މެޓަބޮލިޒަމް އާ ބެހޭގޮތުން މިހާރު އެނގެނީ ރަނގަޅު މައުލޫމާތަށް ނުވެދާނެ!

މެޓަބޮލިޒަމް އާ ބެހޭގޮތުން މިހާރު އެނގެނީ ރަނގަޅު މައުލޫމާތަށް ނުވެދާނެ!

މެޓަބޮލިޒަމް އާ ބެހޭގޮތުން އާންމުކޮށް ގަބޫކުރާ ގަބޫލުކުރުންތަކެއް ހުރެ އެވެ. މީހެއްގެ އުމުރުން 20 އަހަރަށް އެޅުމާ އެކު ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް ސްލޯވެ، ބަރުދަން އިތުރުވާން ފައްޓަ އެވެ. ހާއްސަކޮށް މެދު އުމުރަށް އެޅޭ ހިސާބުން މި ބަދަލެއް އާދެ އެވެ. އަންހެނުންގެ މެޓަބޮލިޒަމް ފިރިހެނުންނަށް ވުރެ ލަހެވެ. ނުވަތަ ސްލޯ އެވެ. ބަރުދަން ކޮންޓްރޯލް ކުރުމަށް ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް އުނދަގުލީ މި ސަބަބާ ހެދި އެވެ. ހާއްސަކޮށް ދަރިން ނުލިބޭ އުމުރަށް އަންހެނުން ދާ ހިސާބުން މި މެޓަބޮލިޒަމެއްގެ އުނދަގޫ މާ ވަރުގަދަވެ، ހިކުމާ ބެހޭ ހުރިހާ ކަމެއް ވޭނަކަށް ވެދެ އެވެ.

މި ދެއްކި ހުރިހާ ވާހަކަ އެއް ދޮގަކަށް ހަދާލާ ވަރުގެ ދިރާސާއެއް ކޮށްފައި ހޯދުނު ހޯދުންތައް ބުރާސްފަތި ދުވަހު ސައިންސް ގައި ވަނީ ޝާއިއުކޮށްފަ އެވެ. އުމުރުން 8 ދުވަހާއި 95 އަހަރާ ދެމެދުގެ 6500 އެއްހާ މީހުންގެ ސާމްޕަލް ޑޭޓާ ނަގައިގެން ކުރި މި ދިރާސާއިން ހޯދުނު ގޮތުން މެޓަބޮލިޒަމްގެ ތަފާތު ހަތަރު މަރުހަލާ އެއް މީހެއްގެ ހަޔާތުގައި އާދެ އެވެ. އަދި އަންހެނުންނާއި ފިރިހެނުންގެ މެޓަބޮލިކް ރޭޓުގައި މާ ބޮޑު ފަރަގެއް ނެތް ކަން ވެސް ދިރާސާއިން ވަނީ ހޯދިފަ އެވެ.

އެހެންވީމާ، މި މުހިއްމު ހޯދުންތަކަށް ފަހު ހިއުމަން ފިޒިއޯލޮޖީ އިންސާނާގެ ހަށިގަނޑު މަސައްކަތް ކުރާ ގޮތާ ބެހޭ ގޮތުގެ ސައިންސަށް ބަދަލު އައުން އެކަށީގެންވެ އެވެ. އެއާއެކު ބޭސްވެރިކަމުގައި އަމަލުކުރާ ބައެއް އުސޫލުތައް، މިސާލަކަށް ބޮޑެތި މީހުންނާއި ދުވަސްވީ މީހުންނަށް ބޭހުގެ ޑޯޒު ކަނޑައެޅުން ފަދަ ކަންކަމުގައި އަމަލުކުރާ އުސޫލަށް ބަދަލު އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

Advertisement

މި އާ ހޯދުންތަކާއެކު ޕިޒިއޮލޮޖީ ދާއިރާގެ މަޝްހޫރު ޕްރޮފެސަރުންނާއި ދިރާސާކުރައްވާ ފަރާތްތަކުން ވެސް ވަނީ ރިޕޯޓަށް ރިއާޔަތްކޮށް އެ ފަރާތްތަކުގެ ހިޔާލުތައް ފާޅުކުރައްވާފަ އެވެ.

ޕެނިންގްޓަން ބައޮމެޑިކަލް ރިސާޗް އިންސްޓިޓިއުޓްްގެ ފިޒިއޮލޮޖިސްޓް ލީން ރެޑްމަން ވިދާޅުވެފައި ވަނީ މިއީ އިންތިހާ އަށް މުހިއްމު ޕޭޕަރަކަށް ވާތީ ޓެކްސްޓް ފޮތްތަކަށް ވެސް މި މައުލޫމާތު އަޕްޑޭޓް ވާނެކަމަށް ލަފާކުރައްވާ ކަމަށެވެ.

ވިސްކޮންސިން ޔުނިވަސިޓީގެ މެޑިސިން ޕްރޮފެސަރު ރޮޒަލިން އެންޑާސަން ވެސް ވަނީ މި ހޯދުންތަކާ ގުޅިގެން އޭނާގެ ނަޒަރިއްޔާ އެއް ވެސް ހިއްސާކޮށްފަ އެވެ. ހޯދުންތަކާ އެކު "އާޝޯހު" ވެފައި ހުންނެވި ރޮޒަލިން ވިދާޅުވީ މި ހޯދުންތަކާ އެކު މިހާރު ގަބޫލުކުރާ ގޮތްތައް އަލުން ރިވައިސް ކުރަންޖެހިފައިވާ ކަމަށެވެ.

މި ދިރާސާ ރިޕޯޓުގައި އާންމު ސިއްހަތާއި ނިއުޓްރިޝަން ނުވަތަ ކެއުމުގެ މިންގަނޑުތަކާ ބެހޭ ގޮތުން ހިމަނާފައިވަނީ ވަރަށް ލިމިޓެޑް ޕޮއިންޓު ތަކެކެވެ. އެހެންކަމުން މި ހޯދުންތަކާއެކު އާ ކްލިނިކަލް ސްޓޭޓްމަންޓެއް ނުނެރެވޭނެ ކަމަށް ވެސް ބައެއް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

މެޓަބޮލިކް ރީސާޗް ތަކަކީ ވަރަށް ބޮޑު ހަރަދެއް ދާ ކަމެކެވެ. އެހެންކަމުން މި ދާއިރާއިން މިހާތަނަށް ހަދާފައިވާ ގިނަ ދިރާސާތަކުގައި ސާމްޕަލް ޑޭޓާގެ ގޮތުގައި އެހާ ގިނަ މީހުން ބައިވެރިކޮށްފަ އެއް ނުވެ އެވެ. ނަމަވެސް އަލަށް ކުރި މި ދިރާސާގެ ޕްރިންސިޕަލް އިންވެސްޓިގޭޓާ، ހާމަން ޕޮންޒާ ވިދާޅުވީ، ޕްރޮޖެކްޓްގައި ބައިވެރިވި ރިސާޗަރުން އެމީހުންގެ ހޯދުންތައް ހިއްސާކުރަން އެއްބަސްވި ކަމަށެވެ. އޭނާ އަކީ އެންތްރޮޕޮލޮޖީ ދާއިރާގެ ދިރާސާތަކެއް މިގެ ކުރިން ވެސް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

މި ދިރާސާ އެކުލަވާލުމުގައި 80 ކޯ-އޯތާސް (ސައިންސްވެރިން) ވަނީ ބައިވެރިވެފަ އެވެ. ދިރާސާގެ ފައިނަލް ޕޭޕަރު އެކުލަވާލާފައިވަނީ ހަ ސައިންސް ލެބަކުން 40 އަހަރު ވަންދެން އެއްކުރި ޑޭޓާ ތަކުގެ މައްޗަށް ބިނާކޮށްފައި ކަމުން އިންސާނެއްގެ ހަޔާތުގައި މެޓަބޮލިޒަމް ރޭޓަށް އަންނަ ބަދަލުތަކާ ގުޅިގެން އާންމު ސުވާލުތަކެއް އުފެއްދުމަށް ފުދޭ މިންވަރަށް މައުލޫމާތު ހުރި ކަމަށް ޕޮންޒާ ވިދާޅުވި އެވެ.

މި ދިރާސާގައި ބައިވެރިވި ހުރިހާ ރިސާޗް ސެންޓަރަކުން ވެސް ދިރާސާކުރަމުން ގެންގޮސްފައިވަނީ ގޮލްޑަން ސްޓޭންޑަޑް މެތަޑެއް ކަމަށް ގަބޫލުކުރެވިފައިވާ "ޑަބްލީ ލޭބަލްޑް ވޯޓާ" ބޭނުންކޮށްގެންނެވެ. މި މެތަޑްގައި، އިންސާނަކު ނޭވާ އާއި އެކު ބޭރުކުރާ ކާބަންޑައިއޮކްސައިޑް ގެ މިންވަރު ޓްރެކް ކޮށްގެން ކެލޮރީ އަންދާ މިންވަރު އަދާޒާކުރެ އެވެ.

ދިރާސާގެ އިންވެސްޓިގޭޓަރުން ވަނީ ބައިވެރިންގެ އިސްކޮޅާއި ބަރުދަނާއި ބޮޑީ ފެޓް ޕަސެންޓޭޖް ވެސް ރިކޯޑުކޮށްފަ އެވެ. މީގެ ބޭނުމަކީ މެޓަބޮލިކް ރޭޓުގެ ކޮންމެހެން ބަލަންޖެހޭ ބައިތައް ބެލުމެވެ.

"މީހެއްގެ ސައިޒް އެމީހެއްގެ މެޓަބޮލިޒަމް އަށް އެފެކްޓް ކުރާ ގޮތާއި އުމުރުން ދުވަސްވުން މެޓަބޮލިޒަމަށް އެފެކްޓު ކުރާގޮތް އެހާ ބޮޑަށް ސާފު ނުވާކަން އެނގޭ،" ޕޮންޒާ ވިދާޅުވި އެވެ.

މި ހޯދުންތަކުން މައިގަނޑުކޮށް އެނގުނީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އުމުރުގެ ހަތަރު ސްޓޭޖެއްގައި މެޓަބޮލިޒަމް އަށް ބަދަލު އަންނަ ކަމެވެ. އެއީ؛

- އިންފެންސީ ނުވަތަ އެއް އަހަރާ ހަމައަށް: މި އުމުރުގައި ކެލޮރީސް އަންދާ ވަރު އުޅެނީ އެންމެ މަތީގަ އެވެ. ބޮޑު މީހެއްގެ މެޓަބޮލިޒަމް ރޭޓާ އަޅާ ބަލާއިރު 50 ޕަސެންޓް މަތީގަ އެވެ.

- އުމުރުން އެއް އަހަރުން ފެށިގެން 20 އަހަރާ ހަމައަށް އަހަރަކު 3 ޕަސެންޓްގެ ރޭޓަކުން މެޓަބޮލިޒަމް ދަށް ވަމުން ދެ އެވެ.

- އުމުރުން 20 އަހަރުން ފެށިގެން 60 އަހަރާ ހަމައަށް އެއް ހަމައެެއްގައި ހިފެހެއްޓިފައި ހުރެ އެވެ.

- އުމުރުން 60 ގެ ފަހުން އަހަރަކު 0.7 ޕަސެންޓް ގެ ރޭޓެއްގައި ދަށަށް ދެ އެވެ.

ދެން މި ރިސާޗަރުން ބެލީ އަންހެނުންނާ ފިރިހެނުންގެ މެޓަބޮލިކް ރޭޓުގައި ފަރަގެއް އުޅޭތޯ އެވެ. އެކަމަކު ދެބައި މީހުންގެ ވެސް ހަށިގަނޑުގެ ސައިޒާއި ގައިގެ މަސް ހުރި މިންވަރު ކޮންޓްރޯލް ކޮށްލުމުން ދެ ޖިންސުގައި ވަކި ތަފާތެއް ނެތް ކަން ވަނީ ހޯދިފަ އެވެ.

ޕޮންޒާ ވިދާޅުވީ މި ދިރާސާއިން އޭނާ އެންމެ ހައިރާންކޮށްލި އެއް ހޯދުމަކީ އެންމެ ތުއްތު ކުދިންގެ މެޓަބޮލިޒަމް އާ ބެހޭގޮތުން ހޯދުނު ހޯދުން ކަމަށެވެ. މިސާލަކަށް، "އެންމެ ތުއްތު ކުއްޖެއްގެ މެޓަބޮލިޒަމް ރޭޓު އާދަޔާ ހިލާފަށް މަތި،" ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަށް ސައިންސުން ބާރުދޭ ހަގީގަތަކީ، ބޮޑު ޖަނަވާރަކަށްވުރެ ކުޑަ ޖަނަވާރެއް ކެލޮރީސް އަންދާ ވަރު ގިނަ ކަމަށް ބުނެފައި އޮންނަ ބުނުމެވެ.

އެހެންވީމަ މި ހޯދުމުން އެނގޭ ގޮތުން 60 އަހަރުން ފެށިގެން 95 އަހަރާ ހަމައަށް ދާއިރު އިންސާނެއްގެ ހަށިގަނޑުގެ މެޓަބޮލިކް ރޭޓް 20 ޕަސެންޓް ދަށްކޮށްލަ އެވެ. އެހެންވީމަ ކިތަންމެ ޒުވާން ކަމަށް ދައްކާ މީހުން ވެސް 60 އަހަރުން ފެށިގެން ބަދަލުވާން ފަށަ އެވެ.

titledesc

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox