ރައްޔިތުންގެ އަތުން ލިބޭ ފައިދާ ރައްޔިތުންނަށް

ރައްޔިތުންގެ އަތުން ލިބޭ ފައިދާ ރައްޔިތުންނަށް

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

އެއް ދުވަހަކު ޢުމަރުގެފާނު ރަށުތެރޭގެ ޙާލަތު ބައްލަވަމުން ވަޑައިގަންނަވަނިކޮށް، އެހެން ޖަމަލުތަކަށް ވުރެ ސަމައްތަރުހެޔޮ ޖަމަލެއް ފެނިވަޑައިގަތެވެ. ދެން އެކަލޭގެފާނު އެ ޖަމަލާބެހޭ ގޮތުން ސުވާލުކުރެއްވި އެވެ. އެތާނގައި ތިބި މީހުން އެކަލޭގެފާނުގެ އަރިއަހުގައި ދެންނެވި އެވެ.

"މިއީ ކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ ބްނު ޢުމަރުގެ ޖަމަލެކެވެ."

ދެން ޢުމަރުގެފާނު، އެކަލޭގެފާނުގެ ދަރިކަލުން އެތަނަށް ހާޒިރުކޮށްދިނުމަށް އެދިވަޑައިގަތެވެ.

އެކަލޭގެފާނުގެ ދަރިކަލުން، ޢަބްދުﷲ ހާޒިރުވެވަޑައިގެންނެވުމުން، އެއްސެވި އެވެ.

"ދަރިކަލުންނޭވެ! މިއީ ކާކުގެ ޖަމަލެއްތޯ އެވެ؟ އެހެން ޖަމަލުތަކަށްވުރެ މި ޖަމަލު ސަމައްތަރުހެޔޮވީ ކީއްވެތޯ އެވެ؟"

ޢަބްދުﷲ ދެންނެވި އެވެ.

"މިއީ، ތިމަންކަލޭގެފާނުގެ ޖަމަލެކެވެ. ތިމަންކަލޭގެފާނު މި ޖަމަލު ބައްލަވައިގަތްއިރު، މިއީ ނިކަމެތި ޖަމަލެކެވެ. ދެން ތިމަންކަލޭގެފާނު، އެހެން މީހުން ފަދައިން މި ޖަމަލަށް ކާންދެއްވައި ބެލެހެއްޓެވީމެވެ. އެކަމުގެ ސަބަބުން މި ޖަމަލު ސަމައްތަރުހެޔޮވީ އެވެ. އަދި އެހެން މީހުން ފަދައިން މި ޖަމަލުން ވިޔަފާރިކުރައްވައި ނަފާ ހޯއްދަވަމެވެ."

ޢުމަރުގެފާނު ވިދާޅުވި އެވެ.

"މީހުންނަށް މި ޖަމަލު ފެނުމުން، އެ މީހުން ބުނެނޫޅޭތޯ އެވެ؟

މިއީ އަމީރުލްމުއުމިނީންގެ ދަރިކަލުންގެ ޖަމަލެކެވެ. މިއަށް ކާންދޭށެވެ!

މިއީ އަމީރުލްމުއުމިނީންގެ ދަރިކަލުންގެ ޖަމަލެކެވެ. މިއަށް ފެންދޭށެވެ!"

ޢަބްދުﷲ ދެންނެވި އެވެ.

"މި ޖަމަލު ފެނުމުން، މީހުން ޢަމަލުކޮށްއުޅެނީ ތިޔަ ވިދާޅުވި ފަދައިންނެވެ."

ޢުމަރުގެފާނު ވިދާޅުވި އެވެ.

"އޭ އަމީރުލްމުއުމިނީންގެ ދަރިކަލުންނޭވެ! މި ޖަމަލު ބައްލަވައިގަތުމަށްޓަކައި ދެއްވި އަގު، މި ޖަމަލުން ލިބިވަޑައިގެންނެވި ފައިދާގެ ތެރެއިން ނަންގަވާށެވެ! އެއަށްފަހު، ބާކީހުރި އެއްޗަކާއި އަދި މި ޖަމަލުން ވިޔަފާރިކުރައްވައިގެން ލިބިވަޑައިގަންނަވާ އާމުދަނީ، މުސްލިމުންގެ ބައިތުލްމާލަށް ދައްކަވާށެވެ! އެއީ، ރައްޔިތުންގެ އަތުން ލިބޭ ފައިދާ، ރައްޔިތުންނަށް ހޭދަކުރުމަށްޓަކަ އެވެ!"

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox