ހިޔާ މަޝްރޫއަކީ ރާއްޖޭގެ އެންމެ ބޮޑު ހިޖުރަކުރުމެވެ. ފްލެޓް ލިބިފައިވާ އެތައް ބައެއްގެ ބޯހާސްވުމަކީ ފަރުނީޗަރު ހޯދުމާއި އެހެން މަސައްކަތްތައްކަށް އަދި ބޭނުންވާ ތަކެތި ހޯދަން ބޮޑު ހަރަދެއް ކުރަންޖެހުމެވެ.
ހާސް ނުވާށެވެ. ހައްލަކީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީއެވެ.
މި ސްކީމުން ހިޔާ ފްލެޓަށް ފަރުނީޗަރާއި ދޮންނަ މެޝިނާއި އައިސް އަލަމާރި، އެއާ ކޮންޑިޝަން، ކޮންސްޓްރަކްޝަން ސާމާނު (ޓައިލްސް، ސިމެންތި، ކުލަ ފަދަ ސާމާނު)، ބަދިގެ ސެޓް ހެދުން، އަދި ގޭގައި ހިފާ ގެންގުޅޭ ސާމާނު ހޯދޭނެ އެވެ. ބޭނުންނަމަ ޓައިލްސް ޖެހުމުގެ ހަރަދުވެސް އިންސްޓަލޭޝަން ޗާޖުގެ ގޮތުގައި ނެގިދާނެއެވެ.
ހިޔާ ފްލެޓް ފުރިހަމަކުރުމަށް "އުޖާލާ ދިރިއުޅުން"
- 400،000 ރުފިޔާއާ ހަމައަށް މުދާ ނެގޭ
- 18 އަހަރުން މަތިވުމުން ޝަރުތު ހަމަވޭ
- 18 މަހާއި 48 މަހުގެ މުއްދަތަކަށް ބަހާލައިގެން ފައިސާ ދެއްކޭ
އިމާރާތް ފަދަ ތަންތަން ކުއްޔަށް ދީގެން ކުލި ލިބޭ ފަރާތްތަކަށް ވެސް އުޖާލާ ދިރިއުޅުން ފެސިލިޓީއަށް ޝަރުތު ހަމަވެ އެވެ. އަދި އެ ބޭންކަށް މުސާރަ ޖަމާކުރާ ފަރާތްތަކަށް ހާއްސަ އަގުތަކެއް ވެސް ލިބެއެވެ.
މި ސްކީމުން މުދާ ނެގުމަށް އެމްއައިބީގައި ކޮންމެހެން އެކައުންޓެއް އޮންނާން ނުޖެހެ އެވެ. އެހާވެސް ފަސޭހަ އެވެ. އެމްއައިބީ ގަބޫލުކުރާ އޮފީހެއްގައި ނުވަތަ ތަނެއްގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ތަކެތި ނެގޭނެ އެވެ. އެ ތަކެއްޗަށް މަހަކު ޖެހޭ ވަރު މުވައްޒަފުގެ މުސާރައިން ކަނޑުމަށް ފަހު އެ ފައިސާ ބޭންކަށް ދައްކަމުން ދާނީ މުސާރަ ދޭ ފަރާތުންނެވެ.
މި ސްކީމުގެ ލިމިޓް އުޅެނީ 25،000 ރުފިޔާއިން ފެށިގެން 400،000 ރުފިޔާއާ ހަމައަށެވެ.
ޝަރުތު ހަމަވާނަމަ ފޯމް ހުށަހަޅައި އެޕްރޫވަލް ލިބޭތާ ހަ މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ހަމައެކަނި ކޯޓޭޝަނާއެކު ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ގަނެވޭނެ ގޮތް ހަމަޖެހެ އެވެ. ލިމިޓް ހަމަނުވިޔަސް، ހާސް ނުވާށެވެ. ފައިސާ ދައްކަން ޖެހޭނީ ނެގި އަދަދުން މަހަކަށް ޖެހޭ ވަރެވެ.
އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް ގިނަ ފިހާރަތަކަކުން މުދާ ނެގޭނެ އެވެ.










