ނަމަނަމަ މޫނު ދޮންނަމުން މިހެން ނުހަދާތި!

ނަމަނަމަ މޫނު ދޮންނަމުން މިހެން ނުހަދާތި!

ރަނގަޅު ސްކިން ކެއާ ރޫޓިންއެއްގެ ބިންގަލަކީ ހަމަގައިމުވެސް ކްލީންސާ އެވެ. ގިނަ ބަޔަކު ބުނާގޮތުގައި ރަނގަޅު ފޭސް ވޮޝްއެއް ނުވަތަ ކްލީންސާ އަކީ ސްކިން ކެއާއެއްގެ ޝޭމްޕޫ އެވެ. ޒަރޫރީ އެހެން ނަމަވެސް ގިނަ ފަހަރަށް ފަރުވާ ކުޑަ ކުރެވޭ އެއްޗެކެވެ.

ކްލީންސިން މިހާ މުހިންމުވާ ސަބަބުތައް ގިިނަ އެވެ. މިގޮތުން ރަނގަޅަށް މޫނު ސާފުނުކޮށްފިނަމަ ދެން މޫނުގައި ހާކާ ޕްރޮޑަކްޓްތަކުން އެކަށީގެންވާ އަސަރެއް ނުކުރާނެ އެވެ. މި ހިމަނާލަނީ މޫނު ދޮވުމުގައި އާންމުކޮށް ހެދޭ މިސްޓޭކްތަކެވެ.

ހަންގަނޑާ ނުގުޅޭ ފޯމިއުލާއެއް ބޭނުންކުރެވުން

Advertisement

ސްކިން ކެއާ ރޫޓިން އެއް ގެންގުޅުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެމީހެއްގެ ހަންގަނޑަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދިނުމެވެ. އެހެންކަމުން ކޮންމެ ކޮންމެ ފޭސް ވޮޝް ނުވަތަ ކްލީންސާ އަކީ އެންމެންގެ ހަންގަނޑާއި ގުޅޭ އަދި އެމީހަކު ހާސިލް ކުރަން ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދޭނޭ ބާވަތަކަށް ނުވެދާނެ އެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް އެމީހެއްގެ ހަމަކީ "ނޯމަލް", "އޮއިލީ" ނުވަތަ "ޑްރައި" ސްކިންއެއްތޯ ބަލައި ޔަގީންކޮށް އެމީހަކާއި ގުޅޭ ބާވަތެއްގެ ޕްރޮޑަކްޓެއް ހޯދުން މުހިންމުވެ.

މާ ބޮޑަށް ސްކްރަބް ކުރެވުން

މޫނަކީ ތެލީގެ ފުލެއް ނޫނެއް ނޫން ހެއްޔެވެ. އެހެންކަމުން ގައިގައި ހުރި ބާރެއް ލާފައި މޫނު ދޮވުމަކުން ވާނެ ފައިދާއެއް ނެތެވެ. މާ ބާރަށް މޫނު ދޮވުމުން ނުވަތަ "ސްކްރަބް" ކުރުމުން ހަންގަނޑުގެ އެންމެ ބޭރަށް ހުންނަ ފަށަލައަށް ގެއްލުންވާނެ އެވެ. އެހެންކަމުން މޫނު ދޮންނަންވީ ކުޑަ މަސާޖެއް ހެންނެވެ. މަޑު ޕްރެޝަރަކާއި އެކީ ލޯބިިންނެވެ. އަވަސް އަވަސް ކުރުމުގެ ބަދަލުގައި އޯގާތެރިކަމާއި މަޑުމައިތިރިކަން އިސްކުރާށެވެ. މި މުޅި ޕްރޮސެސްއަސް ގާތްގަނޑަކަށް 30 ސިކުންތާއި 60 ސިކުންތާއި ދެމެދުގެ ވަގުތުކޮޅެއް ނަގާނެ އެވެ.

މާ ބައިވަރު އެސިޑް ބޭނުންކުރުން

މިއީ ވަރަށް ބޮޑަށް ވިސްނާލަންޖެހޭ ކަމެކެވެ. ސްކިން ކެއާގައި ނަން ހުސްކޮށް އެކި ވައްތަރުތަކުގެ އެސިޑްގެ ބާވަތްތައް މިހާރު ހުރެ އެވެ. އެހެން ނަމަވެސް ފަހަރަކު އެސިޑްއެއް މަތިމައްޗަށް ހޭކުމުން އަނެއްކާވެސް ސްކިން އިރިޓޭޓްވުމުގެ ފުރުސަތު ބޮޑުވެ އެވެ. ހާއްސަކޮށް ސެންސިޓިވް ސްކިންއެއް ނަމަ މޫނު ރަތްވުމާއި ކުޑަ ދިލައެއް ހުރުން ފަަދަ މައްސަލަތައް ގިނަ އެވެ.

ހަމުގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އެމީހެއްގެ ރޫޓިންގައި އޭއެޗްއޭ ނުވަތަ ބީއެޗްއޭ ހިމެނޭނަމަ ކޮންމެވެސް އެއް ބާވަތެއްގެ އެސިޑެއް ހިމެނުމުން ފުދޭނެ އެވެ. އަދި ދެން ބޭނުންކުރާ ޕްރޮޑަކްޓް ތަކުގައި އެކްޓިވް އިންގްރިޑިއަންޓްސްތަކެއް ހިމެނުމަކީ މުހިންމުކަމެކެވެ. މިގޮތުން އެންމެ މުހިންމީ ސެރަމައިޑްސް ހިމެނުމެވެ. ސެރަމައިޑްސް އަކީ ގުދުރަތީގޮތުންވެސް ހަމުގައި ހިމެނޭ މާއްދާއެކެވެ. އަދި ސްކިން ބެރިއާގެ ފަންސާސް އިންސައްތަ އަކީ ސެރަމައިޑްސް އަށް ވާއިރު މީގެ ސަބަބުން ހަމުގެ ތެތްކަން ހިފަހައްޓައިދީ ނުރައްކާތެރި މާޢްދާތަކުން ދުރުކޮށްދޭނެ އެވެ.

ފުރަތަމަ މޭކަޕް ނުފޮހުން

މޫނު ދޮވުމުގައި ޑަބަލް ކްލީންސިން ޓްރެންޑްވެގެން އައީ މީގެ އަހަރުތަކެއް ކުރިންނެވެ. ޑަބަލް ކްލީންސިންއަކީ ފުރަތަމަ އޮއިލް ބޭސްޑް ކްލީންސާ އަކުން މޫނު ދޮވުމަށްފަހު ދެވަނަ ފަހަރަށް އާންމު އެހެން "ވޯޓާ-ބޭސްޑް" ކްލީންސާ އަކުން ދޮވުމެވެ. އޮއިލް ބޭސްޑް ކްލީންސާއަކުން ފުރަތަމަ ދޮވުމުގެ ބޭނުމަކީ މޫނުގައި ހުންނަ މޭކަޕް އާއި ސަންސްކްރީން ރަނގަޅަށް ފޮހެލުމެވެ. އަދި ދެވަނަ ކްލީންސާއިން ހަންގަނޑު ސާފުކޮށްދީ ތާޒާކޮށް އަދި ހައިޑްރޭޓް ކޮށްދެ އެވެ.

މިފަހަކަށްް އައިސް މި ދެކަންތައް އެއްފަހަރާ ކުރެވޭ ކްލީންސާތައްވެސް ވަނީ ތައާރަފްވެފަ އެވެ.

މާ ގިނައިން މޫނު ދޮވުން

ކޮންމެ ދުވަހަކު ހެނދުނު ހެނދުނާ މޫނު ދޮންނަން ކޮންމެހެން ޖެހޭބާ އެވެ؟ މިއީ މިފަހުން އެންމެ ބޮޑު ބަހުސްއެއް ކުރެވެމުންދާ އެއް ސުވާލެވެ. އެއްބައި މާހިރުން ބުނާގޮތުން ހެނދުނު މޫނު ދޮވުމަކީ ކޮންމެހެން ވެސް މުހިންމު ކަމެކެވެ. ސަބަބަކީ ނިދީގައި ބެކްޓީރިއާ އާލާވުމުގެ ފުރުސަތު އޮންނާތީ އެވެ. އަނެއް ބަޔަކު ބުނާގޮތުން ސްކިން ރިޕެއާ ވުމަށް ގިނަ ވަގުތު ދިނުމުގެ ގޮތުން ރަނގަޅީ ހެނދުނު މޫނު ނުދޮވުމެވެ. އެހެން ނަމަވެސް ގިނައިން ބިހި ފަޅާ، އޮއިލީ ސްކިންއެއް ނަމަ މޫނު ދޮވުމަކީ މުހިންމު ކަމެކެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox