އަފްގާނިސްތާނުގެ ހާލަތާ ގުޅިގެން އޯއައިސީގެ އިންޒާރެއް

ތާލިބާން ހަނގުރާމަވެރިން.-- ފޮޓޯ: އޭއެފްޕީ

ތާލިބާން ހަނގުރާމަވެރިން.-- ފޮޓޯ: އޭއެފްޕީ

ޖިއްދާ، ސައުދީ އަރަބިއްޔާ (އޯގަސްޓު 22) - ޓެރަރިސްޓު ޖަމާއަތްތަކަށް މިނިވަންކަމާ އެކު އުޅެވޭނެ ތަނަކަށް އަފްގާނިސްތާނު އަލުން ވެދާނެ ކަމުގެ އިންޒާރު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބުނެފި އެވެ.

އޯއައިސީން ބުނީ "ސުލްހަ އާއި ހަމަޖެހުމާއި، ގައުމީ އެއްބައިވަންތަކަމުގެ" މުހިއްމުކަން ފާހަގަކުރަން އަފްގާނިސްތާނަށް ހާއްސަ މަންދޫބުން ކަނޑައަޅާނެ ކަމަށެވެ.

އޯއައިސީ ފަދަ ގިނަ ގައުމުތައް ހިމެނޭ ބައިނަލްއަގްވާމީ އެހެން ޖަމިއްޔާތަކުން ވެސް ވަނީ އަފްގާނިސްތާނުގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ނިންމާފަ އެވެ. އެގޮތުން އެންމެ މުއްސަނދި ގައުމުތަށް ހިމެނޭ ޖީ7 ގެ ބައްދަލުވުމެއް މި ހަފްތާގައި އޮންނާނެ އެވެ.

މީގެ ކުރިން 1996 އިން 2001 އަށް ތާލިބާނުން ވެރިކަން ކުރިއިރު އަލް ގައިދާ ޓެރަރިސްޓު ޖަމާއަތުން އަފްގާނިސްތާނުގައި އުޅުމުގެ ފުރުސަތު ދިނެވެ. އެހެންކަމުން މީގެ ހަފްތާއެއް ކުރިން އަލުން ވެރިކަމަށް އައި ތާލިބާނުން, ޓެރަރިސްޓު ގްރޫޕުތައް އުޅުމުގެ ފުރުސަތު ދިނުމުގެ ބިރު ވަނީ ހީވެފަ އެވެ.

އޯއައިސީން ނެރުނު ބަޔާނެއްގައި ބުނީ ޓެރަރިސްޓުންގެ ޕްލެޓްފޯމެއްގެ ގޮތުގައި ދެން ދުވަހަކު ވެސް އަފްގާނިސްތާން ބޭނުން ނުކުރެވޭނެ ކަން ކަށަވަރު ކުރުމަށް އަފްގާނިސްތާނުގެ އާ ސަރުކާރާއި ބައިނަލްއަގްވާމީ މުޖުތަމައު މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން އަފްގާނިސްތާނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބަނޑުހައި ހޫނުކަމުގެ މައްސަލަ އާއި ގިނަ ރައްޔިތުން ރެފިއުޖީންނަށް ވެފައިވާ މައްސަލައާ މެދު ވެސް އޯއައިސީން ކަންބޮޑުވުން ފާޅުކުރި އެވެ.

އޯއައިސީގެ މެމްބަރު ގައުމުތަކާއި އިސްލާމީ މާލީ އިދާރާތަކާއި ބައިވެރިންނަށް ގޮވާލާފައި ވަނީ އެންމެ މުހިއްމު ދާއިރާތައް ފާހަގަކޮށް އެ ދާއިރާތަކުން އަވަސް އެހީ އަފްގާން ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.

އޯއައިސީ އަކީ 57 މެމްބަރު ގައުމު ހިމެނޭ ބައިނަލްއަގްވާމީ ޖަމިއްޔާ އެކެވެ. ނަވާސަ ސަތޭކަ ހަތްދިހަ ހަ ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަކީ އެ ޖަމިއްޔާގެ މެމްބަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިބޫޓީ ކައިރިއަށް ބޯޓެއް ބަންޑުންޖަހާލައި 139 މީހުން މަރުވެއްޖެ

ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރި ހިޖުރަވެރިންގެ ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި، 15 ކުޑަކުދިން ހިމެނޭހެން 139 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ޖުމްލަ 305 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ސަލާމަތްވި 82 މީހުންނަކީ އިތިއޯޕިއާގެ ރައްޔިތުން ކަމަށާއި، އެމީހުންނަށް މިހާރު ސިއްހީ ފަރުވާ ދެމުންދާ ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ބުނެއެވެ.

ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވި: ޔޫކޭ ބޮޑު ވަޒީރު

2016 ވަނަ އަހަރުގެ ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެއެވެ. ބާންހަމް މިހެން ވިދާޅުވި ނަމަވެސް، ބްރެކްސިޓަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިއީ ރައްޔިތުންގެ ނިންމުމުގެ ސައްހަކަން ގެއްލުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

"ހަކަތައިގެ ހަނގުރާމަ" ހުއްޓާލަން އެއްބަސްވެއްޖެ: ޓްރަމްޕް

ރަޝިޔާ އާއި ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެފަދަ އެއްބަސްވުމެއްގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރަޝިޔާއިން ހަމަލާތައް ހުއްޓާލާނެ ކަމުގެ ހަގީގީ ޔަގީންކަން ލިބިއްޖެ ނަމަ، އެފަދަ އެއްބަސްވުމަކަށް އަމަލުކުރުމަށް ޔޫކްރެއިން އޮތީ ތައްޔާރަށެވެ.

އަނެއްކާވެސް ރިޔާދްގެ އެއާޕޯޓަށް ހަމަލާދީ ރޯކޮށްލައިފި

އީރާނުގެ މަދަދުލިބޭ ހޫތީން ސައުދީގެ ރިޔާދު އެއާޕޯޓަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ. މި ހަމަލާގައި އެއާޕޯޓުގެ ޓާމިނަލް 4 ގައި އަލިފާން ރޯވެފައިވާއިރު، މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ގައުމަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox