ނިއުކްލިއާ ޕްރޮގްރާމް ހިންގަނީ ސުލްހަވެރި ބޭނުންތަކަށް: އިރާން

އިރާނުގެ ކުރީގެ ރައީސް ހަސަން ރޫހާނީ ނިއުކްލިއާ ފެސިލިޓީއެއްގައި.-- ފޮޓޯ: އޭޕީ

އިރާނުގެ ކުރީގެ ރައީސް ހަސަން ރޫހާނީ ނިއުކްލިއާ ފެސިލިޓީއެއްގައި.-- ފޮޓޯ: އޭޕީ

ތެހްރާން، އިރާން (އޯގަސްޓު 18) - ޔުރޭނިއަމް މުއްސަނދި ކުރުން އަވަސް ކުރެވޭނެ ގޮތެއް އިރާނުން ހޯދާފައިވާ ކަމަށް އދ. ގެ ރިޕޯޓަކުން ބުނެފައި ވަނިކޮށް، އެކަން ކުރަނީ ސުލްހަވެރި ބޭނުންތަކަށް ކަމަށް އިރާނުން ބުނެފި އެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ ޑިރެކްޓަރު ރަފައެލް ގްރޮސީ މެމްބަރު ގައުމުތަކަށް އެންގެވި ގޮތުގައި ނަތާންޒް ނިއުކްލިއާ ފެސިލިޓީގައި ހަކުވިކަމާ އެކު ޔުރޭނިއަމް މުއްސަނދި ކުރެވޭނެ ގޮތް ވަނީ ހަދައިފަ އެވެ.

"އިރާނުގެ ހުރިހާ ނިއުކްލިއާ ޕްރޮގްރާމަކާއި ހަރަކާތެއް ވެސް ހިންގަނީ ނަން ޕްރޮލިފެރޭޝަން ޓްރީޓީ އާ އެއް ގޮތަށް،" އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސައީދު ކާތިބްޒާދޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އައިއޭއީއޭ އިން ބުނީ 60 ޕަސެންޓަށް ޔުރޭނިއަމް މުއްސަނދި ކުރެވޭނެ ގޮތެއް ނަތާންޒް ފެސިލިޓީގައި ގާއިމްކުރީ ދެ ސެންޓްރިފިއުޖްގެ އެހީގައި ކަމަށެވެ.

އިރާނުން މިދިޔަ އޭޕްރިލް މަހުން ފެށިގެން 60 ޕަސެންޓަށް ޔުރޭނިއަމް މުއްސަނދު ކުރަމުން ދިޔަ ނަމަވެސް، އޭރު ބޭނުން ކުރީ އެންމެ ސެންޓްރިފިއުޖެކެވެ.

އިރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ މަސައްކަތްތައް އަލުން ހަލުވިކުރީ އެކަމާ ގުޅޭ އެއްބަސްވުމަށް އަމަލު ނުކުރާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 2019 ވަނަ އަހަރު އިއުލާނު ކުރުމުންނެވެ.

ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަންގެ ނަމުން 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުގެ ދަށުން އިރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ މަސައްކަތްތައް މަޑު ޖައްސާލުމުން، އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމި އެވެ.

ނަމަވެސް އެމެރިކާ އިން އެއްބަސްވުމަށް އަމަލު ނުކުރާނެ ކަމަށް ބުނެ، އަލުން ދަތި ކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަން ފެށި އެވެ.

އެ އެއްބަސްވުން އަލުން ތަންފީޒު ކުރުމުގެ ގޮތުން އިރާނާއި ދުނިޔޭގެ ބާރުގަދަ ގައުމުތަކާ ދެމެދު މިދިޔަ އޭޕްރިލް މަހުން ފެށިގެން ހަ ފަހަރެއްގެ މަތިން ވަނީ މަޝްވަރާތައް ބާއްވާފަ އެވެ.

ބައްދަލުވުންތަކުގައި އެމެރިކާ އިން ވެސް ނުސީދާކޮށް ބައިވެރިވެ އެވެ. މަޝްވަރާގެ އެންމެ ފަހުގެ ބައްދަލުވުން ބޭއްވީ ޖޫން 20 ގަ އެވެ. އިތުރު ބައްދަލުވުމެއް ބާއްވާނެ ތާރީހެއް އިއުލާނުކޮށްފައި ނުވާއިރު، މަޝްވަރާތަކުން މާ ބޮޑު ކުރިއެރުމެއް ލިބޭ ކަމަކަށް ނުފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox