އަމަލުކުރަމުން އަންނަ ރިކޮމެންޑޭޝަންތައް ރައީސް އޮފީހުން ބުނެ ނުދިން

ރައީސް ސޯލިހު: އިންކުއަރީ ކޮމިޝަނުގެ ރިޕޯޓުގައި ދީފައިވާ 38 ރިކޮމެންޑޭޝަނަކަށް އަމަލު ކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަމަލު ކުރަމުންދާ ކަންތައްތައް ހާމައެއް ނުކުރޭ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު: އިންކުއަރީ ކޮމިޝަނުގެ ރިޕޯޓުގައި ދީފައިވާ 38 ރިކޮމެންޑޭޝަނަކަށް އަމަލު ކުރަމުންދާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަމަލު ކުރަމުންދާ ކަންތައްތައް ހާމައެއް ނުކުރޭ -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ ތަހުގީގު ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާ ކަންތައްތަކާ ބެހޭ ކޮމެޓީން ނެރުނު ރިޕޯޓުގައި ދީފައިވާ ރިކޮމެންޑޭޝަންތަކުގެ ތެރެއިން 38 ކަމަކަށް މިހާރު ވެސް އަމަލު ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް, އެއީ ކޮން ކަންތައްތަކެއް ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރި އެވެ.

ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައި ވަނީ މަޖިލީހުގެ އިންކުއަރީ ކޮމެޓީން ނެރެފައިވާ ރިޕޯޓުގައި ބަޔާންކޮށްފައިވާ 45 ރިކޮމެންޑޭޝަންގެ ތެރެއިން 38 ކަމަކީ "މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތް" ކަމަށެވެ.

ސަރުކާރުން އަމަލު ކުރަމުންދާ ރިކޮމެންޑޭޝަންތައް އޮޅުންފިލުވުމަށް މި ނޫހުން ތިން ދުވަހުގެ މަތިން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒަށް ވަނީ ގުޅައިފަ އެވެ. ނަމަވެސް، މިހާތަނަށް އެކަން ހާމައެއް ނުކުރައްވަ އެވެ.

އިންކުއަރީ ރިޕޯޓުގެ ރިކޮމެންޑޭޝަންތަކަށް އަމަލު ކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނެޝަނަލް ސެކިއުރިޓީ ކައުންސިލާ ބުރާސްފަތި ދުވަހު ބައްދަލު ކުރައްވައިފަ އެވެ.

"ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެންއެސްސީ މެންބަރުންނާ މަޝްވަރާކުރައްވާފައި،" ބައްދަލުވުމަށްފަހު ނޫސްތަކަށް ދިން ބަޔާނެއްގައި ރައީސް އޮފީހުން ބުނެފައިވެ އެވެ.

މަޖިލީހުން ނެރުނު އިންކުއަރީ ރިޕޯޓުގައި ރައީސް ނަޝީދަށް ދޭންޖެހޭ ސެކިއުރިޓީ ދިނުމުގައި ހުރި ބައިވަރު މައްސަލަތައް ފާހަގަކޮށް ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ފުރިހަމައަށް ޒިންމާއަދާކުރައްވާފައިނުވާކަން ފާހަގަކޮށްފައިވެ އެވެ.

އިންކުއަރީ ރިޕޯޓުގައި ދީފައިވާ 45 ރެކޮމެންޑޭޝަން ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައި ހުރި ރިކޮމެންޑޭޝަންސްގެ ތެރޭގައި ސިއްރު މައުލޫމާތު ބަދަލު ކުރެވޭނެ ވަރުގަދަ ނިޒާމެއް ގާއިމް ކުރުމާއި ނެޝަނަލް އިންޓެލިޖެންސްއާ ގުޅޭ ގާނޫނެއް އެކުލަވާލުމާއި ކައުންޓާ ޓެރަރިޒަމަށް ވަކި ބަޖެޓެއް ކަނޑައެޅުން ހިމެނެ އެވެ.

ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ދީފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި އެމަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ހަތިޔާރާއެކު 24 ގަޑިއިރު ބެލުމާއި އާމާޑް ކާރުކޮޅެއްގައި ނަޝީދު އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ސެކިއުރިޓީ ޓީމު ވެޓު ކުރުމާއި ސެކިއުރިޓީ ޓީމަށް ގަވާއިދުން ރިފްރެޝް ކުރުމުގެ ކޯސްތައް ހިންގުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox