ވެރިކަން ހިންގުމުގެ ނިޒާމުގެ ވޯޓަކަށް ދިޔުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަނީ

ޮެޮެޕެޓިޝަނުގައި ބޮންޑޭ ސޮއިކުރައްވަނީ: އަމާޒަކީ 100،000 ސޮއި ކަމަށް ވިދާޅުވި. -- ފޮޓޯ/ޓުވިޓާ

ޮެޮެޕެޓިޝަނުގައި ބޮންޑޭ ސޮއިކުރައްވަނީ: އަމާޒަކީ 100،000 ސޮއި ކަމަށް ވިދާޅުވި. -- ފޮޓޯ/ޓުވިޓާ

ވެރިކަން ހިންގުމުގެ ނިޒާމު އިސްލާހު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއްކަމުން، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ އާންމު ވޯޓަކަށް އަވަހަށް ދިޔުމަށް ގޮވާލާ ޕެޓިޝަނެއްގައި މިއަދު ސޮއިކުރަން ފަށައިފި އެވެ.

ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް އިސްކޮށް ހުންނަވާ ތާއީދު ހޯދަން މަސައްކަތް ކުރާ އެ ޕެޓިޝަނުގައި ބުނެފައި ވަނީ ވެރިކަން ހިންގުމުގެ ނިޒާމު އިސްލާހު ކުރުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެއްކަމުން އެ މަސައްކަތް ކުރުން އަވަސް ކުރަންޖެހޭ ކަމަށެވެ.

"އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އެންމެފަހުން ވެސް ގައުމާ މުހާތަބުކޮށް އަދި އެތައް ފޯރަމެއްގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ރިޔާސީ ވައުދުތައް ފުއްދުމަށް ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ،" އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.

Advertisement

އެ ޕެޓިޝަނުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް މިއަދު ސޮއި ކުރެއްވި އެވެ. އެގޮތުން މާފަންމު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި ހެންވެއިރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހިމެނެ އެވެ.

ޕެޓިޝަނާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އެ ޕެޓިޝަން ހުށަހަޅަން ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ސޮއި ހޯދަނީ ބަރުލަމާނީ ނިޒާމަށް ހޭލުންތެރިކުރުވުމާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ 100 ދުވަސް ތެރޭގައި 100،000 ސޮއި ހަމަކުރުމެވެ.

"މީގައި ކުރިއަށް މިދަނީ ހަމައެކަނި ޕެޓިޝަނެއްގައި ސޮއިކުރުމެއް ނޫން. މި ޖީލަށް، ބަރުލަމާނީ ނިޒާމުގެ މައުލޫމާތު ދީ ހޭލުންތެރިކުރުވުން،" އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި ރާއްޖެއަށް ބޭނުން ވަނީ ދުވަހުން ދުވަހަށް ސަރުކާރު ހިންގޭ ނިޒާމެކެވެ. ރައްޔިތުންގެ ވޯޓުން މިހާރު ގެނެސްފައި އޮތް ނިޒާމުގައި އެ މަގްސަދު ހާސިލްނުވާ ކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކަމަށް ވިދާޅުވި އެވެ.

އެ ޝަކުވާއަށް މަޖިލީހުން ހޯދާ ހައްލަކީ ގާނޫނެއް ފާސްކުރުން ކަމަށާއި ދެން ވެސް އެ ގާނޫނަށް ސަރުކާރުން އަމަލުކުރަމުން ނުދާ ކަމުގެ ތުހުމަތު ކުރެއްވި އެވެ. ހެއްކެއްގެ ގޮތުން ވިދާޅުވީ ގާނޫނުތަކުން ބާރުދޭން ޖެހޭ ގަވާއިދުތައް ނުހަދާ ކަމަށާއި އިންޓެލިޖެންސް މައުލޫމާތު އެއް މުއައްސަސާ އިން އަނެއް މުއައްސަސާއަށް ފޯރުކޮށްދިނުމުގައި ބާގަނޑެއް އޮތީ އެ ސަބަބާ ހެދި ކަމަށް ވިދާޅުވި އެވެ.

"އެ ބާގަނޑުގެ ތެރެއިން ނުކުމެ އެ ބޮން ގޮއްވާލީ. މިއީ މުޅި ގައުމަށް ދިމާވި ކަމެއް،" އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް ކަށަވަރުކޮށްދީފައި އޮތަސް ސަރުކާރުގައި އެމްޑީޕީގެ ބައިވެރިވުން ކުޑަ އެވެ. ކޯލިޝަން ސަރުކާރުގައި އެމްޑީޕީއަކީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މައިނޯރިޓީ އެވެ. ސަރުކާރު ހިންގުމުގައި އެކަށީގެންވާ ގޮތެއްގައި ބަސް ބުނާނެ ޖާގަ ނުލިބެނީ އެހެންވެ ކަަމަށް ވިދާޅުވި އެވެ.

"ބަރުލަމާނީ ނިޒާމަކީ ވަރަށް ސްޕީޑު ބާރު ނިޒާމެއް. ދައުލަތަށް މިނިވަންކަން ލިބުނީ ބަރުލަމާނީގެ ބޮޑުވަޒީރަކު މި ރާއްޖޭގައި ހުންނަވައިގެން،" ބޮންޑޭ ވިދާޅުވި އެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ގިނަ ރައްޔިތުން ވޯޓުދިނީ ރިޔާސީ ނިޒާމަށެވެ. އެއީ ސައްހަ 154،123 ވޯޓުގެ 62 ޕަސެންޓެވެ.

އެ ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ފަށާފައި މި ވަނީ މި ހިނގާ ރިޔާސީ ދައުރުގެ މެދުތެރެއިން ނިޒާމުގެ ވޯޓަކަށް ގޮސް ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގުން ބަދަލު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ގޮވާލައްވާފައި އޮއްވަ އެވެ.

ބަރުލަމާނީ ނިޒާމަށް ހިންގުން ބަދަލު ކުރުމަށް ގޮވާލެއްވުމަށްފަހު ނަޝީދު ވަނީ ރައީސް ސޯލިހާއެކު ސިޔާސީ ގޮތުން ހުންނެވެން ނެތްކަން ވެސް އިއުލާން ކުރައްވައިފަ އެވެ. އަދި އިދިކޮޅު ޕީޕީއެމް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކޯލިޝަނެއް ހެއްދެވުމަށް ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް މިހާރު ވެރިކަން ހިންގާ އެމްޑީޕީގެ ފަރާތުން ނެރުނު މެނިފެސްޓޯގައި ބުނެފައި ވަނީ ބޮޑުވަޒީރަކު ހުންނަވާ ގޮތަށް ވެރިކަން ހިންގުމުގެ ނިޒާމު އިސްލާހު ކުރާނެ ކަމަށެވެ.

"... ގާނޫނު އަސާސީ އިސްލާހު ކުރުމަށްފަހު އެކުލަވާލެވޭ ސަރުކާރުގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އެކުލަވާލެވޭނީ މަޖްލިސް ތެރެއިން. މިހެން މި ބަދަލު ގެނައުމުން ސަރުކާރުގެ މަތިބަރުކަން މާބޮޑަށް ކުޑަ ކުރެވިގެންދާނެ،" އެ މެނިފެސްޓޯގައިވެ އެވެ.

އޭގެ އިތުރުން ކޯލިޝަން މެނިފެސްޓޯގައި ވެސް ވެރިކަން ހިންގުމުގެ ނިޒާމު އިސްލާހު ކުރުމުގެ ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން "ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން" އެއީ ކުރާނެ މަސައްކަތެއްގެ ގޮތުގައި އެ މެނިފެސްޓޯގައި ލިޔެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox