ހަވާޓްޒް، ޖަރުމަނުގެ މީހުންނަށް އެހީވާން 100 ބޫޓު ވިއްކަނީ

Aug 21, 2021, 3:11 PM
ހަވާޓްޒް، ޖަރުމަނުގެ މީހުންނަށް އެހީވާން 100 ބޫޓު ވިއްކަނީ

މިއުނިކް (އޮގަސްޓް 21) - ދާދި ފަހުން ޖަރުމަނުގައި ފެންބޮޑުވުމުގެ ހާދިސާގެ ތެރެއިން ހާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން ޗެލްސީ އަށް ކުޅޭ ޖަރުމަނުގެ މިޑްފީލްޑަރު ކައި ހަވާޓްޒް ހާއްސަ ޑިޒައިނެއްގެ 100 ބޫޓު ވިއްކަން ނިންމައިފި އެވެ.

ޖަރުމަނުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި 180 މީހުން މަރުވިއިރު، އެތައް ބަޔެއް ބިކަވެ، ހާލު ޖެހުނެވެ. ފެންބޮޑުވުމުގެ ހާދިސާގައި އެންމެ ބޮޑަށް އަސަރުކުރީ ހަވާޓްޒް އުފަންވި އާކެން ސިޓީ ހިމެނޭ ސަރަަހައްދާ އެކު ނޯތުރެއިން-ވެސްޓަފާލަން އަށެެވެ.

ޗެލްސީ އަށް މިދިޔަ މެއި މަހު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ގޯލު ޖެހި ހަވާޓްޒް، 22، ވަނީ ހާލުގައި ޖެހުނު މީހުންނަށް އެހިވާން ޖަރުމަނު ރެޑް ކްރެސެންޓަށް 240،000 ޑޮލަރު ދީފަ އެވެ. މީގެ އިތުރުން 100 ބޫޓު ވިއްކާ ކެމްޕެއިން އިޝްތިހާރު ކުރުމުގެ ގޮތުން މާދަމާރޭ، އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި އާސެނަލް ކުޅޭ މެޗުގައި ހާވާޓްޒް ބޭނުންކުރާނީ އެ ހާއްސަ ބޫޓެވެ.

އެ ބޫޓު ޑިޒައިން ކޮށްފައިވަނީ ނޯތުރެއިން-ވެސްޓަފާލަންގެ ދިދައިގެ ކުލަތައް ހިމެނޭ ގޮތަށެވެ. އެއީ ފެއްސާއި ރަތާއި ހުދު ކުލައިންނެވެ.

ހަވާޓްޒް ބުނީ މި ބޫޓު ގަންނަން ޖެހޭ ސަބަބަކީ ފެންބޮޑުވުމުގެ ހާދިސާގައި ހުރިހާ އެއްޗެއް ގެއްލުނު މީހުންނަށް އެހީތެރިވެ، މި ކަމުގައި ބައިވެރިވިކަމުގެ ނިޝާނެއް އަތުގައި ރައްކާކުރުމުގެ ގޮތުން ކަމަށެވެ.

"އަހަރެންގެ އާއިލާ ދިރިއުޅެނީ އެ ތަނުގައި. މި ދިމާވި ހާދިސާއަށް ފަހު ގިނަ ބަޔަކު ވަންނާނެ ގެޔެއް ނެތް. އެ ތަނުގައި އެބައުޅޭ ނިދާލާނެ ތަނެއް. ގޭގައި ކަރަންޓެއް ނެތް، ލާނެ އަންނައުނެއް، ކާނެ އެއްޗެއް ނެތް. މިއީ އެ މީހުންނަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށްދޭންވީ ވަގުތު،" ޖަރުމަނު ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ހަވާޓްޒް ބުންޏެވެ.

ބަޔާ ލެވަކޫސަން ދޫކޮށް މިދިޔަ އަހަރު 95 މިލިއަން ޑޮލަރަށް ޗެލްސީ އަށް ބަދަލުވި ހަވާޓްޒް ބުނީ އޭނާ މި ފެށި ކެމްޕެއިންގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ކުޑަކުރަން ހިންގޭ އެކި ޕްރޮގްރާމްތަކަށް ވެސް ފުރުސަތު އެބައޮތް ކަމަށެވެ. އަދި މުސްތަގުބަލުގައި މި ފަދަ ކަންކަމުގައި އޭނާގެ އެހީތެރިކަން ލިބޭނެ ކަމަށް ހާވާޓްޒް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox