ގާޒާގެ ރަފާހް ބޯޑަރު ބަންދު ކުރަން މިސްރުން ނިންމައިފި

ރަފާހް ބޯޑަރު ސަރަހައްދު. -- ފޮޓޯ: އަލް ޖަޒީރާ

ރަފާހް ބޯޑަރު ސަރަހައްދު. -- ފޮޓޯ: އަލް ޖަޒީރާ

ގާޒާ ސިޓީ، ފަލަސްތީން (އޯގަސްޓު 23) - ހޯމަ ދުވަހުން ފެށިގެން ގާޒާގެ ރަފާހް ބޯޑަރު ބަންދު ކުރާނެ ކަމަށް މިސްރުން ހަމާސް އަށް އަންގައިފި އެވެ.

"އަޅުގަނޑުމެންނަށް މިސްރުގެ ކަމާ ބެހޭ އިދާރާތަކުން އެންގީ ރަފާހް ބޯޑަރު ދެ ސަރަހައްދުން ވެސް ހޯމަ ދުވަހުން ފެށިގެން ބަންދުވާނެ ކަމަށް،" ގާޒާގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު އިޔާދު އަލް ބޮޒޮމް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

މިސްރުގެ ސަލާމަތީ އޮފިޝަލުން ވަނީ އޭއެފްޕީ އަށް އެކަން ކަށަވަރުކޮށްދީފަ އެވެ. ވަކި މުއްދަތެއް ނެތް ގޮތަށް ބޯޑަރު ބަންދު ކުރަން ނިންމި ސަބަބެއް ހާމައެއް ނުކުރެ އެވެ.

ގާޒާގެ ވަށައިގެންވާ ބޯޑަރުގައި ހިމެނޭ ރަފާހް ފިޔަވައި އެހެން ހުރިހާ ސަރަހައްދެއް ކޮންޓްރޯލް ކުރަނީ އިޒްރޭލުންނެވެ. މިސްރުން ކޮންޓްރޯލް ކުރާ ރަފާހް ސަރަހައްދުން މިދިޔަ މޭ މަހު ހުޅުވާލަން ނިންމީ ގާޒާ އަށް އެހީ ފޯރުކޮށްދިނުމަށާއި އަނިޔާވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް މިސްރުގެ ހޮސްޕިޓަލްތަކަށް ގެންދިޔުމަށެވެ.

މިދިޔަ މޭ މަހު ހަމާސް އާއި އިޒްރޭލާ ދެމެދު 11 ދުވަސް ވަންދެން ހަމަލާ ބަދަލު ކުރުމުން 260 ފަލަސްތީން ރައްޔިތުން މަރުވެ އެތައް ހާސް ބަޔަކަށް އަނިޔާވި އެވެ. އެ ހަމަނުޖެހުމަށް ފަހު މިސްރުން ވަނީ ގާޒާ އަލުން ބިނާ ކުރަން 500 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.

އެ ފަހަރުގެ ހަމަނުޖެހުން ނިމުމަކަށް އައީ މިސްރު މެދުވެރިވެގެން އިޒްރޭލާއި ހަމާސްއާ ދެމެދު އެއްބަސްވުމަކަށް އައުމުންނެވެ.

ރަފާހް ބޯޑަރު ބަންދު ކުރަން މިސްރުން ނިންމާފައި ވާއިރު، ފާއިތުވި ހަފްތާ ބަންދުގައި އިރުމަރީ ގާޒާގެ ބޯޑަރުގައި އިޒްރޭލް ފުލުހުންނާއި ފަލަސްތީނު ރައްޔިތުންނާ ދެމެދު ވަނީ ބޮޑު ކުރިމަތިލުންތަކެއް ހިނގާފަ އެވެ. މިއީ މޭ މަހަށް ފަހު ގާޒާގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox