ބޯޑަރުގައި ހިނގި ހަމަނުޖެހުމަށް ފަހު އިޒްރޭލުން ގާޒާ އަށް ހަމަލާ ދީފި

ގާޒާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުމުގައި އަނިޔާވި ފަލަސްތީން މީހަކު ފަރުވާ އަށް ގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ގާޒާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުމުގައި އަނިޔާވި ފަލަސްތީން މީހަކު ފަރުވާ އަށް ގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ގާޒާ ސިޓީ، ފަލަސްތީން (އޯގަސްޓު 22) - ގާޒާގެ ބޯޑަރު ސަރަހައްދުގައި ފަލަސްތީނު މީހުންނާއި އިޒްރޭލް ފުލުހުންނާ ދެމެދު ހޮނިހިރު ދުވަހު ހިނގި ހަމަނުޖެހުމަށް ފަހު އިޒްރޭލުން ގާޒާ އަށް ހަމަލާ ދީފި އެވެ.

އިއްޔެ ހިނގި ހަމަނުޖެހުމުގައި ގިނަ ބަޔަކަށް އަނިޔާވި އެވެ. އިޒްރޭލުގެ ފުލުހަކާއި ފަލަސްތީނުގެ 13 އަހަރުގެ ފިރިހެން ކުއްޖަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފަ އެވެ.

ހަމަނުޖެހުން ހިނގީ ގާޒާ ވަށައިގެން އިޒްރޭލުން ރާނާފައިވާ ބޯޑަރު ފާރުގެ މަތިން އަރަން ފަލަސްތީނުގެ ގިނަ ބަޔަކު މަސައްކަތް ކުރުމުންނެވެ. އިޒްރޭލް ފުލުހުން ބަޑި ޖަހަން ފެށުމުން ފަލަސްތީން މީހުން ވަނީ އަލިފާން ބޯޅަ އުކާފަ އެވެ.

އިޒްރޭލް ފުލުހުންގެ ކޮމިޝަނަރު ކޯބީ ޝަބްތައި ވިދާޅުވީ "އިޒްރޭލަށް ގެއްލުން ދޭން އުޅޭ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ" ކަމަށެވެ. ޑިފެންސް މިނިސްޓަރު ބެނީ ގާންޓްޒް ވިދާޅުވީ "މިއީ ސީރިއަސް ހާދިސާއެއް ކަމަށާއި ރައްދު ވެސް ސީރިއަސް ވާނެ" ކަމަށެވެ.

ގާންޓްޒް އެހެން ވިދާޅުވިތާ ކުޑައިރުކޮޅެއް ފަހުން އިޒްރޭލުން ވަނީ ގާޒާ އަށް ވައިގެ މަގުން ތިން ހަމަލާ ފޮނުވާފަ އެވެ. އެ ހަމަލާތަކުގައި މީހަކު މަރުވިކަމުގެ ރިޕޯޓު މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ހޮނިހިރު ދުވަހު ހަމަނުޖެހުން ހިނގީ ގާޒާގައި ވެރިކަން ކުރާ ހަމާސް އިން ރޭވި މުޒާހަރާއެއް ހޫނުވެގެންނެވެ. އެއީ އަލް އަގްސާ މިސްކިތުގައި ހުޅުޖެހި ހާދިސާއަށް 52 އަހަރު ފުރުން ފާހަގަކުރަން ބޭއްވި މުޒާހަރާ އެކެވެ.

އިއްޔެގެ ހަމަނުޖެހުމަކީ މިދިޔަ މެއި މަހު އިޒްރޭލާއި ހަމާސްއާ ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓާލަން އެއްބަސްވި ފަހުން ގާޒާގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުމެވެ.

މެއި މަހު 11 ދުވަސް ވަންދެން ހަމަލާ ބަދަލު ކުރުމުގެ ސަބަބުން ފަލަސްތީނުގެ 260 މީހުންނާއި އިޒްރޭލުގެ 13 މީހުން މަރުވި އެވެ. އެ ފަހަރު ވެސް ހަމާސް އިން ހަމަލާ ދިނީ އިޒްރޭލް ފުލުހުން އަގްސާ މިސްކިތް ސަރަހައްދުގައި ފަލަސްތީން ރައްޔިތުންނާ ދެކޮޅު އަމަލު ހިންގުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox