ކަވި ކަމެއްގައި އިމްރާންގެ ހުނަރު ހުހެއް ނުވާނެ

ކަވި ކަމެއްގައި އިމްރާންގެ ހުނަރު ހުހެއް ނުވާނެ

މިދިޔަ އަހަރުގެ ބިޒީ ޕެންޑެމިކްގެ މެދުން ފެށުނު ގަސް އިންދުމުގެ ފޯރިގަނޑުގެ ތެރޭގައި ރ.ވާދޫގެ އިމްރާން މުހައްމަދާއި އޭނާގެ ބޭބެ ނަޝީދު ބުރަކޮށް އުޅުނީ ހުސްކޮށްފައި އުކައިލާ ފަސް ލިޓަރުގެ ޕްލާސްޓިކް ފުޅި އެއްކޮށްގެން އެއިން ރިސައިކަލް ޕޮޓު ހެދުމުގަ އެވެ. ޕެންޑެމިކް ތެރޭގައި އޭގެ އެތައް ސަތޭކަ ޕޮޓެއް ހަދައިގެން އެ ދެ ބެއިން ވިއްކި އެވެ. އެކަމަކު އޭގެ މާ ކުރިން ފެށިގެން ވެސް އެކި ދުވަސްތަކާ ގުޅުވައިގެން ތަފާތު, ކަވި މަސައްކަތް މި ދެ ބެއިން ކުރަން ފަށައިފި އެވެ. ހޮބީއެއްގެ ގޮތުގަ އެވެ.

އިމްރާނަކީ އާކިޓެކްޓެކެވެ. އޭނާގެ ބޭބެއަކީ ވަޑާމުގެ މަސައްކަތް ކުރާ މީހެކެވެ. ލިބޭ ހުސް ވަގުތުތަކުގައި ތަފާތު ކޮމިޝަން މަސައްކަތްތަކާއި އެކި ކަހަލަ ކަވި ކްރާފްޓް ހެދުމަކީ އިމްރާނަށް އޭނާގެ ބޭބެ ފަރާތުން އުނގެނި ފަރިތަވި ކަމެކެވެ.

"ކައިވެނީގެ ރަން ހެދުމާއި ޑްރީމް ކެޗާ ކަހަލަ އެއްޗެހި ހަދަން ފެށިތާ ވެސް މިހާރު ވެދާނެ ފުދޭ ވަރަކަށް ދުވަސް. ދެން މިހާރު އެންމެ ކަވި އެއް މަސައްކަތަށް މި ކުރަނީ ފުރުޓް ކާވިން. ވަރަށް ޗެލެންޖިން ވަރަށް ޝައުގުވެރި ކަމެއް މިއީ ވެސް،" 31 އަހަރުގެ އިމްރާން އޭނާގެ ލިމިޓެއް ނެތް ކަވި ހޮބީތަކުގެ ވާހަކަ ފަށައިގަތީ މިހެންނެވެ.

Advertisement

"ކަވި މަސައްކަތެއް ވިއްޔާ އެ ދިމާލަކަށް ހިތް ދާނެ،"

ކަލިނަރީ ޓެކްނީކެއްގެ ގޮތުގައި ބޭނުންކުރާ ފުރުޓް އަދި ވެޖިޓަބަލް ކާވިން އަކީ ތައިލެންޑް، ޗައިނާ ޖަޕާން ފަދަ ގައުމުތަކުގައި ޒަމާން ވީ އާޓެކެވެ. މިއީ ކަވި، ގިނަ އިރު ހޭދަވާ މަސައްކަތެކެވެ.

އިމްރާން ބުނީ މީގެ އަހަރުތަކެއް ކުރިން ފްރުޓް ކާވް ކުރަން ދަސްކުރަން ފެށީ ޔޫޓިއުބް ބަލައިގެން ކަމަށެވެ. އޭގެ ފަހުން މަދު މަދުން ރައްޓެހިންނާއި އާއިލީ ކައިވެނި ތަކާއި ހަފްލާތަކަށް ސެޓިން ހަދައިދޭ ކަމަށެވެ.

ބަރަބޮލުގައި ކާވް ކޮށްގެން އިމްރާން ކޮށްފައިވާ މަސައްކަތެއް
ބަރަބޮލުގައި ކާވް ކޮށްގެން އިމްރާން ކޮށްފައިވާ މަސައްކަތެއް

ބަރަބޮލުގައި ކާވް ކޮށްގެން އިމްރާން ކޮށްފައިވާ މަސައްކަތެއް

ތަރުކާރީ އާއި މޭވާއިން އިން އިމްރާން ހަދާފައިވާ މާތަކެއް
ތަރުކާރީ އާއި މޭވާއިން އިން އިމްރާން ހަދާފައިވާ މާތަކެއް

ތަރުކާރީ އާއި މޭވާއިން އިން އިމްރާން ހަދާފައިވާ މާތަކެއް

"މިއީ ވެސް އަސްލު ބޭބެ އިންޓްރޮޑިއުސް ކޮށްދިން ކަމެއް. ދެން އަޅުގަނޑު ބަލަން ފެށީ މޮޅަށް މިކަން ކުރެވޭނެ ގޮތްތަކާއި ޓެކްނިކްތައް ޔޫޓިއުބް ބަލައިގެން. އެހާ ގިނައިން އަގު ނަގައިގެން މަސައްކަތްތަކެއް ވެސް އަދި ނުކުރެވޭ. މިހާތަނަށް ދިހަ ވެޑިން އަކަށް އަދި ފުރުޓް އާޓް ހަދައިދިނީ." އިމްރާން ބުންޏެވެ.

އިމްރާން ބުނީ ލިބޭ ހުސް ވަގުތު ތަކުގައި އެކި ކަހަލަ ހުނަރު ދަސްކުރުމުގެ ފައިދާ ގިނަ ކަމަށެވެ. ދޭތެރެއަކުން މަސައްކަތް ނެގިޔަސް ޑިމާންޑު އޮންނަ ކަމަށް ބުންޏެވެ.

ފުރުޓް ކާވް ކުރަން އިމްރާންގެ ދެބެއިން ޝައުގުވެރިވި ވަރުން އެކަމަށް ބޭނުންވާ އެކި ކަހަލަ ކަޓް ނެގޭ ޓޫލްތައް ވެސް މި ދެބެއިން ހެދީ އަމިއްލަ އަށެވެ. އާދައިގެ ވަޅި ގަނެގެން އެ ވަޅިތައް އެކި ޝޭޕް ތަކަށް ކަފައިގެން މަސައްކަތުގައި ބޭނުންކުރެ އެވެ.

ޕްރޮފެޝަންއެއްގެ ގޮތުގައި ނުކުރިޔަސް، މިހާރު އިމްރާން އަކީ "ބިގިނާ" ލެވެލް އެއް ނޫނެވެ. ފުރުޓެއް، ތަރުކާރީއެއްގައި ކޮންމެ ކަހަލަ ކުރެހުމެއް އަޅަން ޖެހުނަސް އެކަން ފަރިތަކޮށް ޔަގީންކޮށް ކުރެވޭނެ ކަމަށް އިމްރާން ބުންޏެވެ.

އިމްރާން ކަރާއެއްގައި ހެދި ފްލޯރަލް އާޓް ވޯކެއް: އޭނާ ބުނީ ފުރުޓް ތަކުގެ ތެރެއިން އެންމެ ފަސޭހައީ ކަރާގައި ކާވް ކުރަން ކަމަށް
އިމްރާން ކަރާއެއްގައި ހެދި ފްލޯރަލް އާޓް ވޯކެއް: އޭނާ ބުނީ ފުރުޓް ތަކުގެ ތެރެއިން އެންމެ ފަސޭހައީ ކަރާގައި ކާވް ކުރަން ކަމަށް

އިމްރާން ކަރާއެއްގައި ހެދި ފްލޯރަލް އާޓް ވޯކެއް: އޭނާ ބުނީ ފުރުޓް ތަކުގެ ތެރެއިން އެންމެ ފަސޭހައީ ކަރާގައި ކާވް ކުރަން ކަމަށް

"މި ފަހުން ސޯޝަލް މީޑިއާގައި ވައިރަލްވި ފްލޯރަލް ކާވިން އަކީ ރީތި މަސައްކަތެއް. އެކަމަކު އެއަށްވުރެ ކޮމްޕްލެކްސް މަސައްކަތް ވެސް ހުންނާނެ ކުރެވިފަ. މީގަ އަޅުގަނޑު ބުނެލަން ބޭނުންވަނީ، މިކަހަލަ މަސައްކަތްތަކަކީ ކޮންމެހެން މޮޅަށް ކުރަހަން އެނގޭތީ ކުރެވޭނެ ކަންތައްތަކެއް ނޫން. ކުރާ ހިތުން ކުރީމަ ދަސްވާ ކަމެއް،"

އިމްރާނަކީ ކަރުދާހުގައި ކުރަހަން ދަންނަ މީހެއް ނޫނެވެ. އެކަމަކު މޭވާ އެއްގައި ތަރުކާރީއެއްގައި ކުރަހަން ހިތު އަޅައިފި ނަމަ ކިތަންމެ ކަވި ކުރެހުމަކަސް އެކަން އޭނާ އަށް މިހާރު ކުރެވެ އެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox