ކާބުލް އެއާޕޯޓުގައި ހަމަލާ ބަދަލުކޮށް އެކަކު މަރުވެއްޖެ

ކާބުލް އެއާޕޯޓުގައި އެމެރިކާގެ ސިފައިން ސެކުއިރިޓީ ބަލަހައްޓަނީ. މިއަދު އެމެރިކާ އާއި ޖަރުމަނު ސިފައިން ހަމަލާ ބަދަލު ކުރީ ހަނގުރާމަވެރިންތަކަކާ.-- ފޮޓޯ: އޭއެފްޕީ

ކާބުލް އެއާޕޯޓުގައި އެމެރިކާގެ ސިފައިން ސެކުއިރިޓީ ބަލަހައްޓަނީ. މިއަދު އެމެރިކާ އާއި ޖަރުމަނު ސިފައިން ހަމަލާ ބަދަލު ކުރީ ހަނގުރާމަވެރިންތަކަކާ.-- ފޮޓޯ: އޭއެފްޕީ

ބާލިން، ޖަރުމަނު (އޯގަސްޓު 23) - ހަނގުރާމަވެރި ބަޔަކާ ދެކޮޅަށް ކާބުލް އެއާޕޯޓުގައި ހަމަލާ ބަދަލުކުރުމުގެ ސަބަބުން ސެކިއުރިޓީ ގާޑަކު މަރުވެއްޖެ އެވެ.

މަރުވީ އަފްގާނިސްތާނުގެ ރައްޔިތެކެވެ. ހަނގުރާމަވެރިން ހަމަލާ ދޭން ފެށުމުން އެއާޕޯޓުގައި ތިބި އަފްގާނިސްތާނުގެ ސެކިއުރިޓީ ގާޑުން ރައްދުގައި ބަޑި ޖެހި އެވެ.

އެއާޕޯޓުގައި ތިބި އެމެރިކާ އަދި ޖަރުމަނު ސިފައިން ފަހުން ވަނީ އަފްގާން ގާޑުންނަށް އެހީތެރިވުމުގެ ގޮތުން ހަނގުރާމަވެރިންނާ ދެކޮޅަށް ބަޑި ޖަހާފަ އެވެ.

ޖަރުމަނު އަސްކަރިއްޔާ އިން ކުރި ޓްވީޓެއްގައި ބުނީ މިއަދު ފަތިހު ކާބުލް އެއާޕޯޓުގެ އުތުރު ގޭޓާ ދިމާލުން ހަމަލާ ބަދަލު ކުރުމުގެ ސަބަބުން އެކަކު މަރުވެ، ތިން މީހުން ޒަހަމްވި ކަމަށެވެ.

މިދިޔަ ހަފްތާގައި ތާލިބާނުން ވެރިކަމަށް އައުމުން އެތައް ހާސް ބަޔަކު ވަނީ ގައުމުން ފުރުމަށް ކާބުލް އެއާޕޯޓަށް ޖަމާވެފަ އެވެ.

މިހާތަނަށް އެމެރިކާގެ އެހީތެރިކަމާއެކު 17،000 މީހުން ފުރުވާލާފައި ވާއިރު، އޭގެ ތެރެއިން 2،500 މީހުންނަކީ އެމެރިކާ ރައްޔިތުންނެވެ.

ޖަރުމަނުން ވެސް ވަނީ އަސްކަރީ ފްލައިޓުތަކުގައި 2،500 އަށް ވުރެ ގިނަ މީހުން ގެންގޮސްފަ އެވެ. އިނގިރޭސި ވިލާތާއި ފްރާންސް އަދި ބެލްޖިއަމް ފަދަ ގައުމުތަކުން ވެސް އަންނަނީ ފްލައިޓުތަކުގައި މީހުން ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ.

އެތައް ބަޔަކު ކާބުލް އެއާޕޯޓު ތެރޭގައި ތިބިއިރު، އެއާޕޯޓުގެ ބޭރުގައި ވެސް އެތައް ހާސް ބަޔަކު މަޑުކޮށްގެން އެބަ ތިއްބެވެ. ނަމަވެސް އެއާޕޯޓުގެ ގޭޓުތައް ކައިރީ "ނުރައްކާ" އެބަ އޮތް ކަމަށް އެމެރިކާ އިން ވަނީ އަންގާފަ އެވެ.

އެހެންވެ އަފްގާނިސްތާނުގައި ތިބި އެމެރިކާ ރައްޔިތުން އެއާޕޯޓަށް ނުދިޔުމަށް ވެސް އެންގި އެވެ. އެ މީހުންނަށް އަންގާފައި ވަނީ އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ގުޅަން ދެން ތިބި ތަނެއްގައި މަޑު ކުރުމަށެވެ.

މިއަދު ކާބުލް އެއާޕޯޓުގައި ހަމަލާ ދިނީ ކޮން ގްރޫޕަކަށް ނިސްބަތްވާ ބަޔެއް ކަމެއް ސާފެއް ނޫނެވެ. ނަމަވެސް ތާލިބާނުންގެ ތެރެއިން ބައެއް ހަނގުރާމަވެރިން ލީޑަރުންގެ އެންގުމާ ހިލާފަށް ވަކިން ބަދަލު ހިފުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ތާލިބާނުން ވަނީ އެއްބަސްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox