ޓޮޓެންހަމް ބަލިވިއިރު، މޮރީނިއޯގެ ރޯމާ ފެށީ މޮޅަކުން

Aug 20, 2021, 3:22 AM
މެޗުގެ ތެރެއިން މޮރީނިއޯ (މ).

މެޗުގެ ތެރެއިން މޮރީނިއޯ (މ).

ލިޒްބަން (އޮގަސްޓް 20) - ޔުއެފާ ކޮންފަރެންސް ލީގުގެ ޕްލޭއޮފްގައި ޕޯޗުގަލްގެ ޕަކޯސް ޑި ފެރެއިރާ އަތުން 1-0 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިވިއިރު، އެ ޓީމަށް މިދިޔަ އަހަރު ކޯޗުކޮށްދިން ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ރޯމާ ކުޅުނު ރަސްމީ ފުރަތަމަ މެޗުން ތުރުކީގެ ޓްރަބްޒޯންސްޕޯ އަތުން 2-1 އިން މޮޅުވެއްޖެ އެެވެ.

ކޮންފަރެންސް ލީގަކީ މި ސީޒަނުގައި ޔުއެފާ އިން މުޅިން އަލަށް ފެށި މުބާރާތެކެވެ. އެ މުބާރާތަކީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގަށް ފަހު ޔުއެފާގެ ތިން ވަަނަ ފަންތީގެ މުބާރާތެެވެ.

ޓޮޓެންހަމް އިން އެ ޓީމުގެ މުޅި ފުރަތަމަ އެގާރަ އަށް ބަދަލު ގެނެސްގެން ކުޅުނު ރޭގެ މެޗުގައި އެ ޓީމަށް ޕަކޯސްގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވެ އެވެ. މި މެޗުގައި ޕަކޯސްގެ ހަމައެކަނި ގޯލު ޖެހީ ލޫކަސް ސިލްވާ އެވެ.

ވުލްވްސްގެ އާ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯގެ ކޯޗުކަމުގައި އެ ޓީމުން ނުކުތް ވާދަވެރި ފުރަތަމަ މެޗުގައި ޕްރިމިއާ ލީގުގައި ވަނީ 1-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފަ އެވެ. ދެ ވަަނަ މެޗުން ރޭ ބަލިވިއިރު، ނޫނޯ ބުނީ ޕަކޯސް ކައިރީގައި ބޭނުންވި ގޮތަށް ނުކުޅެވުނު ކަމަށާއި އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުން ނަތީޖާ އަނބުރާލެވޭނެ ކަމަށެވެ.

ޕޯޓޯ އާއި އިންޓަ މިލާން ގޮވައިގެން ޗެމްޕިއަންސް ލީގާއި މެންޗެސްޓާ ޔުނައިޓެޑަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިން މޮރީނިއޯ ރޯމާއާ ހަވާލުވެ، އެ ޓީމުގެ ކަންކަން ބަދަލުކުރަން މަސައްކަތް ކުރަމުން އަންނައިރު، ޓްރަބްޒޯންސްޕޯ އަތުން ލިބުނީ މުހިއްމު މޮޅެކެވެ.

ކެޕްޓަން ލޮރެންޒޯ ޕެލެގްރީނީ ރޯމާ އަށް ލީޑުނަގައިދީފައިވަނިކޮށް ޓްރަބްޒޯންސްޕޯ އަށް އެއްވަރުކޮށްދިނީ އަންޑްރެއަސް ކޮނީލިއަސް އެވެ. ރޯމާ މޮޅުކޮށްދިން ގޯލު ޖެހީ އުޒްބެކިސްތާން ފޯވާޑް އެލްޑޯ ޝޮމުރޯޑޯފް އެވެ.

އިޓާލިއަން ލީގު މި ހަފްތާ ބަންދުގައި ފަށާއިރު ރޯމާ ކުޅޭނީ ފިއޮރެންޓީނާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox