އިންސްޓަގްރާމުން އެއްވަނަ، ފޮނިތޮށިއެމްވީގެ "ލަންޗް ބޮކްސް" އަށް!

ތޫތަ އޭނާގެ ދޮށީ ދަރިފުޅަށް ތައްޔާރުކޮށްފައިވާ ލަންޗް ބޮކްސްއެއް.

ތޫތަ އޭނާގެ ދޮށީ ދަރިފުޅަށް ތައްޔާރުކޮށްފައިވާ ލަންޗް ބޮކްސްއެއް.

ޖޫސީ ޕެކެޓަކާއި، އެޕޯލޯ ކޭކަކުން އިންޓަވަލް ގަޑީގެ އުފާވެރި ހަނދާންތައް އާވާނެ އެތައް ބަޔަކު ތިބޭނެކަން ޔަގީނެވެ. އެހެންނަމަވެސް މިއަދު އެއީ ހަމަ އެކަނި މާޒީ އެވެ. ތައްޔާރީ ކާނާތަކާއި، ހަކުރުން ފުރިފައިވީ އެކި ބުއިންތަކުގެ ނުރައްކާތެރިކަމާއި ގެއްލުން ވިސްނި ދުޅަހެޔޮ މުސްތަގުބަލަކަށް މިސްރާބު ޖަހާފައިވާ އާއިލާތައް މިއަދު އަހަރެމެންގެ ތެރޭގައި ވަރަށް ގިނަ އެވެ. އާ އުންމީދުތަކާއި ހުވަފެންތަކަށް މަރުހަބާކިޔަމުން ދިރާސީ އަހަރު ފެށިތާ ހަފްތާއެއްވެފައި ވާއިރު، އިންސްޓަގްރާމުގައި އެންމެ "ހިޓުވި" އިންޓަވަލް އަކީ ފޮނިތޮށިއެމްވީ ގެ ފައުންޑާ އައިމިނަތު ރުޚުސާ (ތޫތަ) އޭނާގެ ދަރިފުޅަށް ތައްޔާރުކުރާ ލަންޗް ބޮކްސް އެވެ.

ތޫތަގެ އަމިއްލަ ބްރޭންޑް ފޮނިތޮށިއެމްވީގެ އިންސްޓަގްރާމް އެކައުންޓުން ތޫތަގެ ބަދިގޭގެ މަންޒަރުތައް އޭނާގެ ފޮލޯވަރުންނާއި ހިއްސާކުރުމަކީ ކޮންމެ ދުވަހެއްގެ އާދަ އަކަށްވީނަމަވެސް، ސްކޫލްގެ ފުރަތަމަ ދުވަހު ދޮށީ ދަރިފުޅުގެ ލަންޗްބޮކްސް ތައްޔާރުކުރަމުން ނެގި ފޮޓޯއަކީ އެހާ މަގުބޫލުވާނޭ އެއްޗެއް ކަމަކަށް އޭނާ ކުޑަކޮށްވެސް ހިއެއް ނުކުރެ އެވެ.

"ވަކި މާ ބޮޑު އެއްޗެއް އެކްސްޕެކްޓް ކޮށްގެނެއް ނޫން އެދުވަހު ހަމަ ދަރިފުޅުގެ ލަންޗްބޮކްސް ތައްޔާރުކޮށްފައި އަޕްލޯޑްކޮށްލީ. އެކަމަކު މުޅި ޑީއެމް އޮތީ ފުރިފައި އެކި މީހުންގެ މެސެޖުތަކުން.. ލަންޗް ބޮކްސް ތައްޔާރުކުރި ގޮތް އަހާފައި ހުރި މީހުންނާއި، އިތުރު އިންސްޕިރޭޝަން ހޯދަންބޭނުންވާތީ އަދިވެސް ޝެއާ ކުރަން ބުނެފައި ހުރި މެސެޖުތަކުން،" ތޫތަ ކިޔައިދިނެވެ.

Advertisement

ތޫތަ އޭނާގެ ދަރިފުޅަށް ތައްޔާރުކޮށްފައިވާ ލަންޗް ބޮކްސް އެއް--
ތޫތަ އޭނާގެ ދަރިފުޅަށް ތައްޔާރުކޮށްފައިވާ ލަންޗް ބޮކްސް އެއް--

ތޫތަ އޭނާގެ ދަރިފުޅަށް ތައްޔާރުކޮށްފައިވާ ލަންޗް ބޮކްސް އެއް

ލިބުނު ބޮޑު ތަރުހީބާއި އެކު، ތޫތަވަނީ އޭނާގެ އިންސްޓަގްރާމްގައި ލަންޗްބޮކްސްއަށް ހާއްސަކޮށް "ލަންޗް ބޮކްސް ޓޭލްސް" ހައިލައިޓްވެސް ހަދާފަ އެވެ.

ތޫތަގެ ލަންޗްބޮކްސް މިހާ މަގްބޫލުވުމުގެ ސަބަބުތައް ގިނަ އެވެ. އެކި ކުލަތަކާއި ރަހަތަކުން ލަންޗްބޮކްސް ނުހަނު މުއްސަންޖެވެ. ތަށްޓަށް ފިޓުވާހެން އެކި ވަޒަންތަކުގެ ކާނާ އެމުނި އެކުލިފައިވާލެއް ފުރިހަމަ އެވެ. ކިތަންމެ ކާއެއްޗިއްސާއި ދުރުކުއްޖަކުވެސް ހަމަ ހިލާ ރަހަ ނުބަލާ ދޫކޮށް ނުލާނެކަން ޔަގީނެވެ.

ތޫތަގެ ދަރިފުޅުގެ އަތުކުރެހުމުން ބޭރު ޑިޒައިންކޮށް، ޖުމްލަ ހަ ބަޔަށް ބަހާލެވިފައިވާ މި ލަންޗްބޮކްސްގައި އެ ދުވަހަކު ބޭނުންނަމަ ތަފާތު ހަތް ބާވަތް ނުވަތަ އެއަށްވުރެ އިތުރަށްވެސް ބޭނުންކުރެވިދާނެ އެވެ. މިކަމުގައި އޮތީ އެމީހެއްގެ އުފެއްދުންތެރިކަމާއި ކުޅަދާނަކަމެވެ.

ތޫތަ އޭނާގެ ދެކުދިންނާއި ފިރިމީހާއާއި އެކުގައި --
ތޫތަ އޭނާގެ ދެކުދިންނާއި ފިރިމީހާއާއި އެކުގައި --

ތޫތަ އޭނާގެ ދެކުދިންނާއި ފިރިމީހާއާއި އެކުގައި --

ތޫތަ ބުނާގޮތުން އޭނާގެ ދެ ދަރިންނަކީ ކާންދޭން އެންމެ ފަސޭހަ ކުދިންނެއް ނޫނެވެ. އެހެންކަމުން އަބަދުވެސް އެކުދިންނަށް ކަމުދާނެ އެއްޗަކާއި އަދި ކަމުދާނެހެން ޔަގީންނުވާ ބާވަތެއްވެސް އޭނާ ހިމަނާލަ އެވެ. މިގޮތުން ތައްޔާރުކޮށްފައިވާ ބައެއް ބާވަތްތަކުގެ ތެރޭގައި އެކި ވައްތަރުތަކުގެ ތަރުކާރީ، މޭވާ، ކުކުޅު، ޔޯގަޓް، ޗީޒް އަދި ޕޮޕްކޯން ހިމެނެ އެވެ. ބައެއް ފަހަރު ޗިޕްސް އާއި ނާޗޯޒް ފަދަ ބާވަތްތައްވެސް ހިމަނަ އެވެ.

"ބޭނުމަކީ އަސްލު ސްކޫލްގައި ވިޔަސް، ބެލެންސްޑް މީލްއެއް ނަގަން ދަސްކޮށްދިނުން. އެއީ ކުދިން ކިޔަވާވެސް ކަމެއް. އެހެންވީމަ ކޮންމެ ފަހަރަކު ބުނެގެން ކުރެވުމަށްވުރެ، އެގޮތަށް ޕްރެކްޓިސްކުރުވުމުން އެ އާދަ ހަރުލައްވަން ފަސޭހަވާނެ ކަމަށް ގަބޫލުކުރެވެނީ،" ތޫތަ ބުންޏެެވެ.

ދަރިފުޅު ސްކޫލަށް ދާން ތައްޔާރުވާ ގަޑީގައި މަސައްކަތް ފަށައި ކޮންމެ ދުވަހުވެސް ގާތްގަނޑަކަށް 10 މިނިޓުތެރޭ އިންޓަވަލް ތައްޔާރުކޮށް ނިންމާލެވެނީ ތޫތަ ބުނާގޮތުން ދުރާލާ ރާވައި ތައްޔާރުވެގެންނެވެ. މިކަމުގައި އޭނާގެ ސިއްރަކީ ކޮންމެ ހަފްތާއަކުވެސް ކެއްކުމުގެ ސާމާނު ގަތުމުގެ ކުރިން އެކަމުގައި ދަރިންވެސް ބައިވެރި ކުރުވާ އެކުދިން ބޭނުންވާ ބާވަތްތައް ވެސް އަހައި، އެ ތަކެތިވެސް ހިމަނައިގެން އެއްޗެހި ހަމަކޮށް ތަރުކާރީ އާއި މޭވާ ފަދަ ބާވަތްތައް ދޮވެ ތައްޔާރުކޮށްފައި ބެހެއްޓުމެވެ.

މިކަމުގައި އޭނާއަށް ލިބޭ ހުރިހާވެސް އުފަލަކީ ދަރިފުޅުގެ ލޯބި ހިނިތުންވުން ކަމުގައިވާއިރު، އަބަދުވެސް ދަރިފުޅުގެ ހިޔާލާއި މަޝްވަރާއި ހޯދުމަކީ ތޫތަ ބުނާގޮތުން އެންމެ މުހިންމު އެއް ކަމެވެ.

ތޫތަ ތައްޔާރުކޮށްފައިވާ ލަންޗްބޮކްސް އެއް--
ތޫތަ ތައްޔާރުކޮށްފައިވާ ލަންޗްބޮކްސް އެއް--

ތޫތަ ތައްޔާރުކޮށްފައިވާ ލަންޗްބޮކްސް އެއް--

"މިގޮތަށް ލަންޗްބޮކްސް ތައްޔާރުކުރަން ބޭނުންނަމަ ރަނގަޅު ބޮކްސް އެއް ހޯދުން މުހިންމު. އެކަމަކު ލިބެން ނެތްނަމަ ކަޕްކޭކް ލައިނާސްވެސް ބޭނުންކުރެވިދާނެ. އަދި ކޮންމެ ފަހަރަކު ބޮއެފަ އުކާލާ ޕެކެޓްތަކުގެ ބަދަލުގައި ރީޔޫސަބަލް ޑްރިންކް ޕެކެޓެއް ބޭނުންކުރުން ބުއްދިވެރި،" ތޫތަ ލަފާދިނެވެ.

ތޫތަގެ ދެ ފިރިހެން ކުދިން ތިބޭއިރު އަދި މިހާތަނަށް އޭނާ އިންޓަވަލް ތައްޔާރުކުރަން ޖެހެނީ އުމުރުން 8 އަހަރުގެ ދަރިފުޅަަށް އެކަންޏެވެ. މެންދުރު އެކަކުން ފެށިގެން ވިހި މިނިޓުގެ ވަގުތުކޮޅެއް ކެއުމަށް ހާޢްސަކުރެވިފައިވާއިރު، ވީހާވެސް ހަށްޓަށް ލުއި، ރަހަމީރު ދުޅަހެޔޮ ގޮތަކަށް، ހަގު ދަރިފުޅުގެ ލަންޗް ބޮކްސް ތައްޔާރުކުރުމަށްވެސް ތޫތަ ހުރީ ކެތްމަދުވެފަ އެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox