އެމްބާޕޭ ގަންނަން ރެއާލުން 188 މިިލިއަން ޑޮލަރު ހުށަހަޅައިފި

Aug 25, 2021, 3:50 AM
އެމްބާޕޭ ގަންނަން ރެއާލުން 188 މިިލިއަން ޑޮލަރު ހުށަހަޅައިފި

މެޑްރިޑް (އޮގަސްޓް 25) - ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑުން ޕީއެސްޖީގެ ފްރާންސް ތަރި ކީލިއަން އެމްބާޕޭ ގަންނަން 188 މިލިއަން ޑޮލަރުގެ ބިޑެއް ހުށަހަޅައިފި އެވެ.

ޓްރާްންސްފާ މާކެޓް ބަންދުވަން ހަފްތާ އަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ރެއާލުން އެމްބާޕޭ އަށް މި ވަރުގެ ބިޑެއް ކުރީ ޕީއެސްޖީގައި މަޑުނުކުރަން އެމްބާޕޭ ނިންމާފައިވާކަން އެ ކްލަބަށް އޭނާ އެންގުމުން ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން ޕީއެސްޖީގެ ރައީސް ނާސިރު އެލް ހެއްލާފީ ވަނީ ތަކުރާރުކޮށް އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެމްބާޕޭ ނުވިއްކާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، ޕީއެސްޖީން ހިލޭ ޓްރާންސްފާއެއްގައި ލިއޮނަލް މެސީ ގެނައި ފަހުން އެމްބާޕޭގެ މުސްތަގުބަލާ މެދު އޮތީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ.

އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިދިޔަ ހަފްތާގައި އެމްބާޕޭ އާއި ޕީއެސްޖީގެ ރައީސް ހެއްލާފީ ވަނީ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެމްބާޕޭ ވަނީ އޭނާ ޕީއެސްޖީއާ އެކު ދެން އިތުރު ކޮންޓްރެކްޓެއްގައި ސޮއިނުކުރާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ ސީޒަނުގައި ޕީއެސްޖީން އެމްބާޕޭ އަށް ހަތަރު އަހަރުގެ އެއްބަސްވުމެއް ހުށަހެޅި އެވެ. އެއީ އަހަރަކު 36 މިލިއަން ޔޫރޯ (43 މިލިއަން ޑޮލަރު) ލިބޭ ގޮތަށެވެ. އެކަމަކު, އެ ކޮންޓްރެކްޓްގައި ސޮއިކުރަން އެމްބާޕޭ ބޭނުމެއް ނުވި އެވެ.

އެމްބާޕޭ މި ވަގުތު ޕީއެސްޖީއާ އެކު ހުރީ އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް މުއްދަ ހަމަވާ ކޮންޓްރެކްޓެއްގަ އެވެ. ފީފާ ގަވާއިދުގައިވާ ގޮތުން ކުޅުންތެރިއަކު ބޭނުންނަމަ ކޮންޓްރެކްޓް ހަމަވުމުގެ ހަ މަސް ކުރިން ކުޅުންތެރިއަކު ބޭނުންވާ ކްލަބަކަށް ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވޭނެ އެވެ. މާނަ އަކީ ޖެނުއަރީ މަހު އެމްބާޕޭ ބޭނުން ޓީމަކާ އެކު ސޮއިކުރެވޭނެ އެވެ. އެއީ ސީޒަން ނިންމާފައި އެ ޓީމަކާ ގުޅޭ ގޮތަށެވެ.

ރެއާލްގެ މި ބިޑާ އެކު ޕީއެސްޖީން އެމްބާޕޭ ވިއްކާލުމުގެ ފުރުސަތު ބޮޑެވެ. އެއީ އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި އޭނާ ގެއްލެން ބޭނުންނުވާނެތީ އެވެ. ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމްބާޕޭ ވިއްކާލުމަށް ފަހު ޕީއެސްޖީން ގެންނަން ފާރަލާނީ އެވަޓަންގެ ބްރެޒިލް ފޯވާޑް ރިޗާލިސަން އެވެ.

ދާދި ފަހުން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ އެމްބާޕޭ ރެއާލަށް ގެންނަން އުޅޭ ވާހަކަތަކާ ބެހޭ މައުލޫމާތެއް އޭނާ އަށް ލިބިފައިނުވާ ކަމަށް ބުނެފަ އެވެ.

ޕީއެސްޖީން އެންމެ ފުރަތަމަ އެމްބާޕޭ ގެނައީ 2017 ވަނަ އަހަރު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ އެއް އަހަރު ފަހުން ޕީއެސްޖީން ދާއިމީ ކޮންޓްރެކްޓެއްގައި އެމްބާޕޭ މަޑުކުރުވީ 226 މިލިއަން ޑޮލަރު މޮނާކޯ އަށް ދީފަ އެވެ.

އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީ އަށް ކުޅުނު 174 މެޗުން 133 ގޯލު ޖަހައި 63 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ފްރާންސާ އެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީއާ އެކު ބޮޑު މުބާރާތްތަކުގެ ތެރެއިން 11 ތަށި އުފުލާލައިފަ އެވެ. އޭގެ ތެރޭގައި ތިން ފްރެންޗް ލީގު ތަށި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox