ފަހު ވަގުުތު ރޮނާލްޑޯ ޖެހި ގޯލު ބަަލައެއްނުގަތް

Aug 23, 2021, 3:17 AM
ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާފާޅުކުރަނީ.

ޓިއުރިން (އޮގަސްޓް 23) - އިޓާލިއަން ލީގުގައި ރޭ ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް މޮޅުކޮށްދޭން ޖެހި ގޯލު ބަލައިނުގަންނަން ނިންމިއިރު، ލީގުގެ އާ ސީޒަނުގައި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުން އުދިނޭޒީއާ 2-2 އިން އެއްވަރުވެއްޖެ އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މެޗުގެ ނަތީޖާ 2-2 އިން އެއްވަރުވެފައި އޮއްވައި ރޮނާލްޑޯ ވަނީ އިތުރު ވަގުތުގައި ގޯލު ޖަހައިފަ އެވެ. ގޯލު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ރޮނާލްޑޯ ވަނީ ޖޯޒީ ބާލައިފަ އެވެ. އެހެންވެ، ރޮނާލްޑޯ އަށް ރީނދޫ ކާޑެއް ދެއްކި އެވެ. އަދި ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ. އެ ގޯލު ބަލައިނުގަންނަން ނިންމުމުން ޔުވެންޓަސް އިން ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.

ރޭގެ މެޗަށް ޔުވެންޓަސް ނުކުތީ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ. މީޑިއާގައި އަޑުފެތުރުނު ގޮތުގައި ރޮނާލްޑޯ މެޗުގައި ނުފަށަން ނިންމީ އޭނާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމަން ކްލަބަށް އެންގުމަށް ފަހު އެވެ. އެކަމަކު، މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

އުދިނޭޒީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ 23 މިނިޓް ތެރޭ ޔުވެންޓަސް އިން ދެ ގޯލުގެ ލީޑެއް ނެގި އެވެ. ފުރަތަމަ ގޯލު ޖެހީ ޕައޮލޯ ޑިބާލާ އެވެ. އަދި ފަހުން ހުއާން ކުއަޑްރާޑޯ އެ ޓީމަަށް ލީޑުފުޅާކޮށްދިނެވެ. ކުއަޑްރާޑޯގެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑިބާލާ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު އުދިނޭޒީ އެއްވަރުކުރީ ދެ ވަނަ ހާފުގައި ދެ ގޯލު ޖަހައިގެންނެވެ. ފުރަތަމަ ގޯލު މެޗުގެ 51 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޖެހީ ކުރިން ޔުވެންޓަސް އަށް ކުޅުނު ރޮބާޓޯ ޕެރޭރާ އަދި މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް އުދިނޭޒީ އަށް އެއްވަރުކޮށްދިނީ ސްޕެއިންގެ ވިންގް ޖެރާޑް ޑެލޮފޭއު އެވެ.

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ރޯމާ ވަނީ ލީގުގެ ފުރަތަަމަ މެޗުން ފިއޮރެންޓީނާގެ މައްޗަށް 3-1 އިން ކުރިހޯދައިފަ އެވެ. މި މެޗުގައި ފިއޮރެންޓީނާ އަށް މައްސަލަ ދިމާވީ މެޗު ފެށިގެން 17 މިނިޓް ތެރޭ އެ ޓީމުގެ ގޯލްކީޕަރު ބާޓްލޮމިއޭ ޑަރްގޯސްކީ އަށް ރަތް ކާޑު ދެއްކުމުންނެވެ.

މެޗުގައި ރޯމާ އިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ހުނަރުވެރި މިޑްފީލްޑަރު ޖޯޑަން ވެރެޓޫޓް އެވެ. އަނެއް ގޯލު ޖެހީ ހެންރިކް މިކިތާރްޔަން އެވެ. ދާދި ފަހުން ޗެލްސީ ދޫކޮށް ރޯމާ އަށް ބަދަލުވި ޓެމީ އަބްރަހަމް ވަނީ ދެ ގޯލު ޖަހަން ފުރުސަތު ތަނަަވަސްކޮށްދީފަ އެވެ. ފިއޮރެންޓީނާގެ ހަމައެކަނި ގޯލު ޖެހީ ނިކޯލާ މިލެންކޮވިޗް އެވެ.

ރޯމާ ވެސް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 52 ވަނަ މިނިޓްގައި ނިކޯލޯ ޒަނިއޯލޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

ލީގުގައި ރޭ ނަޕޯލީ ކުޅުނު މެޗުން ވަނީ 2-0 އިން ވެނެޒިއާ ބަލިކޮށްފަ އެވެ. ނަޕޯލީގެ ގޯލުތައް ޖެހީ ލޮރެންޒޯ އިންސީނިއޭ އާއި އެލްޔިފް އެލްމާސް އެވެ. މިއީ ނަޕޯލީގެ އާ ކޯޗު ލޫޝިއާނޯ ސްޕަލޭޓީ އަށް ރަނގަޅު ފެށުމެކެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox