ގައުމުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމަށް މިއަދު ފެށި ޕްލޭނުގެ އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިގްތިސޯދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން ރާއްޖެއަށް އަންނަ ބަދަލުތަކަށް ބަލާއިރު، މީހުން ބިނާކުރަންޖެހޭ ވަރަށް ގިނަ ދާއިރާތައް ހުރި ކަމަށެވެ.

އޭގެ ތެރެއިންވެސް މެންޓަލް ހެލްތުގެ ދާއިރާއަކީ ވަރަށް ހާއްސަ އިސްކަމެއްދީގެން މީހުން ބިނާކުރަން ޖެހިފައިވާ ދާއިރާއެއްކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"މެންޓަލް ހެލްތުގެ ދާއިރާއިން، ކްލިނިކަލް ސައިކޮލޮޖީ އާއި، ޕްރޮފެޝަނަލް ކައުންސެލިންގް އަދި އެޑިކްޝަން ސްޓަޑީޒްގެ ސްކޮލާޝިޕްތައް ހިމެނޭގޮތަށް މާސްޓާސް ފެންވަރުގެ 30 ސްކޮލާޝިޕްގެ ފުރުސަތު ސަރުކާރުން ވަރަށް އަވަހަށް ހުޅުވައިލާނަން،"

ރައީސް ވިދާޅުވީ މީހުން ބިނާކުރުމަކީ ގައުމުގެ ކުރިމަގަށްޓަކައި ރައްކާކުރެވޭ ވަރަށް އަގުބޮޑު ރައުސްމާލެއް ކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި ހުރިހާ ބެލެނިވެރިން އެއްބާރުލުން ދިނުމަށް ރައިސް ވަނީ ގޮވާލައްވައިފަ އެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަކަށް، މިއަދު އިފްތިތާހް ކުރި ޕްލޭނަށް އަމަލުކުރަން ފެށުމުން ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މީހުން ބިނާކުރުމުގެ މަސައްކަތް އަބަދުވެސް ކުރެ އެވެ. އެކަމަކު ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް، ނުވަތަ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ދާއިރާތަކުން ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް އަމާޒުކޮށްގެން މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައި ނުވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox