މީހުން ބިނާ ކުރުމަށް ކުރާ މަސައްކަތުގައި ބެލެނިވެރިން އެއްބާރުލުން ދިނުމަށް ރައީސް ގޮވާލައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓާ ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްކާތުގައި ވާހަކަ ދައްކަވަނީ: އެ ޕްލޭންގެ އަމާޒަކީ، ވަޒީފާތައް އަދާކުރާނެ ފަންނީ ހުނަރުވެރިން އުފެއްދުން ކަމަށް ރައިސް ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓާ ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްކާތުގައި ވާހަކަ ދައްކަވަނީ: އެ ޕްލޭންގެ އަމާޒަކީ، ވަޒީފާތައް އަދާކުރާނެ ފަންނީ ހުނަރުވެރިން އުފެއްދުން ކަމަށް ރައިސް ވިދާޅުވި. -- ފޮޓޯ: ރައީސް އޮފީސް

މީހުން ބިނާ ކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި ހުރިހާ ބެލެނިވެރިން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގޮވާލައްވައިފި އެވެ.

ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް މާސްޓާ ޕްލޭންގެ ނަމުގައި ގައުމުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމަށް މިއަދު ފެށި ޕްލޭނުގެ އިފްތިތާހީ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ޕްލޭންގެ އަމާޒަކީ، ވަޒީފާތައް އަދާކުރާނެ ފަންނީ ހުނަރުވެރިން އުފެއްދުން ކަމަށެވެ. އެކަމުގެ ސަބަބުން ރަށްރަށުގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި، އަންހެނުންނާއި ފިރިހެނުންގެ ފަރަގު ކުޑަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއީ ރާއްޖޭގެ އިގްތިސޯދީ ދާއިރާއަށް، ނުވަތަ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ދާއިރާތަކުން، ހުނަރުވެރި މަސައްކަތްތެރިން އުފެއްދުމަށް އަމާޒުކޮށްގެން، މާސްޓާ ޕްލޭނެއް އެކުލަވައިލި ފުރަތަމަ ފަހަރެވެ.

ރައީސް ވިދާޅުވީ މީގެ ސަބަބުން ރާއްޖޭގެ ތަރައްގީގައި ދެޖިންސުގެ ޒުވާނުންގެ ހިއްސާ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށާއި ޕްލޭން އެކުލަވައިލާފައި ވަނީ، ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އެންމެ ބޮޑަށް މީހުން ބޭނުންވެފައިވާ ހުރިހާ ދާއިރާތަކާއި، ރާއްޖޭގެ މީހުން ތަމްރީނު ކުރަމުން އަންނަ ދާއިރާތަކާ ދެމެދު އޮތް ހުސްކަން، އެ ޕްލޭންގެ އެހީގައި ކުޑަކުރެވިގެންދާނެ ކަމަށެވެ..

"ސަރުކާރުގެ ޕްލޭން އެކުލަވާލާފައި ވަނީ، ކުރު މުއްދަތުގައި ހާސިލުކުރާނެ ކަންތައްތަކާއި، ދިގު މުއްދަތުގައި ކުރާނެ ކަންތައްތަކެއް ހިމަނައިގެން. އޭގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ، މީހުން ބިނާކުރުމުގެ މަސައްކަތް ލާމަރުކަޒުކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ޓިވެޓު ސެންޓަރުތަކެއް ގާއިމުކުރުން،" ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ޕްލޭނަކީ ގައުމަށް ވަރަަށް މުހިންމު މަސައްކަތެއް ކަމަށައި އެކަމުގެ ސަބަބުން ނުކުންނާނެ ނަތީޖާ ރާއްޖޭގެ ހުރިހާ އަތޮޅުތަކުންވެސް ފެންނާނެ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެ ޕްލޭންގެ މަގްސަދަކީ ރާއްޖޭގައި ތިބި ފަންނީ މަސައްކަތަށް ހުނަރުވެރި ޒުވާނުންނަށް ބޭނުންވަނީ އެ ޒުވާނުންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން ތަރައްގީކޮށް، ހަޔާތުގެ އަމަލީ މައިދާނުގައި، އޭގެ ބޭނުން ހިފޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.

"ސަރުކާރުން މިކުރާ މަސައްކަތުގައި ހުރިހާ ބެލެނިވެރިން ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެއްވުމަށް އަޅުގަނޑު ގޮވާލަން. ސަރުކާރުން ފަހިކޮށްދޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފައި، ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނު ކުރިއަރުވައި ތަރައްގީކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox