ޗައިނާއިން ތާލިބާނާއެކު ބާއްވާނީ އެކުވެރިކަމުގެ ގުޅުމެއް

ތާލިބާން ހަނގުރާމަވެރިން.-- ފޮޓޯ: އޭއެފްޕީ

ތާލިބާން ހަނގުރާމަވެރިން.-- ފޮޓޯ: އޭއެފްޕީ

ބެއިޖިން، ޗައިނާ (އޯގަސްޓު 16) - ތާލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ހޯދާފައި ވަނިކޮށް، އެ ގައުމާ އެކު އޮތް "އެކުވެރިކަމުގެ ބަދަހި ގުޅުން" ވަރުގަދަ ކުރަން ތައްޔާރު ކަމަށް ޗައިނާ އިން ބުނެފި އެވެ.

މިދިޔަ މޭ މަހުން ފެށިގެން އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބަން ފެށުމުން ޗައިނާ އިން ވަނީ ނުރަސްމީކޮށް ތާލިބާނުންނާ އެކު ގުޅުން ރަނގަޅު ކުރަން ފަށާފަ އެވެ.

ޗައިނާ އާއި އަފްގާނިސްތާނު ގުޅޭ ބޯޑަރަކީ 76 ކިލޯމީޓަރު ދިގު ބޯޑަރެކެވެ.

ޗައިނާގެ އުއިގާ ދަރިކޮޅުގެ މުސްލިމުން އަފްގާނިސްތާނަށް އެތެރެވެ، ހަނގުރާމައިގެ ތަމްރީން ހޯދައި، ޗައިނާގައި ޓެރަރިސްޓް އަމަލުތައް ހިންގުމުގެ ބިރު ޗައިނާ ސަރުކާރަށް އޮވެ އެވެ.

ނަމަވެސް ތާލިބާނުންގެ އިސް ވަފުދެއް މިދިޔަ މަހު ޗައިނާ ފޮރިން މިނިސްޓަރު ވާންގް ޔީ އާ ބައްދަލުކުރުމަށް ފަހު ބުނީ ހަނގުރާމަވެރިން ތަމްރީން ކުރާ މަރުކަޒަކަށް އަފްގާނިސްތާނު ނުހަދާނެ ކަމަށެވެ.

އޭގެ ބަދަލުގައި ޗައިނާއިން ވަނީ އަފްގާނިސްތާނު އަލުން ބިނާ ކުރަން އިގްތިސާދީ އެހީ އާއި އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނެފަ އެވެ.

ހޯމަ ދުވަހު ޗައިނާއިން ބުނީ އަފްގާނިސްތާނާ އެކު އޮތް ގުޅުން ބަދަހި ކުރުން ލިބުނު ފުރުސަތަށް "މަރުހަބާ" ކިޔާ ކަމަށެވެ.

"ޗައިނާއާ އެކު ރަނގަޅު ގުޅުމެއް ބާއްވަން ބޭނުންވާ ކަން ތާލިބާނުން ވަނީ ތަކުރާރުކޮށް ހާމަކޮށްފައި. އަފްގާނިސްތާނު އަލުން ބިނާ ކުރުމާއި ތަރައްގީ ކުރުމުގައި ޗައިނާގެ ބައިވެރިވުމަށް އެ މީހުން މަރުހަބާ ކިޔާ،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކަމަށް މަރުހަބާ ކިޔަން. އަފްގާނިސްތާނުގެ ކުރިމަގާ މެދު ގޮތް ނިންމުމުގެ މިނިވަންކަން އަފްގާން ރައްޔިތުންނަށް ލިބިގެންވާކަން ޗައިނާއިން ބަލައިގަނެ، އެކަމަށް އިހްތިރާމް ކުރަން."

ހުއާ ތާލިބާނުންނަށް ގޮވާލެއްވީ ސުލްހަވެރިކަމާ އެކު ބާރުތައް ބަދަލުކޮށް، "ހުޅުވާލެވިފައިވާ ގިނަ މީހުންގެ ބައިވެރިވުން ހިމެނޭ އިސްލާމީ ސަރުކާރެއް" ގާއިމް ކުރަން ފުރުސަތު ދޭނެ ކަމަށް ވީ ވައުދު ފުއްދުމަށެވެ.

އަފްގާނިސްތާނުގެ ހާލަތު ގޯސްވަމުން ދާތީ ޗައިނާ ރައްޔިތުން އަނބުރާ ގެންގޮސްފައިވީ ނަމަވެސް ކާބުލްގައި ހުންނަ ޗައިނާ އެމްބަސީ ބަންދުކޮށްފައެއް ނުވެ އެވެ.

އަފްގާނިސްތާނުގައި މި ވަގުތު ތިބި މަދު އަދަދެއްގެ ޗައިނާ ރައްޔިތުންނަށް އަންގާފައި ވަނީ ހާލަތު ރަނގަޅަށް މޮނީޓާކޮށް، ގެއިން ނުނިކުމެ ތިބުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox