"ކައިޓް ރަނާ" ގެ ލިޔުންތެރިޔާ ގޮވާލަނީ އަފްގާންގެ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް!

"ކައިޓް ރަނާ" ގެ ލިޔުންތެރިޔާ ގޮވާލަނީ އަފްގާންގެ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް!

އަފްގާނިސްތުގައި ދިރިއުޅެމުންދާ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އެކަށީގެންވާ ގާނޫނީ ފިޔަވަޅުތަކެއް އަޅައިދިނުމަށް އަފްގާނިސްތާނަށް އުފަން އެމެރިކާގެ މަޝްހޫރު ވާހަަކަ ލިޔުންތެރިޔާ ޚާލިދް ހުސެއިނީ ގޮވާލައިފި އެވެ.

އަފްގާނިސްތާނުގެ ހާލަތު ފަސް މަންޒަރުން ފެންނަ ދެ ވާހަކަ ކަމަށްވާ "ކައިޓް ރަނާ" އަދި "އަ ތައުޒަން ސްޕްލެންޑިޑް ސަންސް" ލިޔެ އެ ވާހަކަތަކުގެ ޒަރިއްޔާ އިން ގައުމުގެ ހާލަތު ދުނިޔެ އަށް ކިޔައިދީފައިވާ ހުސެއިނީ ބުނީ "އަފްގާނިސްތާނުގެ ހާލަތާ މެދު ވަރަށް ކަންބޮޑުވެ ހިތާމަކުރާ" ކަމަށެވެ.

ތާލިބާނުން 20 އަހަރަށް ފަހު އަފްގާނިސްތާން ހިފާފައިވާއިރު ގިނަ ގައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން އަންނަނީ އެގައުމުގެ އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް ބާރުއަޅާ ގޮވާލަމުންނެވެ. އެމެރިކާ ސިފައިން 2001 ވަނަ އަހަރު އަފްގާނިސްތާނަށް އަރައި އުފައްދައިދިން ސަރުކާރުން އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކޮށް، އ.ދ ގެ ރެފިއުޖީންނާއި ގުޅޭ ހާއްސަ ކޮމިޝަން ޔޫއެންއެޗްސީއާރްގެ ގުޑްވިލް އެމްބެސެޑަރުކަން ވެސް ކޮށްފައިވާ ހުސެއިނީ ބުނީ މިއަދު އަނެއްކާ ވެސް ކުރީގެ ބިރުވެރިކަން އައިސްފައިވާކަމަށެވެ.

ތާލިބާނުން މީގެ ކުރިން އެ ގައުމުގައި ވެރިކަން ކުރިއިރު، ތައުލީމު ހާސިލްކުރުމުންނާއި ވަޒީފާއަދާކުރުމުގެ ހައްގުން އަންހެނުން މަހުރޫމުކުރި އެވެ. ވެރިކަން އަނބުރާ ހޯދުމަށްފަހު ތާލިބާނުން ގެންގުޅޭނެ ސިޔާސަތުތަކާބެހޭ ގޮތުން ވާހަކަ ދައްކަމުން އެޖަމާއަތުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ބުނެފައިވަނީ އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ހައްގުތަކެއް އެޖަމާއަތުން އަފްގާން އަންހެނުންނަށް ކަށަވަރުކޮށްދޭނެ ކަމަށެވެ.

ސީބީއެސް އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ހުސެއިނީ ސިފަކުރި ގޮތުގައި ތާލިބާނުންނަކީ އިސްލާމީ ހަރުކަށި ފިކުރަށް ތަބާވާ މީހުންނެވެ. މީގެ ސީދާ އަސަރު އެންމެ ބޮޑަށް ކުރި ބަޔަކީ އަންހެނުން ކަމަށާއި އަންހެނުން އޭރު ދިރިއުޅެމުންދިޔައީ އަމިއްލަ ފަސްގަނޑުގައި ގައިދީންގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.

ސޯވިއެޓް ޔޫނިއަނުން 1979 ވަނަ އަހަރު އަފްގާނިސްތާން ހިފިއިރު ހުސެއިނީ ދިރިއުޅެމުން އައީ ފްރާންސުގެ ޕެރިރަށް ޕެރިހުގަ އެވެ. އޭނާގެ ބައްޕަ އަކީ ޕެރިހުގައި ހުންނަ އަފްގާނިސްތާން އެމްބަސީގެ މުވައްޒަފެކެވެ. ސޯވިއެޓުން އެރުމުން ހުސެއިނީގެ އާއިލާ އިން އެމެރިކާ އިން ސިޔާސީ ހިމާޔަތް ހޯދީ އެވެ. އެ ގައުމުގައި ކިޔަވައި އޭނާ ފުރަތަމަ މަސައްކަތްކުރީ އެތެރެހަށީގެ ޑޮކްޓަރެއްގެ ގޮތުގަ އެވެ. އެކަމަކު "ކައިޓް ރަނާ" ގެ ކާމިޔާބީއާ އެކު ފުލް ޓައިމް ލިޔުންތެރިޔަކަށްވީ އެވެ.

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox