މޫސުމީ ބަދަލުގެ ބޮޑު ސިގްނަލެއް: ގްރީންލޭންޑުގެ ގަނޑުފެން ޝީޓަށް ވާރޭ!

ގްރީންލޭންޑްގެ ސަރަހައްދެއް.

ގްރީންލޭންޑްގެ ސަރަހައްދެއް.

ކޯޕެންހޭގަން، ޑެންމާކް (އޯގަސްޓު 23) - ގްރީންލޭންޑުގެ ގަނޑުފެން ޝީޓުގެ އެންމެ އުސް ހިސާބަށް ވާރޭވެހުނީ މޫސުމީ ބަދަލުގެ ސަބަބުން ކަމަށް ޑެންމާކްގެ ސައިންސްވެރިން ބުނެފި އެވެ.

މިއީ އެ ހިސާބަށް ވާރޭ ވެހުނު ކަމަށް ރިކޯޑުތަކުން ދެއްކި ފުރަތަމަ ފަހަރެވެ. އެމެރިކާގެ ސްނޯ އެންޑް އައިސް ޑޭޓާ ސެންޓަރުން ރިޕޯޓު ކުރި ގޮތުގައި އޯގަސްޓު 14 ވަނަ ދުވަހު ގަނޑުފެން ޝީޓުގައި 3،000 މީޓަރު އުސް ހިސާބަކަށް ގަޑިއިރުތަކެއް ވަންދެން ވާރޭ ވެހުނެވެ.

އެ ހިސާބަށް ވާރޭވެހެން މެދުވެރިވަނީ ފިނިހުނޫމިން ސުމެއް ޑިގްރީ ސެންޓިގްރޭޑް ނުވަތަ އެއަށްވުރެ ކުޑަ ތަންކޮޅެއް މައްޗަށް އެރުމުންނެވެ. އެންޓާޓިކާ އަށް ފަހު ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު ގަނޑުފެން ޝީޓު އޮންނަނީ ގްރީންލޭންޑުގަ އެވެ. އެ ތަނަށް ވާރޭވެހުމަކީ ދުނިޔޭގެ ފިނިހޫނުމިން މަތިވުމުން އޮތް ނުރައްކަލުގެ ސިގްނަލެއް ކަމަށް ސައިންސްވެރިން ދެކެ އެވެ.

"މިއީ އާދަޔާ ހިލާފު ކަމެއް. އެއީ މީގެ ކުރިން މިކަން ދިމާވި ކަމަކަށް އެނގިފައެއް ނުވޭ،" ޑެނިޝް މީޓިއޮރޮލޮޖިކަލް އިންސްޓިޓިއުޓްގެ ރިސާޗަރު މާޓިން ސްޓެންޑެލް އޭއެފްޕީ އަށް ވިދާޅުވި އެވެ.

"ބެލެވޭ ގޮތުގައި މިއީ ދުނިޔެ ހޫނުވަމުންދާ ކަމުގެ ނިޝާނެއް."

އޭނާ ވިދާޅުވީ ފާއިތުވި 2،000 އަހަރުގެ ތެރޭގައި ގްރީންލޭންޑްގެ ގަނޑުފެން ޝީޓުގެ އެންމެ އުސް ހިސާބުގެ ފިނިހޫނުމިން ސުމެއް ޑިގްރީ ސެންޓިގްރޭޑަށް ވުރެ މައްޗަށް ގޮސްފައިވަނީ އެންމެ ނުވަ ފަހަރު ކަމަށެވެ.

އޭގެ ތެރެއިން ތިން ފަހަރު އައިސްފައި ވަނީ ފާއިތުވި 10 އަހަރުގެ ތެރޭގަ އެވެ. ނަމަވެސް 2012 އަދި 2019 ވަނަ އަހަރު އެކަން ދިމާވުމުން ވެސް ވާރޭ ވެހިފައެއް ނުވެ އެވެ.

އެ ހިސާބަށް ވާރޭވެހިފައި ވާއިރު، ފާއިތުވި ހޫނު މޫސުމުގައި ގްރީންލޭންޑަށް ވަނީ ރިކޯޑް މިންވަރަށް ހޫނުވެފަ އެވެ. އެގޮތުން ފިނިހޫނުމިން 20 ޑިގްރީ އަށް ވުރެ މައްޗަށް ދިޔަ އެވެ. ހޫނު މޫސުމުގެ އަސަރު ވަރުގަދަވަމުން ދާތީ، ގަނޑުފެން ޝީޓުތައް ވިރެމުންދާ ރޭޓު ވެސް ވަނީ އަވަސްވެފަ އެވެ.

ގަނޑުފެން ޝީޓު ވިރެން ފެށީ މީގެ އެތައް އަހަރެއް ކުރިން ނަމަވެސް، 1990 ވަނަ އަހަރުން ފެށިގެން ވިރެމުންދާ ރޭޓު ވަނީ އަވަސް ވާން ފަށާފަ އެވެ.

ގްރީންލޭންޑުގެ ގަނޑުފެން ޝީޓަކީ ފްރާންސްގެ ބިމުގެ ސަރަހައްދު ތިން ގުނަ ކުރުމުން އޮންނާނެ ވަރުގެ ސަރަހައްދުގެ ގަނޑުފެނެވެ. އެ ގަނޑުފެން އެއްކޮށް ވިރިއްޖެ ނަމަ ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު ހަތް މީޓަރު އުފުލޭނެ އެވެ.

އިންޓަގަވަމެންޓަލް ޕެނެލް އޮން ކްލައިމެޓް ޗޭންޖްގެ ވޯކިން ގްރޫޕުން މި މަހު ނެރުނު ރިޕޯޓެއްގައި ބުނީ ކުރިން ހީކުރި ވަރަށް ވުރެ އަވަހަށް ދުނިޔެ ހޫނުވަމުންދާ ކަމަށާއި އޭގެ ސަބަބުން މި ގަރުނު ނިމޭއިރު ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށެވެ.

ހިފެހެއްޓުމެއް ނެތި ހޫނުވަމުން ދާ ނަމަ ގަނޑުފެން ވިރި ކަނޑުގެ ލޮނުގަނޑު އުފުލި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އޮތް ނުރައްކާ އިތުރުވާނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން މޫސުމީ ކާރިސަތައް ދިމާވުން އަވަސްވެ، އޭގެ އަސަރު ވަރުގަދަވާނެ އެވެ. ކޮންމެ 100 އަހަރުން ދިމާވާ ކާރިސާތައް ގަރުނު ނިމޭއިރު އަހަރަކު އެއް ފަހަރު ދިމާވެދާނެ އެވެ.

ވިހަ ގޭސް ބޭރު ކުރުން މަދު ކުރި ނަމަވެސް ލޮނުގަނޑު އުފުލެމުން ދާނެ އެވެ. މިހާރު ކުރިއަށް ދާ ރޭޓުގައި ދާ ނަމަ ގަރުނު ނިމޭއިރު ދެ މީޓަރަށް އަދި 2150 ފަސް މީޓަރަށް ލޮނުގަނޑު އުފުލޭނެ އެވެ. އެންމެ ރަނގަޅު ހާލަތުގައި ވެސް 0.5 މީޓަރަށް އުފުލޭނެ ކަމަށް ރިޕޯޓުގައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox