ރައީސްގެ ކޮޅުމަޑުލު ދަތުރު: "ދެން އޮތީ ހައްލުތައް ގެނައުން"

Aug 19, 2021, 4:53 PM
ރައީސް ދަތުރު ނިންމަވާލެއްވުމަށް ފަހު މާލެ އައުމަށް މޯލްޑިވިއަންގެ ބޯޓަކަށް އަރާވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ދަތުރު ނިންމަވާލެއްވުމަށް ފަހު މާލެ އައުމަށް މޯލްޑިވިއަންގެ ބޯޓަކަށް އަރާވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ކޮޅުމަޑުލުގެ ހަތް ރަށަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރު މިރޭ ނިންމައިލެއްވިއިރު ދެން އޮތީ ރަށްރަށުން ރައީސްގެ ނޯޓުފޮތަށް އެރި މައްސަލަތަކާއި ކަންބޮޑުވުންތައް ހައްލުކުރުމުގެ ބުރަ މަސައްކަތް ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ރައީސްގެ ދަތުރުގައި ޒިޔާރަތްކުރެއްވީ ތ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން ތިމަރަފުށި، ކިނބިދޫ، ވޭމަންޑޫ، ވަންދޫ، އޮމަދޫ، ކަނޑޫދޫ އަދި ގާދިފުއްޓަށެވެ.

މަބްރޫކް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ މާނަހުރި ތަޖުރިބާއެއް ކަމަށާއި އަދި ހަމަ އެހެންމެ މިއީ ކަންކަން ދަނެގަތުމަށް ލިބިވަޑައިގެންނެވި ފުރުސަތެއް ކަމަށެވެ.

"ކުރިއަށްދާން ބަލާއިރު، އަޅުގަނޑުމެން ދަތުރުކުރި ކޮޅުމަޑުލުގެ ހަތް ރަށުން ފާހަގަކުރެވުނު މައްސަލަތަކާއި ކަންބޮޑުވުންތައް ހައްލުކުރުމުގައި ދެން އޮތީ ބުރަ މަސައްކަތެއް،" މަބްރޫކް ވިދާޅުވި އެވެ.

ރައީސްގެ ހަ ވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ކަނޑޫދޫ ކުރެއްވި ޒިޔާރަތުގައި އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ އެކު ބޭއްވެވި ބައްދަލުވުމުގައި، މެމްބަރުން ވަނީ މިދިޔަ 15 އަހަރު ނުހިންގާ މަޝްރޫއު މި ސަރުކާރުން ހިންގަމުން އަންނަކަން ފާހަގަކޮށް ޝުކުރުއަދާކުރައްވައިފަ އެވެ. އެ ރަށުގައި މިހާރު ވެސް ނުވަ ވަރަކަށް ޕީއެސްއައިޕީ ޕްރޮޖެކްޓް އެކި މަރުހަލާތަކުގައި ކުރިޔަށް އެބަދެ އެވެ.

ރައީސް ވޭމަންޑޫ ސްކޫލުގެ ދަރިވަރަކާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
ރައީސް ވޭމަންޑޫ ސްކޫލުގެ ދަރިވަރަކާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ވޭމަންޑޫ ސްކޫލުގެ ދަރިވަރަކާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ އެ ރަށުގެ ފެނާއި ނަރުދަމާގެ ތަފްސީލީ ފަރުމާ ނިމިފައިވާކަމަށާއި، އިދާރީ އިމާރާތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި އަދި މިހާރު މި މަޝްރޫއުގައި ކުރިޔަށްދަނީ ހޮޅިވަޅުލުމުގެ މަސައްކަތް ކަމަށެވެ. އަދި ބަނދަރުގައި މިހާރު ކުރިޔަށް ދަނީ އީއައިއޭ ހެދުމުގެ މަސައްކަތް ކަމަށާއި ސިއްހީ މަރުކަޒުގެ އަޕްގްރޭޑިން ގެ މަސައްކަތް އޮތީ ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށާއި އަދި ރަށްގިރުމުގެ މައްސަލައިގައި ކަމާގުޅޭ މިނިސްޓްރީއިން ހަދަންޖެހޭ އެސެސްމަންޓް ހައްދަވާނެކަމުގެ މައުލޫމާތު ވެސް ރައީސް ދެއްވި އެވެ.

ރައީސް ވަނީ މި ދަތުރުގައި އެ ހަތް ރަށުގެ އާއްމުންނާއި ކައުންސިލް މެމްބަރުންނާއި މަސްވެރިންނާއި ވިޔަފާރިވެރިންނާއި ދަރިވަރުންނާއި ފުލުހުން އަދި ސިއްހީ ހިދުމަތްތެރިންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް ވެސް އައްސަވައިފަ އެވެ.

މީގެ އިތުރުން އޮމަދޫ ބަނދަރު ހުޅުވައިދެއްވައި އަދި ތިމަރަފުށީގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އިފްތިތާހުކޮށްދެއްވި އެވެ.

ރައީސްގެ މި ދަތުރުގައި ޖުމްލަކޮށް މަޝްވަރާކުރެވުނު ކަންކަންކަމުގެ ތެރޭގައި ކަނޑުތޮށި ހިމާޔަތްކުރުމާއި، ސިއްހީ ވަސީލަތްތައް ތަރައްގީކުރުމާއި، ޓޫރިޒަމް ތަރައްގީކުރުމާއި، ބަނދަރާއި މަގުތަކާއި ހައުސިން ޕްރޮޖެކްޓްތައް ހިންގުން ހިމެނެ އެވެ. މީގެ އިތުރުން ކުޅިވަރުގެ ވަސީލަތްތަކާއި ބެހޭގޮތުންނާއި ތާރީހީ ސަގާފީ ތަރިކަތައް ހިމާޔަތްކުރުމުގެ މަޝްވަރާތައް ވެސް ބޭއްވެވި އެވެ.

މީގެ އިތުރުން އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން، އެ ޕާޓީގެ އާއްމު މެމްބަރުންނާ ވެސް ބައްދަލުކުރެއްވެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox