ޒަކިއްޓެއަށް އެންމެ ރީތި ފަހެއް!

ޒަކިއްޓެއަށް އެންމެ ރީތި ފަހެއް!

މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަނުން ބެލުންތެރިންގެ ބޮޑު މަގުބޫލްކަމެއް ހޯދި ހަސަން އިރުފާން (ޒަކިއްޓެ) އަކީ އަބަދުވެސް އޭނާގެ ސަކަ މިޒާޖުން އެހެން މީހުންނަށް ހިނިތުންވުމާއި އުފާވެރިކަން ގެނެސްދޭ ކުޅަދާނަ ފަންނާނެކެވެ. މިޔުޒިކީ ދާއިރާގައި މި ވޭތުވެދިޔަ 8 އަހަރު ތެރޭ އެކި ގޮތްގޮތުން މަސައްކަތްކުރެވިފައިވާއިރު މިހާތަނަށް އޭނާ ވަނީ އަމިއްލަ ރާގުގެ ހަ ލަވަވެސް ނެރެފަ އެވެ.

މި ހިމަނާލަނީ ޒަކިއްޓެގެ ޕްލޭލިސްޓުން އެންމެ ހާއްސަ ފަސް ލަވަ އެވެ.

1. ގެއްލިފާ

އިކުއެޓިކް ވައިބް އިން 2016 ވަނަ އަހަރު ނެރުނު "ކުލަތައް" އަލްބަމްގެ އެންމެ ރީތި އެއް ލަަވަ ކަމުގައިވާ "ގެއްލިފާ" އަކީ ޒަކިއްޓެގެ ހިތުގައިވެސް ހާއްސަ ޖާގައެއް ހޯދާފައިވާ ލަވައެކެވެ. ލޯބިވާ އަންހެން ކުއްޖަކު ބީވެގެން ދިއުމުން އެ ކުރެވޭ އިހުސާސްތައް ނިކަން ފުރިހަމައަށް ބަޔާންކޮށްދީފައިވާ މި ލަވައަކީ ޒަކިއްޓެ ބުނާގޮތުގައި އޭނާގެ ހަޔާތުގައިވެސް އެއް ފަހަރަށް ވުރެން ގިނަ ފަހަރު ތަޖުރިބާ ކުރަން ޖެހުނު އިހުސާސްތަކެކެވެ.

2. ޖޯޑެއްގެ ސާފު ލޯބި

ގިނަ ލަވަަތައް އަހަރެމެންނަށް ކަމުދަނީ އެ ލަވައަކާއި ގުޅިފައިވާ ހަނދާންތަކުގެ ސަބަބުންނެވެ. އެހެން ނޫންނަމަ އެ ލަވައިގައި އެ ބުނާ ވާހަކަތަކުގެ ސަބަބުންނެވެ. ޒަކިއްޓެގެ ޕްލޭލިސްޓުގައި ނިކަން ކުރީގައި އަބަދުވެސް ހިމެނޭ މި ލަވައަކީ އޭނާ ބުނާގޮތުން ވަރަށް ހާއްސަ ފަރާތަކަށް ވަރަށް ގިނައިން ކިޔައި އުޅޭ ލަވައެކެވެ. މިއީ ޑާކް ރެއިން އެންޓަޓެއިންމަންޓުން ނެރުނު ފިލްމް "މާމުއި" އަށް އަންދަލާ ހަލީމް ކިޔާދީފައިވާ ލަވައެކެވެ. ލަަވަ ނެރެފައިވަނީ 2019 ވަނަ އަހަރުގަ އެވެ.

3. ރާޅެއްހެން

ކޮންމެ މީހެއްގެ ހަޔާތުގައިވެސް ތަފާތު އަޑިގުޑަންތަކާއި ކުރިމަތިލާންޖެހޭ ފަދައިން ޒަކިއްޓެވެސް އެފަދަ އެތަކެއް ތަޖުރިބާތަކެއް ހަމައެކަނި އޭނާގެ މިއުޒިކް ކެރިއަރުގައި ކޮށްފައި އެބަހުއްޓެވެ. ސޯޝަލް މީޑީއާގައި ސިންގާތަކެއް ފަދައިން އޭނާ ކާލި ދުވަސްވަރުތަކެއް ވެސް ދިޔަ އެވެ. ނަމަވެސް އެފަދައިން ބިންދާލި ކޮންމެ ރާޅަކުންވެސް ސަލާމަތްވެ މިއަދު އެކަންކަމުން އަރައިގަނެވިފައިވާއިރު، މިއުޒިކް އެކަންކަމުގައި ކުޅެދިން ރޯލުވެސް ބޮޑެވެ. ޒަކިއްޓެގެ ޕްލޭލިސްޓުގައި އިސްމާއިލް އަފްއާންގެ "ރާޅެއްހެން" ހިމެނެނީ އެ ސަބަބަށްޓަކަ އެވެ. އޭނާ ބުނާގޮތުން މި ލަވައަކީ ހަޔާތަށް އައި ނިކަން އަނދިރި ދުވަސްތަކެއްގައި އަލި މަގު ކޮށައި ދިނުމުގައިވީ އެންމެ ބޮޑު އެހީތެރިޔާ އެވެ.

4. އާފްރީން

ރާހަތު ފަތެހު އަލީ ޚާން ގެ ޖާދުވީ އަޑުން ކިޔާފައިވާ 1996ގެ މި ރީތި ލަވައަކީ އަދިވެސް އެހާމެ މަގުބޫލު ލަވައެކެވެ. ޖާވިދް އަޚްތަރުގެ ފުންނާބު އުސް ޅެންވެރިކަމުގެ ހުނަރުވެރިކަން އެންމެ ފުރިހަމަ ފެނިގެންދާ އެއް މަސައްކަތަކީ މިއީ ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެ އެވެ. ޒަކިއްޓެގެ ޕްލޭލިސްޓުގައި ވެސް އަބަދަށް ފެހި ލަވައެއްގެ ޖާގަ މި ލަވަ ހޯދާފައިވަަނީ އެ ސަބަބާއި ހެދި އެވެ. ލަވައިގައިވާ ސިފަކުރުންތަކުގެ ފުރިހަމަ ކަމުންނާއި، މޮޅުކަމުންނެވެ. ހިންދީ ލަވަތަަކަށް ވެސް ލޯބިކުރާ ޒަކިއްޓެއަށް އެންމެ ކަމުދާ ލަވަކިޔުންތެރިންގެ ތެރޭގައި އާތިފް އަސްލަމްއާއި ކިޝޯރު ކުމާރު ހިމެނޭކަމަށް އޭނާ ބުންޏެވެ.

5. އާދޭ

ދެންވެސް މިއޮތީ އިސްމާއިލް އަފްއާންގެ ލަވައެއް ކަމުގައިވާ "އާދޭ" އެވެ. މަޑުމައިތިރި ލޯބީގެ މި ލަވަ ވަނީ މޯލްޑިވިއަން އައިޑަލްގައި ޒަކިއްޓެގެ އަޑުންވެސް އިވިފަ އެވެ. މި ލަވައާއި ގުޅިފައިވަނީ މުޅީންވެސް އުފާވެރި ހަނދާންތައް ކަމުގައި ޒަކިއްޓެ ބުންޏެވެ. އެ ހަނދާންތަކުގެ މާބޮޑު ތަފްސީލަކަށް ނުދިޔަނަމަވެސް ޒަކިއްޓެ ބުނީ އެ ވާހަކަތައް ގުޅިފައިވަނީ މިހާތަނަށް އޭނާ އެންމެ ލޯބިވީ މީހާއާ އެވެ.

މިވަގުތު އޯބްލޫ ސިލެކްޓް ސަންގެލީގައި އިން ހައުސް މިއުޒިޝަންއެއްގެ ގޮތުގައި ޒަކިއްޓެ މަސައްކަތް ކުރަމުން އަންނައިރު، އޭނާ ބުނީ އެ މަސައްކަތާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށާއި އުންމީދަކީ ގިނަ ދުވަސްތަކެއް ވާންދެން އެ ވަޒީފައގައި ދެމިހުރުން ކަމުގަ އެވެ.

ޒަކިއްޓެގެ އެހެނިހެން މިއުޒިކީ މަސައްކަތްތައް މިވަގުތަށް މަޑު ޖައްސާލަފައިވީ މިވަގުތު ކުރަމުންދާ މަސައްކަތް ނިންމާލުމަށްފަހު އޭނާގެ އަމިއްލަ އަލްބަމް "އެގާރަ އެގާރަ" ނެރޭނެ ތާރީހެއް އިއުލާނު ކުރާނެކަމަށް ޒަކިއްޓެ ބުންޏެވެ.

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox