ވާދަވެރި މެޗު މަދުވުމުގެ އަސަރު ޓީމަށް ކުރި: ހަމްޕު

Aug 23, 2021, 8:55 AM
އޭއެފްސީ ކަޕްގެ މެޗެއްގެ ތެރެއިން ހަމްޕު ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްސީ

އޭއެފްސީ ކަޕްގެ މެޗެއްގެ ތެރެއިން ހަމްޕު ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްސީ

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެން ޖެހުނުއިރު ކައިރި މުސްތަގުބަލެއްގައި ވާދަވެރި މެޗުތަކެއް ކުޅެފައި ނެތުމުގެ އަސަރު ޓީމަށް ކުރި ކަމަށް މާޒިޔާގެ ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) ބުނެފި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިދިޔަ ޑިސެމްބަރު މަހު ފެށީ އަށް މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ. އެކަަމަކު ލީގު ފެށިތާ ދެ މަސް ނުވަނިސް ފެބްރުއަރީ މަހު ތިން ވަނަ ދުވަހު ލީގު މެދުކަނޑާލަން ޖެހުނެވެ. އެއީ އޭރު މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވުމުން އެޅި ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެ ފަހަރު ހުއްޓާލި ގޮތަށް އަލުން ލީގު ފެށުނީ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ. ލީގު ފަށައިގެން ކުރިއަށްދަނިކޮށް މެއި މަހު ފުރަތަމަ ހަފްތާ ތެރޭގައި އަނެއްކާ ވެސް ލީގު ހުއްޓާލަން ޖެހުނެވެ. އެއީ ކޮވިޑްގެ ހާލަތު ރާއްޖޭގައި އަނެއްކާ ވެސް ގޯސްވާތީ އެވެ.

މެއި މަހު މާލޭގައި އޭއެފްސީ ކަޕްގެ މެޗުތައް ކުޅެން ރޭވިފައި އޮއްވައި ފަހު ވަގުތު މެޗުތައް ފަސްކުރަން ޖެހުނީ އޭއެފްސީ ކަޕަށް އައި ބެންގަލޫރު ކުޅުންތެރިން ޕްރޮޓޮކޯލާ ހިލާފުވެ މަގުމައްޗަށް ނުކުތުމުންނެވެ. ކޮވިޑް ކަންތައް ރަނގަޅުވާނެ އިރެއް ނޭގި ހާލަތު ދިގުލައިދާތީ އެފްއޭއެމުން މެއި މަހު ފަހުކޮޅު ނިންމީ ދެ ވަނަ ބުރުން ދިރާގު ދިވެހި ޕްރިމިއާ ލީގު ނިންމާލައި އެއް ވަނައިގައި އޮތް މާޒިޔާ އަށް ޗެމްޕިއަންކަން ދޭށެވެ.

އޭއެފްސީ ކަޕް ބާއްވަން ޖޫން މަހު ފަހުކޮޅަށް ޝެޑިއުލްކޮށްފައި އޮތް ނަމަވެސް ހޯސްޓްކުރާނެ ގައުމެއް ނުވުމުން ޖެހުނީ މި މަހު ބާއްވާށެވެ. އެހެންވެ މާޒިޔާ އަށް މި ފަހަރުގެ އޭއެފްސީ ކަޕާ ކުރިމަތިލާން ޖެހުނުއިރު، އެންމެ ފަހުން ވާދަވެރި މެޗެއް ކުޅެވުނީ ތިން މަސް ދުވަސް ކުރިންނެވެ. މާޒިޔާ އިން އޭއެފްސީ ކަޕްގެ ކުރިން ސައުދީ އަރަބިއްޔާގައި 20 ވަރަކަށް ދުވަހުގެ ކޭމްޕެއް ކުރިއިރު، ތިން މެޗު ކުޅުނެވެ. އެކަމަކު އެއީ ޕްރީ ސީޒަން ގޮތަށް ކުޅުނު މެޗުތަކެއް ކަމަށްވުމުން ވާދަވެރިކޮށް ކުޅުމުގެ ރޫހެއް ނާންނާނެ ކަމަށް މާޒިޔާ ކޯޗު ރިސްޓޯ ވިޑަކޮވިޗް ވަނީ ބުނެފަ އެވެ.

ވިޑަކޮވިޗްގެ ވާހަކަ އަށް އެ ޓީމުގެ ތަރި ހަމްޕު ވެސް ތާއީދުކުރި އެވެ.

"އަސްލު ފުދޭ ވަރަކަށް އުނދަތަކެއް ހުރި އެ ލީގު ވެސް ނިންމާލީތާ. ކޮމްޕެޓިޓިވް މެޗުތަކެއް ނުކުޅެވުނީމަ މިހެން މިވީ،" މާދަމާރޭ ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހަމްޕު ބުންޏެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މި ފަހަރު މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގެ ބުދަ ދުވަހުގެރޭ ކުޅުނު ބަޝުންދަރާ ކިންގްސް އަކީ މިދިޔަ މަހެއްހާ ދުވަހު އެ ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ގިނަ މެޗުތަކެއް ކުޅެ ޗެމްޕިއަންކަން ހޯދި ޓީމެވެ. ފުރަތަމަ މެޗުގައި މާޒިޔާ އަށް ވުރެ މެޗު ހާލަތްތަކަށް ބަޝުންދަރާ ރަނގަޅުކަން ފެނުނެވެ. މާޒިޔާ 2-0 އިން އެ މެޗުން ބަލިވިއިރު، މެޗު ގެއްލުނީ ހެދުނު ގޯހެއް ރިކަވާނުވެގެންނެވެ. ދެ ވަނަ މެޗުގައި މާޒިޔާ ލީޑުގައި ފުރަތަަމަ ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފްގައި އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގެ އޭޓީކޭ މޯހަން ބަގާން އިން ތިބި ބިދޭސީ ކުޅުންތެރިންގެ ކޮލިޓީ ދައްކައި 3-1 އިން މޮޅުވި އެވެ.

ފަހު މެޗަށް ނުކުންނައިރު ބެންގަލޫރު އަތުން މާޒިޔާ މޮޅެއް ބޭނުންވަނީ ތާވަލުގެ އެންމެ ފުލުގައި ނިންމާލަން ބޭނުންނުވާތީ އެވެ. ހަމްޕު ބުނީ ކުޅުންތެރިންގެ ވިސްނުން ހުރީ ވެސް އެ ގޮތަށް ކަމަށެވެ.

"ހުރިހާ އެންމެން ވެސް ބޭނުންވަނީ މޮޅަކާ އެކީ ނިންމާލަން އެ ގޮތުގައި މި ތިބީ. ޓީމު އޮތީ ކުރިން އޮތް ރޫހުގައި. ފުރަތަމަ މެޗުތައް ކޮންމެ ގޮތަކަށް ދިޔަސް ފަހު މެޗު މޮޅަކާ އެކީ ނިންމާލަން ބޭނުމީ،" ހަމްޕު ބުންޏެވެ.

މިދިޔަ އަހަރު މާޒިޔާ އިން ވަނީ އޭއެފްސީ ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި ބެންގަލޫރު އަތުން ދެ ލެގުގައި ވެސް މޮޅުވެފަ އެވެ. ދެ މެޗުގައި ހަމްޕު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މާޒިޔާ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox