ސައުލް އަށް ޔުނައިޓެޑާއި ޗެލްސީގެ ހުށަހެޅުމެއް

Aug 25, 2021, 4:36 AM
ެއެތުލެޓިކޯގެ މިޑްފީލްޑަރު ސައުލް.

ެއެތުލެޓިކޯގެ މިޑްފީލްޑަރު ސައުލް.

މެޑްރިޑް (އޮގަސްޓް 25) - އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ސްޕެއިންގެ ހުނަރުވެރި މިޑްފީލްޑަރު ސައުލް ނިގޭޒަށް ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުން ޕްރޮޕޯސަލެއް ހުށަހަޅައިފި އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަންނަ އަންގާރަ ދުވަހު ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ޔުނައިޓެޑާއި ޗެލްސީން ބޭނުންވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ސައުލްގެ ސޮއި ހޯދާށެެވެ. އެއީ އެއް ސީޒަން ފަހުން ދާއިމީ ކޮންޓްރެކްޓެއްގައި ސައުލް ގަންނަ ގޮތަށެވެ. އެތުލެޓިކޯ އިން ސައުލް ވިއްކާލަން ކިޔާ އަގު މިހާރު އުޅެނީ 60 މިލިއަން ޑޮލަރުގަ އެވެ.

އެތުލެޓިކޯ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އުމުރުން 26 އަހަރުގެ ސައުލް އެ ޓީމު ދޫކޮށްދާނެ ކަމަށް ބަލައި ވަނީ އިޓަލީގެ އުދިނޭޒީ އަށް ކުޅޭ އާޖެންޓީނާ ގައުމީ ޓީމުގެ ރޮޑްރީގޯ ޑެ ޕޯލް ގެނެސްފަ އެވެ. ލަލީގާގެ އާ ސީޒަނުގައި އެތުލެޓިކޯ އިން ކުޅުނު ދެ މެޗުގައި ސައުލް ބޭނުންކޮށްފައިވަނީ އާންމުކޮށް އޭނާ ކުޅޭ މަގާމުގައެއް ނޫނެވެ. އެހެންވެ، ސައުލް ޓީމު ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.

މި ސީޒަނުގައި އެތުލެޓިކޯގެ މެޗެއްގެ ތެރެއިން ސައުލް ބޯޅަ ހިފައިގެން.

ސައުލް އެތުލެޓިކޯ ދޫކޮށްލަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ސްޕެއިން ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދަން ބޭނުންވާތީ އެވެ. އެތުލެޓިކޯ އިން މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، މޮޅު ކުޅުމެއް ދެއްކި ސައުލް އަށް ޔޫރޯގައި ވާދަކުރި ސްޕެއިން ސްކޮޑުން ފުރުސަތު ނުލިބެ އެވެ. އެހެންވެ، ސައުލް ބޭނުންވީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކަށް ކުޅެ ސްޕެއިން ޓީމުން ފުރުސަތު ހޯދުމަށެވެ.

ޔުނައިޓެޑާއި ޗެލްސީން ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން އެ ޓީމަށް ކުޅޭ ބައެއް ކުޅުންތެރިން ވިއްކާލުމަށް ފަހު ކުރިއަށް އޮތް ދުވަސްތަކުގައި ސައުލް ހޯދަން ކުރާ މަސައްކަތް ވަރުގަދަ ކުރާނެ އެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ވާތުފައިން ކުޅޭ ސެންޓްރަލް މިޑްފީލްޑަރެއް ބޭނުންވާކަން ކްލަބްގެ ބޯޑަށް އަންގައިފަ އެވެ. އެ ގޮތުން ޓުޗެލްގެ ޓެކްނިކަލް ސްޓާފުންނަށް އެންމެ ކަމުދިޔަ ކުޅުންތެރިއަކީ ސައުލް އެވެ. ޔުނައިޓެޑުން ފްރެޑާއި ނަމާންޏާ މަޓިޗް ކުޅޭތަނަށް ފެންވަރު ރަނގަޅު ސެންޓްރަލް މިޑްފީލްޑަރެއް ހޯދަން ކުރާ މަސައްކަތުގައި އެއް ވަނަ ޓާގެޓަކީ ސައުލް އެވެ. މީގެ ކުރިން ރެނެސްގެ އެޑުއާޑޯ ކަމަވިންގާ އަށް ޔުނައިޓެޑުން ފާރަލި ނަމަވެސް މިހާރު ވަނީ އެ މަސައްކަތް ހުއްޓާލައިފަ އެވެ.

އެތުލެޓިކޯގެ އެެކެޑަމީން ޕްރޮމޯޓްވި ސައުލް ސީނިއާ ޓީމަށް ފުރަަތަމަ މެޗު ކުޅުނީ އުމުރުން 17 އަހަރުގަ އެވެ. އެއީ 2012 ވަނަ އަހަރު ޔޫރޮޕާ ލީގު މެޗެއްގައި ބެސިކްޓާސްއާ ދެކޮޅަށެވެ. އެތުލެޓިކޯ އަށް މިހާތަނަށް ކުޅެދިން 339 މެޗުން ސައުލް ވަނީ 43 ގޯލު ޖަަހައި 20 ގޯލު ޖަަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެެވެ. އޭނާ ވަނީ އެ ޓީމާ އެކު ހަ ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު އެއް ފަހަރާއި ޔޫރޮޕާ ލީގު ދެ ފަހަރު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox