އިންފޮމޭޝަން ކޮމިޝަނަރުކަމަށް އަނެއްކާވެސް ނަންތަކެއް

އިންފޮމޭޝަން ކޮމިޝަންގެ އޮފީސް ހިންގާ އިމާރާތް: އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށް އެތައް މަހެއް ވަނީ ހޭދަވެފައި. -ފޮޓޯ: ޕީއެސްއެމް

އިންފޮމޭޝަން ކޮމިޝަންގެ އޮފީސް ހިންގާ އިމާރާތް: އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށް އެތައް މަހެއް ވަނީ ހޭދަވެފައި. -ފޮޓޯ: ޕީއެސްއެމް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނުނުކުރެވި އެތައް މަހެއް ހޭދަވެފައިވާއިރު، އެ މަގާމަށް ބޭފުޅަކު އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަތަރު ނަމެއް ރައްޔިތުންގެ މަޖިލީހަށް އަނެއްކާވެސް ހުށަހަޅުއްވައިފި އެވެ.

މައުލޫމާތު ހޯދާއި ލިބިގަތުމުގެ ހައްގުގެ ގާނޫނު ބުނާގޮތުން، ކޮމިޝަނަރުގެ މަގާމު ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އާއްމުކޮށް އިއުލާނުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަދުވެގެން އެއް ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިގެން ފާސްކުރުން ލާޒިމެވެ.

ނަމަވެސް، އެ މަގާމުގައި މީގެ ކުރިން ހުންނެވި ހުސެއިން ފިޔާޒް މޫސާ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު އިސްތިއުފާ ދެއްވި ފަހުން އެ މަގާމު އޮތީ ހުސްކޮށެވެ.

ފިޔާޒް އިސްތިއުފާ ދެއްވުމާއެކު، ރައީސް އޮފީހުން ވަނީ ގާނޫނު ބުނާ އިޖުރާއަތްތަކުގެ ދަށުން ކޮމިޝަނަރު ކަމަށް އައްޔަނުކުރަން ތިން ނަމެއް މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު މަޖިލީހަށް ފޮނުވައިފަ އެވެ.

ހަމަ އެ ދުވަހު އެކަން ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ރިޔާސަތުން ފޮނުވި އެވެ.

ކޮމިޝަނަރު ކަމަށް ނަން ފޮނުއްވި ބޭފުޅުން

  • އަހްމަދު އާހިދު
  • އަޒްލީމާ އަހްމަދު
  • ޝިހާމް މުހައްމަދު ވަހީދު
  • މަރިޔަމް އަލީމް

އެ ކޮމިޓީން އެ ތިން ބޭފުޅުންނާ އިންޓަވިއުކޮށް، މައުލޫމާތު ހޯދައި، ކޮމިޝަނަރު ކަމަށް އައްޔަނުކުރަން ފެންނަ ތަރުތީބެއް ކަނޑައަޅަން ވޯޓަށް އެހޭވަރުވީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހެވެ.

އެކަމަކު މަޖިލީހުގެ ގަވައިދުގައި އިންނަ ބޮޑު ބާގަނޑެއްގެ ތެރެއިން، ކޮމިޓީގެ ބައެއް މެމްބަރުން ވަކި ބޭފުޅަކު ނަގަން މަސައްކަތް ކުރި ކަމުގެ ތުހުމަތާއެކު، އެއްވެސް ނަމެއް ތަޅުމާ ހަމައަށް ގެންދެވޭ ކަމަކަށް ނުވި އެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، ކޮމިޓީއަށް ހުށަހެޅޭ ނަމެއް ތަޅުމަށް ފޮނުވޭނީ ކޮމިޓީގައި ތިއްބަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި ވޯޓު ދެއްވައިފި ނަމަ އެވެ.

ގާނޫނުގައި މުޅި މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރަންޖެހޭ ގޮތަށް އޮންނަ އިރު، މަޖިލީހުގެ ގަވައިދު އުޅެނީ އެއަށް ވުރެ އެއް ދަރަޖަ ކުރީގަ އެވެ.

އޭގެ މާނައަކީ ނަމެއް ތަޅުމަށް ފޮނުވަން ޖުމްލަ 12 މެމްބަރުން ތިއްބަވާ ކޮމިޓީގެ އަށް މެމްބަރުންގެ ވޯޓު ލިބެންޖެހެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް އައްޔަނުކުރަން ތަޅުމަށް ފޮނުވާނެ ނަންތަކެއް ފާސްކުރުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައިވަނީ 10 މެމްބަރުންނެވެ.

އެ ދުވަހު ނެގުނު ވޯޓުގައި މަރިޔަމް އަލީމަށް ލިބިވަޑައިގެންނެވީ ފަސް ވޯޓެވެ. ދެން ތިއްބެވި އަހުމަދު އާހިދު ރަޝީދާއި ޝިހާމް މުހައްމަދު ވަހީދު އައްޔަނުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެމްބަރުންނެވެ.

ގަވައިދުގައި އެ ބުނާ ތިން ބައި ކުޅަ ދެ ބައި ހަމަވާ އަށް ވޯޓު އެއްވެސް ބޭފުޅަކަށް ނުލިބޭތީ ކޮމިޓީން ރިޕޯޓު ނިންމީ އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަނުކުރެވޭނެ ކަމަށް ކޮމިޓީއަށް ގަބޫލުކުރެވޭ ބޭފުޅަކު ރައީސަށް ހުށަނޭޅުއްވޭ ކަމަށެވެ.

ދެވަނަ ފަހަރަށް ހުޅުވާލުމުން ތަރުހީބު ކުޑަ

މަޖިލީހުން ހިންގި ސަކަރާތަށްފަހު، އެ މަގާމަށް ރައީސް އޮފީހުން ދެވަނަ ފަހަރަށް ހުޅުވައިލީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހެވެ.

އެ މުއްދަތު ހަމަވި ފަހުން، މަގާމަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު ހޯދަން، ރައީސް އޮފީހުގައި ތަކުރާރުކޮށް އެދިގެން އަލިމަގެއް ނުފެނިގެން އުޅެނިކޮށް، މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އެ މަގާމަށް މީހަކު ހޯދަން ތިން ވަނަ ފަހަރަށް ވަނީ ހުޅުވާލައިފަ އެވެ.

ތިންވަނަ ފަހަރަށް އިއުލާނުކުރަންޖެހުނީ، ފަހުން ކުރި އިއުލާނަށް އެކަށީގެންވާ އަދަދަކަށް ކުރިމަތިލާފައި ނުވާތީ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ ފަހަރު ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސް ބޭނުންފުޅުވާ ނަންތަކެއް މަޖިލީހަށް ނުފޮނުއްވިގެން އުޅެނިކޮށް ދެވަނަ ދައުރު ނިންމައި މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު މަޖިލިސް ޗުއްޓީއަށް ދިޔައީ އެވެ.

ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށިފައިވާއިރު، އެ މަގާމަށް އައްޔަނުކުރަން ރައީސް ފޮނުއްވި ނަންތައް ރިޔާސަތުން ވަނީ އިއްވައިފަ އެވެ.

އޭގެ ތެރޭގައި ހިމެނޭ ޝިހާމާއި އާހިދުގެ އިތުރުން މަރިޔަމް އަލީމް އަކީ މީގެ ކުރިން ވެސް ރައީސް ސޯލިހު ފޮނުއްވި ތިން ބޭފުޅުންނެވެ. ދެން އެ މަގާމަށް ހުށަހެޅުއްވީ އަޒްލީމާ އަހުމަދުގެ ނަމެވެ.

އަދި އެ ނަންތައް ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

ކޮމިޝަނަރު ނެތި އައިކޮމް ހުއްޓިފައި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އޮންނަ ގޮތުން އައިކޮމް ދައުލަތުގެ އެފަދަ އެހެން މުއައްސަސާތަކާ ތަފާތެވެ.

އެ ގާނޫނުގެ ހަތް ވަނަ މާއްދާ ބުނާ ގޮތުން، ގާނޫނުގެ ދަށުން ދޭންޖެހޭ މައުލޫމާތެއް އާއްމުކޮށް ގިނަ ވެގެން 21 ދުވަހުގެ ތެރޭގައި އެ މައުލޫމާތެއް ހޯދަން އެދުނު ފަރާތަކަށް ފޯރުކޮށްދޭންޖެހެ އެވެ.

އެކަމަކު އެފަދަ މައުލޫމާތެއް ދޫނުކުރެވޭ ކަމަށް ބުނެ އުފެދޭ ހިލާފަކާ މެދު ގޮތް ނިންމާނީ ސީދާ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމަކީ އެ މަގާމުގައި މީހަކު ނެތުމުން މުޅި ގާނޫނު ހުއްޓޭ ސަބަބެވެ.

އައިކޮމްއިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، ކޮމިޝަނަރުކަމުގައި ފިޔާޒު ހުންނެވިއިރު ނުނިމި އޮތް ހަ މައްސަލައަކާއެކު ގޮތެއް ނުނިންމި 11 މައްސަލަ މިހާރު ވެސް އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox