ޕްލޭން ކާމިޔާބު، ނުކުތީ މާޒިޔާ ބަލިކުރަން: އޮސްކާ

Aug 19, 2021, 3:24 AM
ބަޝުންދަރާގެ ކޯޗު އޮސްކާ ބްރުޒޮން: އޭނާ ވަނީ މާޒިޔާ އަތުން މޮޅުވެވުނީ ރަނގަޅު ޕްލޭނެއް އޮތުމުން ކަމަށް ބުނެފައި.-- ފޮޓޯ: އޭއެފްސީ

ބަޝުންދަރާގެ ކޯޗު އޮސްކާ ބްރުޒޮން: އޭނާ ވަނީ މާޒިޔާ އަތުން މޮޅުވެވުނީ ރަނގަޅު ޕްލޭނެއް އޮތުމުން ކަމަށް ބުނެފައި.-- ފޮޓޯ: އޭއެފްސީ

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ ފުރަތަމަ މެޗުގައި ރޭ ރާއްޖޭގެ މާޒިޔާއާ ދެކޮޅަށް ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް ނުކުތީ ބޯޅަ ހިފަހައްޓައިގެން މާ މޮޅު ކުޅުމެއް ދެއްކުމުގެ ބަދަލުގައި ނަތީޖާ ނެރެ މާޒިޔާ ބަލިކުރަން ކަމަށް ބަޝުންދަރާގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

ރާއްޖޭގެ ނިއު ރޭޑިއަންޓް ގޮވައިގެން ކާމިޔާބު އަހަރެއް ހޭދަކުރި އޮސްކާގެ ބަޝުންދަރާ އިން ރޭ 2-0 އިން މާޒިޔާ ބަލިކުރިއިރު، ބަޝުންދަރާގެ ރޭވުންތެރިކަން ރޭގެ މެޗުގައި ވަރަށް ރަނގަޅަށް ފެނިގެންދިޔަ އެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ފާހަގަކުރި އެއް ކަމަކީ މާޒިޔާގެ ޑިފެންސްލައިން އެންމެ ވަރުގަދަ ނޫން ކަމަށާއި ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް އެޓޭކްގައި ތިބި ބަޝުންދަރާ އަށް ފައިދާތަކެއް ކަމަށެވެ.

މާޒިޔާ ކައިރީގައި ރޭ ބަޝުންދަރާ އިން ނެގީ އެ ފައިދާތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޮސްކާ ބުނީ މާޒިޔާ ފަހަތް ބަލި ކަމަށް ނުބުނާ ކަމަށާއި އެކަމަކު ކުރިއަށް ޖެހިގެން ކުޅޭ ވަގުތުގައި މާޒިޔާ ފަހަތުން އެ ލިބޭ ޖާގަތަކުގެ ބޭނުން ހިފޭނެކަން އެނގޭތީ އެ އަށް ތައްޔާރުވި ކަމަށެވެ.

"އަހަރެމެންނަށް އެނގޭ އެޓޭކް ޓްރާންސިޝަންތަކުގައި މާޒިޔާގެ ފަހަތުން އެ ޖާގަ ލިބޭނެކަން. އެހެންވެ އެ އަށް ތައްޔާރުވިން. އެކަމަކު، މި މެޗުގައި އަހަރެމެން މޮޅުވުމުގައި ބިދޭސީ ކުޅުންތެރިން އެންމެ މުހިއްމީ. ދެން އަހަރެމެން 90 މިނިޓް ވަންދެން އެ ކުޅެމުންދިޔަ ފޯމޭޝަން ރޫޅާނުލައި ފޯކަސްކޮށްގެން ކުޅެގެން މި ނަތީޖާ މި ނެރުނީ،" އޮސްކާ ބުންޏެވެ.

"މިއީ އަހަރެމެން (ބަޝުންދަރާ އިން) ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅުމަށް ވުރެ ނަތީޖާ ނެރެން ބޭނުންވާތީ އެ އަށް ފޯކަސް ކޮށްގެން ކުޅުނު މެޗެއް. އެކަން ކުރެވުނު. ލޯކަލް މެޗުތަކުގައި ބޯލް ޕޮސެޝަން އަށް ވިސްނައިގެން ކުޅުނަސް މިއީ އޭޝިއާ ލެވަލްގެ ބޮޑު މުބާރާތެއް. މީގެ ނަތީޖާ ނެރުން މުހިއްމު،"

ބަޝުންދަރާ މޮޅުކޮށްދިނުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ ތިން ކުޅުންތެރިންނަކީ އެ ޓީމުގެ ކުރިއަށް ކުޅުނު ބްރެޒިލްގެ ފޯވާޑް ރޮބީނިއޯގެ އިތުރުން އާޖެންޓީނާގެ ފޯވާޑް ރައުލް ބަސޭރާ އަދި ބްރެޒިލްގެ މިޑްފީލްޑަރު ފެނާންޑޭސް އަށެވެ. އަދި ބަޝުންދަރާގެ ފަހަތުގައި ކުޅުނު އީރާން ޑިފެންޑަރު ހާލިދު ޝާފީ ވެސް ފަހަތް އޮގަނައިޒްކޮށް ބާއްވަން ތަފާތު ދެއްކި އެވެ. އޮސްކާ ވެސް ވަނީ އެކަން ފާހަގަކޮށްފަ އެވެ.

މާޒިޔާ އާއި ބެންގަލޫރަށް އަށް ވެސް ފުރުސަތު އެބައޮތް: އޮސްކާ

މި ގްރޫޕްގެ ފުރަތަމަ މެޗުން އިއްޔެ ހަވީރު އިންޑިއާގެ އޭޓީކޭ މޯހަން ބަގާން ވަނީ 2-0 އިން އެ ގައުމުގެ ބެންގަލޫރު ބަލިކޮށްފަ އެވެ. ބަޝުންދަރާ ރޭ މޮޅުވިއިރު، އެ ދެ ޓީމަށް އަމިއްލަ ބާރުގައި ގްރޫޕް އެއް ވަނަ ހޯދުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އަނެއް ބުރުން ފުރުސަތު ލިބޭނީ ގްރޫޕްގެ އެއް ވަނަ ހޯދާ ޓީމަށް އެކަންޏެވެ. އޮސްކާ ބުނީ އެ ފުރުސަތު އަދި ބެންގަލޫރާއި މާޒިޔާ އަށް ވެސް އެބައޮތް ކަމަށެވެ.

"މި ވަގުތަށް ބަލާއިރު އަހަރެމެންނާއި އޭޓީކޭ އަށް މި އޮތް ހިތްހަމަޖެހުމަކީ އެންމެ ފަހު ވަގުތާ ހަމައަށް އަމިއްލަ ބާރުގައި އެއް ވަނަ ހޯދޭނެ ޖާގަ އޮތުން. މިސާލަކަށް ދެ ވަނަ މެޗުގައި ބެންގަލޫރާއި މާޒިޔާ މޮޅުވެއްޖެނަމަ އެ އަންނަނީ ތަފާތު ހާލަތެއް. މިއީ ގްރޫޕް ސްޓޭޖެއް ގޮތަށް އޮތް ކަމުގައި ވިޔަސް ޕްލޭއޮފް ސްޓައިލަށް ކުޅެން ޖެހޭ ތިން މެޗު. އެއް މެޗުން ބަލިވިޔަސް އެ ދަނީ ވަރަށް އުނދަގޫ ހާލަތަކަށް،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ މާޒިޔާ ކޮޅަށް ފުރަތަމަ ވަން ގޯލާ އެކު ބަޝުންދަރާ އަށް ފަސޭހަތަކެއް ވެގެންދިޔަ ކަމަށާއި ދެ ވަނަ ހާފަށް ނުކުތީ އިތުރު ގޯލުތަކެއް ޖަހައި ފުރަތަމަ މެޗު ނިމޭއިރު ގްރޫޕްގެ އެއް ވަނަ ހޯދުމަށް ކަމަށެވެ. އެކަަަން އެގޮތަށް ނުވީ މާޒިޔާ ދެ ވަނަ ހާފްގައި ރަނގަޅަށް ކުޅުމުންކަން އޮސްކާ ފާހަގަކުރި އެވެ.

"ތެދެއް އަހަރެން ބުނިން ދެ ވަނަ ހާފްގައި އިތުރު ގޯލު ޖަަހަން. އެކަމަކު އަހަރެމެން މާޒިޔާ އަށް އިހުތިރާމް ކުރަން ޖެހޭ. މާޒިޔާ އަކީ ވަރަށް މޮޅު ޓީމެއް. މީގެ ދެ އަހަރު ކުރިން އަހަރެން ރާއްޖޭގައި ހުރިއިރާ މިހާރު މާޒިޔާ ކުޅޭ ލެވަލް މުޅިން ތަފާތު. އަހަރެމެން މާޒިޔާ އަށް ވުރެ މާ މޮޅެއް ނޫނަސް މި މެޗުގައި އަހަރެމެންނަށް ނަތީޖާ ލިބުނީ ރަނގަޅު ބިދޭސީ ކުޅުންތެރިންނާއި ޕްލޭނެއްގެ އެޑްވާންޓޭޖުން،" އޮސްކާ ބުންޏެވެ.

އޮސްކާ ވަނީ މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް އެ ޓީމު ލައްވައި ރަނގަޅު ފުޓްބޯޅައެއް ކުޅުވަން އުޅޭތީ އެއީ ފާހަަގަކުރަން ޖެހޭ ކަމެއް ކަމަށް ބުނެފަ އެވެ.

ރޭގެ މެޗަކީ ބަޝުންދަރާ އިން އޭއެފްސީ ކަޕްގައި ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގައި ކުޅުނު މެޗުން ރާއްޖޭގެ ޓީސީ އަތުން ބަޝުންދަރާ މޮޅުވީ 5-1 އިންނެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކޮށްލުމުން ޓީސީ މެޗަށް ފަހު ބަޝުންދަރާ އޭއެފްސީ ކަޕްގެ މެޗެއް ނުކުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox