އިޒްރޭލް ފުލުހުން ހަމަލާދީ ފަލަސްތީނުގެ ހަތަރު މީހުން މަރާލައިފި

އިޒްރޭލް ފުލުހުން ހަމަލާ ދިނުމުން މަރުވި ފަލަސްތީނު މީހުންގެ އާއިލާތަކުން ހިތާމަ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލް ފުލުހުން ހަމަލާ ދިނުމުން މަރުވި ފަލަސްތީނު މީހުންގެ އާއިލާތަކުން ހިތާމަ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޖެނިން، ފަލަސްތީން (އޯގަސްޓު 16) - އިޒްރޭލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގައި ހުންނަ ޖެނިން ރެފިއުޖީ ކޭމްޕުގައި އިޒްރޭލު ފުލުހުން ހަމަލާ ދިނުމުން ފަލަސްތީނުގެ ހަތަރު މީހަކު މަރުވެއްޖެ އެވެ.

އެ ހާދިސާ ހިނގީ ޔަހޫދީން އާބާދު ކުރުމާ ގުޅޭ ގޮތުން ހަމަނުޖެހުން އުފެދިފައި ވަނިކޮށް ހުޅަނގު އައްސޭރީގައި އޮޕަރޭޓު ކުރާ އިޒްރޭލުގެ ބޯޑަރު ފުލުހުން ޖެނިން ރެފިއުޖީ ކޭމްޕަށް ގޮސް "ޓެރަރިޒަމް" ގެ ތުހުމަތު ކުރެވޭ ފަލަސްތީނު މީހެއް ދިރިއުޅޭ ގެ ބަލައި ފާސްކުރަން ފެށުމުންނެވެ.

އިޒްރޭލުން ބުނީ އެ ތަނުގައި ތިބި ގިނަ ބަޔަކު އިޒްރޭލް ފުލުހުންނަށް އަމާޒުކޮށްފައި ބަޑި ޖެހި ކަމަށާއި ރައްދުގައި ފުލުހުން ވެސް ބަޑި ޖެހީ ކަމަށެވެ.

މިދިޔަ މޭ މަހުން ފެށިގެން ޖެނިން އާއި ބެއިތާ އަވަށުގައި ދަނީ ހަމަނުޖެހުން ހިނގަމުންނެވެ. އެއީ ގާނޫނާ ހިލާފަށް ޔަހޫދީން އެތަނުގައި ވަޒަންވެރިވެ ގެތައް އަޅަން ފެށުމުންނެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ހޯމަ ދުވަހުގެ ހަމަނުޖެހުމުގައި އިޒްރޭލުން ބަޑި ޖެހުމުން ފަލަސްތީނުގެ ހަތަރު މީހަކު މަރުވި ކަމަށެވެ.

މަރުވި މީހުންނަކީ އުމުރުން 21 އަހަރުގެ ރައިދް އަބޫ ސެއިފް، އުމުރުން 19 އަހަރުގެ ސާލިހް އައްމާރް، އަމްޖަދް ހުސެއިނިއްޔާ އަދި ނޫރެއްދީން ޖައްރާރް އެވެ.

އަބޫ ސެއިފް އާއި އައްމާރްގެ ހަށިގަނޑު ޖެނިން ހޮސްޕިޓަލްގެ މޯޗަރީގައި އޮތް އިރު، އިޒްރޭލް ފުލުހުން ވަނީ އަނެއް ދެ މީހުންގެ ހަށިގަނޑު ގެންގޮސްފަ އެވެ.

ފަލަސްތީނުގެ ސަރުކާރުން ވަނީ އިޒްރޭލުން ތަކުރާރުކޮށް ހިންގާ ޖަރީމާތައް ކުށްވެރިކޮށް، ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

ހަމަނުޖެހުން އިތުރުވުން

ފާއިތުވި ހަފްތާތަކުގައި އިޒްރޭލް ފުލުހުންނާއި ފަލަސްތީން ރައްޔިތުންނާ ދެމެދު އުތުރު ހުޅަނގު އައްސޭރީގައި ގިނަ ކުރިމަތިލުންތަކެއް ވަނީ ހިނގަން ފަށާފަ އެވެ.

އެ ސަރަހައްދުގައި ހުންނަ ބެއިތާ އަވަށުގެ ރައްޔިތުން އަންނަނީ ޔަހޫދީން އާބާދު ކުރުމާ ދެކޮޅަށް ގަވާއިދުން އެއްވުންތައް ބާއްވަމުންނެވެ.

އެއްވުންތަކުގައި ހިނގާ ކުރިމަތިލުންތަކުގައި އިޒްރޭލް ފުލުހުން ހަމަލާ ދިނުމުން ފަލަސްތީނުގެ އެތައް ސަތޭކަ މީހުންނެއް މިހާތަނަށް މަރުވެފައި ވެ އެވެ.

ބެއިތާ އަވަށް ކައިރީގައި މިދިޔަ މޭ މަހު ޔަހޫދީން ވަޒަންވެރިވެ "އެވިއަތާ" ގެ ނަން ދީގެން ގެތަކެއް އަޅަން ފެށީ އިޒްރޭލުގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ނުހޯދަ އެވެ.

މިދިޔަ ޖުލައި މަހު އެ ތަނުން ޔަހޫދީން ފޮނުވާލި ނަމަވެސް އިޒްރޭލް ސިފައިން އަދިވެސް އެ ތަނުގަައި އެބަ ތިއްބެވެ. އެ ތަނުގައި ޔަހޫދީން ގެތައް އެޅުމާ މެދު އިޒްރޭލުން އަދި ގޮތެއް ނުނިންމަ އެވެ.

ބެއިތާގެ ރައްޔިތުން ބުނެފައި ވަނީ އިޒްރޭލް ސިފައިން އެ ތަން ދޫކޮށްފައި ދަންދެން ހުއްޓާނުލައި އެއްވުންތައް ބާއްވާނެ ކަމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ ހުޅަނގު އައްސޭރި ހިފީ 1967 ގެ "ހަ ދުވަހުގެ ހަނގުރާމަ" އަށް ފަހު އެވެ. އެ ތަނުގައި ހުރި ޔަހޫދީންގެ ހުރިހާ އިމާރާތަކީ ގާނޫނީ ހިލާފަށް ހަދާފައިވާ ތަންތަން ކަމަށް ބައިނަލްއަގްވާމީ މުޖުތަމައިން ގަބޫލުކުރެ އެވެ.

ހުޅަނގު އައްސޭރީގައި އިޒްރޭލުން ހެދި ސަރަހައްދުތަކުގައި ބައި މިލިއަނެއްހާ މީހުން އުޅޭ އިރު، 2.8 މިލިއަން ފަލަސްތީން ރައްޔިތުން ހުޅަނގު އައްސޭރީގެ އަވަށްތަކުގައި އުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox