ރިސޯޓް ހަދަން ހަތް ރަށެއް އަންނަ ހަފުތާގައި ހަވާލުކުރަނީ

ރިސޯޓެއް ތަރައްގީކުރަން ހުޅުވާލި މ. ސީދިހުރާ އަދި ސީދިހުރާވެލިގަނޑު: އިންވެސްޓަރުން ބިޑް ހުށައެޅި ރަށްތަކުގެ ތެރޭގައި މި ރަށް ހިމެނޭ. -- ފޮޓޯ: ގޫގްލް އާތް

ރިސޯޓެއް ތަރައްގީކުރަން ހުޅުވާލި މ. ސީދިހުރާ އަދި ސީދިހުރާވެލިގަނޑު: އިންވެސްޓަރުން ބިޑް ހުށައެޅި ރަށްތަކުގެ ތެރޭގައި މި ރަށް ހިމެނޭ. -- ފޮޓޯ: ގޫގްލް އާތް

ރިސޯޓް ތަރައްގީކުރަން އެންމެ ފަހުން ހުޅުވާލި ރަށްތަކަށް ހުށަހަޅާފައިވާ ބިޑުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ނިންމައި އަންނަ ހަފުތާގެ ތެރޭގައި އެ ރަށްތައް ހަވާލުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މި ރަށްތަކަކީ ރިސޯޓް ތަރައްގީކުރަން ރަށްތައް ދޫކުރުމުގެ ދެވަނަ މަރުހަލާގެ ދަށުން 16 ރިސޯޓެއް ހަދަން ބިޑަށްލީ 23 ރަށެވެ. މި އަދަދަށް ރަށްތައް ދޫކުރަން ހުޅުވާލި ނަމަވެސް، އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރީ އޭގެ ތެރެއިން ހަތް ރަށެއް ތަރައްގީކުރާށެވެ. އަދި ބާކީ ހުރި ރަށްތަކަށް އެއްވެސް ބިޑެއް ލިބިފައެއް ނުވެ އެވެ.

މި ރަށްތައް ހަވާލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތާ ގުޅިގެން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަސްއަދު ރިޒާ "އަދަދު"އަށް ވިދާޅުވީ، މިހާރު ބިޑް އިވެލުއޭޝަންގެ މަސައްކަތް ނިމުމަކާ ގާތް ވެއްޖެ ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމާ، ބިޑު ކާމިޔާބު ކުރި ފަރާތްތަކަށް އަންނަ ހަފުތާގެ ތެރޭގައި ރަށްތައް ހަވާލުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

މިފަހަރު ދޫކުރާ ރަށްތަކަކީ ފަހުގެ ތާރީހެއްގައި ރާއްޖެއިން އެންމެ ހެޔޮ އަގުގައި ދޫކުރާ ރަށްތަކެވެ. އެގޮތުން މި ރަށްތައް ދޫކުރަން ހުށައެޅި ލީސް އެކުއިޒިޝަން ކޮސްޓުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދިނެވެ. ޓޫރިޒަމުން އޭރު ބުނީ ރަށްތަކުގެ އަގު ހެޔޮކުރީ ކޮވިޑާ ގުޅިގެން އިންވެސްޓަރުންނަށް ދިމާވެފައިވާ ފައިނޭންސިން މައްސަލަތަކަށް ރިއާޔަތްކޮށް، އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރު ކުރުމަށް ކަމަށެވެ.

އަގު ކުޑަ ކުރި ނަމަވެސް ރަށްތަކަށް ބިޑު ހުށައެޅި ބައެއް ފަރާތްތަކުން ކަނޑައަޅާފައިވާ ލީޒް އެކުއިޒިޝަން އަގުގެ 140 ޕަސެންޓު ބޮޑު އަގެއް ހުށައަޅާފައިވާ ކަމަށް ޓޫރިޒަމުން ވަނީ ބުނެފަ އެވެ.

ރިސޯޓް ހަދަން ރަށްތައް ކުއްޔަށް ދޫކުރުމަކީ، މި އަހަރުގެ ބަޖެޓުގައި އާމްދަނީ ހޯދަން ހުށައެޅި ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ބަޖެޓު ކުރި އިރު ރިސޯޓްތައް ދޫކޮށްގެން 17.4 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. ނަމަވެސް އަގު ކުޑަކުރުމުން އެ އަދަދު 12 މިލިއަން ޑޮލަރަށް ތިރިވި އެވެ. ލިބިފައިވާ ބިޑުތަކަށް ބަލާއިރު، މީގެ ދެބައިކުޅަ އެއްބައި ލިބުން ވެސް ނާދިރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްއިން ވިޔަފާރިވެރިންގެ ޑޮލަރުތައް ތާށިކޮށްފި

ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރު އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވެނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ ބެކްލޮގެއް އޮތުމުން. މީގެ ސަބަބުން މުދާ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި.

އެމްއައިބީން މާދަމާ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާލެ އާއި ހުޅުމާލޭގެ ބްރާންޗުތަކުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައި. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ބޭންކުގެ ހެޑް އޮފީހާއި، ރީޓެއިލް ބޭންކިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗުން.

ދިރާގު ގޭމިންގ ކޮންކުއެސްޓްގެ ޕަބްޖީ ކޮލިފަޔަރސް ފަށަނީ

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026ގެ ޕަބްޖީ ކޮލިފަޔަރސް 57 ޓީމާއެކު މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި މުބާރާތުގެ ކޮލިފަޔަރސްއިން ހޮވޭ 16 ޓީމަކަށް 30,000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައެޅިފައިވާ މެއިން އިވެންޓުން ފުރުސަތު ލިބޭނެއެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގައި ޕަބްޖީގެ އިތުރުން އެކި ޕްލެޓްފޯމްތަކުގެ މަގުބޫލު ގޭމްތައް ހިމެނެއެވެ.

އެމެރިކާއިން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފި

އެމެރިކާގެ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށްޓަކައި، ރައީސް ޓްރަމްޕްގެ ދެކޮޅުހެދުންތަކާ އެކުވެސް އެގައުމުގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފިއެވެ. މި ނިންމުމުގެ ސަބަބުން ލޯނު ނަގާ ފަރާތްތަކަށް އުފުލަންޖެހޭ ބުރަ ބޮޑުވި ނަމަވެސް، މިއީ އިގްތިސާދީ ހަމަޖެހުމަށްޓަކައި އެޅި ޒިންމާދާރު ފިޔަވަޅެއް ކަމަށް ފެޑަރަލް ރިޒާވްއިން ހާމަކުރެއެވެ.

Newsletter

Get the latest news delivered straight to your inbox