ނަޝީދު ރާއްޖެ ވަޑައިނުގަންނަވަންޖެހޭ ސަބަބެއް ނެތް: އިކްރާމް

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގު ނިންމައި، އެ ހަމަލާ ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރިން ރާއްޖެއަށް ވަޑައިގެންނެވުމަށް ޖެހިލުންވާންޖެހޭ ސަބަބެއް ނެތް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ފަދަ މުއާސަލާތީ ވަސީލަތަކުން އިސްލާމްދީނަށް ފުރައްސާރަކުރުން ވެސް ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން އިކްރާމް ވިދާޅުވީ އެ ހަމަލާއަށްފަހު ސަރުކާރުން ވަރުގަދަކޮށްފައިވާ ފިޔަވަޅުތަކުގެ ދަށުން، ނަޝީދަށް ވެސް އިތުރު ސެކިޔުރިޓީ ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެނބުރި ވަޑައިނުގެންނެވޭނެ މާހައުލެއް ނެތް. ރައީސް ނަޝީދަށް [ރާއްޖެ] ވަޑައިގެންނެވޭނެ. ވަޑައިނުގަންނަވަންވީ ސަބަބެއް ނެތް،" އިކްރާމް ވިދާޅުވި އެވެ.

މިއީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު ފާޅުގައި މިފަދަ ވާހަކައެއް ވިދާޅުވި ފުރަތަމަ ފަހަރެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ނަޝީދަށް ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށްވާއިރު، ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ވެސް އެމަނިކުފާނު އެނބުރި ވަޑައިގެން، އެމަގަށް މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ރައީސް ނަޝީދަށް ދަންނަވާލަން ބޭނުން ވަޑައިގަންނަވާށޭ. އަޅުގަނޑުމެން ބޭނުމޭ މަނިކުފާނު ރިޔާސަތުގައި އިންނަވަން،" އިކްރާމް ވިދާޅުވި އެވެ.

މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރު ފެށުނު ދުވަހު މަޖިލީހަށް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވީ މެއި6 ގެ ހަމަލާގެ ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން ބުނެފައިވާއިރު، އެ ތަހުގީގު ނިންމައި އެ ހަމަލާ ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ ކުރިން އެނބުރި ރާއްޖެއަށް ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާ އާއި ހެޔޮ އެދޭ ފަރާތްތަކުގެ އިތުރުން ހުދު އެމަނިކުފާނު ވެސް ޖެހިލުންވާ ކަމެއް ކަމަށެވެ.

"ވީމާ މި މަޖިލީހުގެ ކިބައިން އަޅުގަނޑު އެދެނީ އަޅުގަނޑުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި އަޅުގަނޑު ރާއްޖޭން ބޭރުގައި ދިރިއުޅުމަށް ހިތް ހަލާސް ކުރައްވައި އެ ފުރުސަތު ފަހިކޮށްދެއްވުމަށެވެ،" ނަޝީދު އެދިވަޑައިގެންނެވި އެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ނަޝީދަށް 2019 ވަނަ އަހަރުން ފެށިގެން ފާރަލައި ބޮމެއް ގޮއްވާލައިގެން ދެ ފަހަރަށް ދޭން އުޅުނު ހަމަލާ ނާކާމިޔާބުވުމުން ތިން ވަނަ ހަމަލާ އަމާޒުކުރީ މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރެ އެވެ.

ސައިކަލެއްގައި ހަރުކޮށްގެން ބޮން ގޮއްވާލީ ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށެވެ.

އެ ހަމަލާ އިން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށް އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.

ފަރުވާ އަށް ޖަރުމަނަށް ވަޑައިގަތުމަށް ފަހު މިވަގުތު ޔޫކޭގައި ހުންނެވި ނަޝީދު އަންނަ ސެޕްޓެމްބަރު ނިމޭހާ ތަނުގައި ރާއްޖެއަށް ވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ދެއްވުމާއެކު އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ހިމެނޭ ގޮތަށް އެމަނިކުފާނަށް އަދި ރައްކާތެރިކަމެއް ނެތް ކަމަށް ދަނީ ވިދާޅުވަމުންނެވެ.

އެ ބޭފުޅުން މައިގަނޑު ގޮތެއްގައި އިޝާރާތް ކުރަނީ ކުރިން ބަޔަކު ފާރަލައި ނުރައްކާ ބޮޑުވެފައި އޮތް ކަން އެނގޭއިރު ވެސް އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކަން ފޯރުކޮށްދެވިފައި ނުވާ ކަމަށް 241 ކޮމިޓީގެ ރިޕޯޓުގައި އޮތް ކަންބޮޑުވުމަށެވެ.

އެ ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގައި ހަމަލާ ހިނގައިދިޔަ ގޮތާއި، އެކަމުގައި އިހުމާލުތަކެއްވެފައިވޭތޯ އާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތައް ތަފްސީލްކޮށް ހިމަނާފައިވެ އެވެ. އަދި ޖުމްލަ 45 ކަމެއް މުއައްސަސާތަކަށް ހުށަހަޅާފައިވެ އެވެ.

އޭގެ ތެރޭގައި މުއައްސަސާތަކުން ފާހަގަވި ކަންބޮޑުވުންތަކާއި އިންޓެލިޖެންސްއާ ގުޅޭ ގޮތުން އޮތް ނިޒާމީ ބާގަނޑުތަކާއި އެމްއެމްޑީއެފްގެ އެތެރޭގައި ހުރި ފުށުއެރުންތަކާއި ސަލާމަތީ ކަންކަން ފުރިހަމަނުވެ ހުރި ކަންކަން ހައްލުކުރަން ވެސް ލަފާތައް ދިނެވެ.

ނަމަވެސް، ސަރުކާރުން އެންމެ ފަހުން ބުނެފައިވަނީ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަން މިހާރު ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ.

އަދި ނަޝީދު އެނބުރި ރާއްޖެ ވަޑައިގެން، މިނިވަންކަމާއެކު އުޅުއްވާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ބޭނުންވޭ ވީހާވެސް އަވަހަކަށް ރައީސް ނަޝީދު ފަރުވާއިން ސަލާމަތްވެ މިނިވަންކަމާއެކީގައި ހަމަޖެހިގެން ރާއްޖޭގައި އުޅެވޭތަން ފެނުން. އެއީ އަޅުގަނޑު އެދޭ އެދުމެއް،" ރައީސް ވިދާޅުވި އެވެ.

ނަޝީދުގެ ރައްކާތެރިކަމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ސަރުކާރުންނާއި ސިފައިން ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ސަލާމަތީ ކަންކަން އިތުރަށް ރަނގަޅު ކުރުމަށް ހޯދަން ޖެހޭ ތަކެތި ހޯދައި ކުރަން ޖެހޭ ކަންކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އަންނަ ޖުމްލަ 12 ދައުވާ ވަނީ އުފުލައިފަ އެވެ.

ނަމަވެސް، އެ ހަމަލާއަށް ބަޔަކު ފަންޑު ކުރި ކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox