މާލޭގެ ގުދަނެއްގައި ހުރި އަލިފާން ނިއްވާ ފުޅިއެއް ގޮވައި، ދެ މީހަކު މިއަދު ފިހިގެން ފަރުވާދޭން ފަށައިފި އެވެ.
މި ހާދިސާ ހިނގި، އަލިފާން ނިއްވާ ފުޅި ރައްކާކުރާ ގުދަން ހުންނަނީ މާފަންނު ބިސްބުރު ކައިރީގަ އެވެ.
އެމްއެންޑީއެފުން ބުނީ ގުދަނުގެ ތެރެއިން ގޮވާފައި ވަނީ އެފްއެމް200ގެ ސިލިންޑަރެއްގައި ކަމަށެވެ. އެ ހާދިސާގައި އަނިޔާވީ ދިވެއްސަކާއި ބިދޭސީއަކަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ގޮތެއް އެމްއެންޑީއެފާއި ފުލުހުން އަދި ނުބުނެ އެވެ. އެކަމަކު އެ ސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އަލިފާން ނިއްވާފުޅިއެއް ގޮވައި ހާދިސާއެއް ހިނގާފައި ވާއިރު މިދިޔަ މިދިޔަ އޭޕްރިލް މަހު ރ. އިނގުރައިދޫގައި ގޭސްފުޅިއެއް ގޮވައި ގެއެއް ބޭނުން ނުކުރެވޭވަރަށް ވަނީ ފުނޑުފުނޑުވެފަ އެވެ. އެ ގޭގައި ދިރިއުޅުނު އުމުރުން ދުވަސްވީ މީހެއްގެ ހަށިގަނޑުގެ 50 ޕަސެންޓް ވެސް އެ ހާދިސާގައި ފިހުނެވެ.












