ވެލިގަނޑު ރިސޯޓުގެ މަސައްކަތް ހުއްޓުވުމުން ހިތްހަމަޖެހުން، އަލުން ފަށައިފި ނަމަ މުޒާހަރާއަށް

މަޑިވަރު ފަޅު ހިމާޔަތްކުރަން ގޮވާލާ ކުރި މުޒާހަރާގެ ތެރެއިން: އެ ފަޅަކީ މީގެ ކުރިން ވެލިނެގުންވެސް މަނާ ކޮށްފައިވާ ފަޅެއް-- ފޮޓޯ: މުހައްމަދު އަރުސަލާން

މަޑިވަރު ފަޅު ހިމާޔަތްކުރަން ގޮވާލާ ކުރި މުޒާހަރާގެ ތެރެއިން: އެ ފަޅަކީ މީގެ ކުރިން ވެލިނެގުންވެސް މަނާ ކޮށްފައިވާ ފަޅެއް-- ފޮޓޯ: މުހައްމަދު އަރުސަލާން

އއ. ވެލިގަނޑު އައިލެންޑް ރިސޯޓުގެ ފަޅު ހިއްކާ މަޝްރޫއުގެ ބައެއް މަސައްކަތްތައް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިވަގުތަށް ހުއްޓުވާފައިވީ ނަމަވެސް އަލުން އެ މަސައްކަތް ފަށައިފި ނަމަ އަލުން މުޒާހަރާކުރާނެ ކަމަށް ބުނެފި އެވެ.

ކްރައުން ކޮމްޕެނީން ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓުގެ ބައެއްގެ ގޮތުގައި ހަދާފައިވާ ވެލިފިނޮޅު ބޮޑުކުރަން ފަޅު ހިއްކުމުގެ ތެރޭގައި އެ ސަރަހައްދުގެ ފަރުތަކަށާއި ހިމާޔަތް ކޮށްފައިވާ މަޑިވަރު ފަޅަށް ގެއްލުންވަމުންދާ ކަަމަށް ރަސްދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ރަށުގެ ކައުންސިލާއި އެ ރަށުގައި ޓޫރިޒަމްގެ ވިޔަފާރި ކުރާ ފަރާތްތަކާއި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ސަރަހައްދު ހިއްކާތީ ބައެއް ރަށްތަކުގެ މީހުން ވެސް ބައިވެރިވެ މުޒާހަރާތަކެއް ވެސް ކުރި އެވެ.

ފަތުރުވެރިންގެ ސްނޯކްލިން ޕޮއިންޓެއްގެ ގޮތުގައި މިހާރު ބޭނުން ކުރަމުން އަންނަ މަޑިވަރު ކައިރީ އޮންނަ ފަޅު ހިއްކާ މަޝްރޫއު ފަށާފައި ވަނީ ވެލިގަނޑު ރިސޯޓުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ކަމަށް ބުނެ އެވެ. އަދި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އުޅޭނެ ތަންތަން އިމާރާތް ކުރުން ވެސް އޭގެތެރޭގައި ހިމެނޭ ކަމަށް އެ ރިސޯޓުން ބުންޏެވެ.

މުޒާހަރާގައި އުޅުނު ބައެއް މީހުން މިއަދު "އަދަދު"އަށް ބުނީ މިވަގުތަށް ހުއްޓުވާފައި އޮތަސް އެކަން އަލުން ފަށަން ނޭދޭ ކަމަށެވެ. އެ ހުއްދަ ދީފި ނަމަ ރަށުގެ ރައްޔިތުން ތިބީ ދޫދޭގޮތަށް ނޫން ކަމަށެވެ.

އެ މީހުން ބުނާ ގޮތުގައި ފިނޮޅަށް ގެއްލުންވާ މަޝްރޫއެއް ހިންގަން ރިސޯޓުން އެދުމުން, އެކަމަށް ހުއްދަ ދިނުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.

"އަލުން މަސައްކަތަށް ހުއްދަ ދީފި ނަމަ, އަނެއްކާވެސް މި މައްސަލައިގައި ނުކުންނާނެ," ހުސެއިން އަރުސަލާން ބުންޏެވެ.

ވެލިގަނޑު ރިސޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ. -- ފޮޓޯ: ހުސެއިން އަރުސަލާން

މި މައްސަލައިގައި އީޕީއޭން ބުނީ ވެލިގަނޑު ރިސޯޓުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ސަބަބުން ރިޒޯޓުގެ ފަޅުން ބޭރަށް ސެޑިމެންޓް ޕްލޫމް ދަތުރުކޮށް، ކައިރީގައިވާ ފަރުތަކަށް ސެޑިމެންޓްގެ އަސަރު ފޯރާފައިވާކަމުގެ ޝަކުވާތައް އެ އޭޖެންސީއަށް ލިބިފައިވާ ކަމަށެވެ. ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާއެކު، އެމައްސަލަ ބަލަމުން އަންނަ ކަމަށް އީޕީއޭ އިން ބުންޏެވެ.

"އެ ސެޑިމެންޓްގެ އަސަރު ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށާއި، މަޝްރޫއުގެ ބައެއް މަސައްކަތްތައް ވަގުތީގޮތުން މަޑުޖައްސާލަން މި އެޖެންސީން ވަނީ އަންގާފައި،" އީޕީއޭ އިން ބުންޏެވެ.

މަޑިވަރު ފަޅު ސަރަހައްދު ސަރުކާރުން ހިމާޔަތް ކޮށްފައި ވަނީ އޮކްޓޯބަރު 7، 2018 ގަ އެވެ. އެ ފަހުން 2019ގައި އެ ފަޅު ކައިރި ރަށްރަށުގެ މީހުން ވިޔަފާރި އުސޫލުން ވެލިނަގައިގެން ވިއްކުމާއި އެ ރަށްރަށު މީހުން އަމިއްލަ ބޭނުމަށް މަޑިވަރު ފިނޮޅާ ދުރުން ވެލި ނެގުމުން، ވެލިގަނޑާއި މަޑިވަރާ ދޭތެރޭގެ އެއްވެސް ސަރަހައްދަކުން ވެލި ނެގުމަކީ މަނާ ކަމަށް އީޕީއޭއިން ވަނީ އެންގާފަ އެވެ.

މަޑިވަރުން ހިމާޔަތް ކޮށްފައިވާ ސަރަހައްދު-- ފޮޓޯ: ހުސެން އަރުސަލާން
މަޑިވަރުން ހިމާޔަތް ކޮށްފައިވާ ސަރަހައްދު-- ފޮޓޯ: ހުސެން އަރުސަލާން

މަޑިވަރުން ހިމާޔަތް ކޮށްފައިވާ ސަރަހައްދު-- ފޮޓޯ: ހުސެން އަރުސަލާން

އީޕޭއިން 2019 ގައި އަންގާފައިވާ ގޮތް

  • ހިކިފަސް ހިމެނޭ ފިނޮޅުފަދަ ތަންތަނުން ވެލި ނުނެގުން އެ ފަޅެއްގައި އެފަދަ ތަނެއް އޮތް ނަމަ، އެތަނަކާއި 150 ފޫޓު ދުރުން ވެލިނެގުން.
  • އެ ފަޅުގައި ހިމެނޭ ރަށެއްގެ ޝޯލައިނާއި 100 މީޓަރު ކައިރިން ފަޅުތެރެއިން ވެލި ނުނެގުން.
  • ފަރުގެ ބޭރުކައިރިން ފެށިގެން ރަށާއި ދިމާ ފަޅުތެރެއިން 100 މީޓަރު ކައިރިން ވެލިނުނެގުން.
  • ފަޅުގެ ނުވަތަ ފަރުގެ ބޭރު ތޮށިން ފެށިގެން 500 މީޓަރު ކައިރިން އެތެރެވަރިން ވެލި ނުނެގުން.
  • ފަޅުގައި މޫދުވިނަ ނުހިމެނޭ ސަރަޙައްދުތަކުން ވެލިނެގުން.

ރަސްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނާހިދު "އަދަދު" އަށް ވިދާޅުވީ ވެލިގަނޑު ރިސޯޓް ހިއްކުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާނެކަން އަންގާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ދެ ދުވަހު އެ ތަނުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޑިވަރު ކައިރީ އޮންނަ ޑައިވިން ޕޮއިންޓުތައް-- ފޮޓޯ: ހުސެން އަރުސަލާން
މަޑިވަރު ކައިރީ އޮންނަ ޑައިވިން ޕޮއިންޓުތައް-- ފޮޓޯ: ހުސެން އަރުސަލާން

މަޑިވަރު ކައިރީ އޮންނަ ޑައިވިން ޕޮއިންޓުތައް-- ފޮޓޯ: ހުސެން އަރުސަލާން

"މިހާރު ވެސް އެތަނުގެ މުރަކަތަކަށް ވަރަށް ބޮޑަށް އަސަރު ކޮށްފައި ވަނީ. ގެސްޓްހައުސްތަކުން މައުލޫމާތުދޭ ވެލި އެޅި މުރަކަތައް މަރުވެފަވާ ކަމަށް. އަދި އެތާ ކައިރީ އޮންނަ ޓާޓަލް ޕޮއިންޓަށް އަސަރުކޮށް ވަރަށް ބޮޑުތަން ޓާޓަލްސް މަދުވެފައިވާ ކަމަށް ވެސް،" ނާހިދު ވިދާޅުވި އެވެ.

އެ މަޝްރޫގެ ސަބަބުން މިހާރު ވެސް އެ ސަރަހައްދުގެ ފަރުގެ ދިރުންތަކަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށް ނާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށަށްދާ ގިނަ ޓޫރިސްޓުންނަކީ އެ ރަށާ ކައިރީގައި އޮންނަ ޑައިވިން ޕޮއިންޓުތައް ބަލާލަން ދާ މީހުން ކަމަށްވާތީ އެ ސަރަހައްދުގެ ޑައިވިން ޕޮއިންޓުތައް ހަލާކުވެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox