މުއާސަލާތީ ވަސީލަތަކުން ދީނަށް ފުރައްސާކުރުން ހުއްޓުވާ ބިލު ހުށަހަޅައިފި

ރަސޫލާ އަށް ފުރައްސާރަކުރުމާ ދެކޮޅަށް މީހަކު އަޑުއުފުލަނީ. --ފޮޓޯ: އަހުމަދު ޝުރާއު

ރަސޫލާ އަށް ފުރައްސާރަކުރުމާ ދެކޮޅަށް މީހަކު އަޑުއުފުލަނީ. --ފޮޓޯ: އަހުމަދު ޝުރާއު

ސޯޝަލް މީޑިއާ ފަދަ މުއާސަލާތީ ވަސީލަތަކުން އިސްލާމްދީނަށް ފުރައްސާރަކުރުން ވެސް ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރާ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައި، އިބްތިދާއީ ބަހުސް ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނުލްއުގޫބާތުގެ 617ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ.

އެ ބިލު މަޖިލީހަށް މިއަދު ހުށަހަޅައި ދެއްވަމުން ހިސާން ވިދާޅުވީ ރައްޖެއަކީ އިސްލާމީ ގައުމެއް ކަމަށާއި މުޅި ދައުލަތް ތަރުތީބުވެ ބައްޓަންކުރަންވާނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ކަމަށް ގާނޫނުއަސާސީގެ އެކި މާއްދާތަކުން ކަނޑައަޅާފައިވާ ކަމަށެވެ.

"އިސްލާމްދީން މަތިވެރިކޮށް، ރާއްޖޭގެ އިސްލާމީ ވެށި ހިމާޔަތްކޮށް އިސްލާމީ ސަގާފަތު ވަނީ ގާނޫނުއަސާސީގައި ބިންވަޅު ނަގާފައި. އެއީ ދުސްތޫރީ ގޮތުން ކަނޑައެޅިފައި ހުރި އަސާސްތަކެއް. ބަދަލުނުކުރެވޭނެ ހަގީގަތްތަކެއް،" ހިސާން ވިދާޅުވި އެވެ.

އެގޮތުން، ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ވެސް އިމެއް އޮންނަ ކަމަށާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތީން މެނުވީ ހިޔާލުފާޅުނުކުރެވޭނެ ގޮތަށް ދުސްތޫރީ ގޮތުން ކަނޑައަޅާފައިވާ ކަމަށެވެ.

titledesc

މި ބިލާ އެކު އެފަދަ ކަންކަން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅައި، އެފަދަ ކަންކަން ތަހުގީގުކޮށް އެފަދަ ކަންކަން ކުރާ މީހުންގެ މައްޗަށް ދައުވާކޮށް އަދަބު ދެވޭ ގޮތަށް މިބިލުން ނިޒާމެއް އެކަށައަޅާ ކަމަށް ހިސާން ވިދާޅުވި އެވެ.

މި ބިލު ހުށަހަޅާފައިވަނީ ދީނާ ގުޅުވައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ޖިނާއީ ކުށަކަށް ހަދަން މިދިޔަ ދައުރުގައި ހިސާން ހުށަހެޅުއްވި ބިލަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، އެ ބިލުގެ މަސައްކަތް މަޖިލީހުގައި ހުއްޓިފައިވަނިކޮށެވެ.

ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާ މިހާރު އޮތް ގޮތް

އެ މާއްދާގައި ބުނެފައިވާ ގޮތުން، މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ތަގްރީރުކުރުމަކީ ކުށެކެވެ.

އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި، ބެހުމާއި، ވިއްކުމާއި، އުފެއްދުމަކީ ވެސް ކުށެކެވެ.

އޭގެ އިތުރުން، އަޅުކަންކުރަން ގެންގުޅޭ ބުދު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ރާއްޖެއަށް ގެނައުމަކީ ވެސް އެ މާއްދާގައިވާ ގޮތުން ކުށެކެވެ.

މާއްދާގައިވާ ގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ވެސް ކުށެވެ.

މި މާއްދާގައި ހިމެނޭ ކުށްތަކަކީ، ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މާނައަކީ، އެ ކުށުގެ އަދަބުގެ ގޮތުގައި އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލެވުމެވެ. ނުވަތަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ގާނޫނުލްއުގޫބާތަށް 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އަމަލު ކުރަމުން އަންނައިރު، މިހާތަނަށް މި މާއްދާގެ ދަށުން މީހަކަށް ކުށެއް ސާބިތުވި ކަމެއް ނުވަތަ މާއްދާގެ ދަށުން އެއްވެސް ދައުވާއެއް އުފުލި ކަމެއް އެނގިފައެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox