ހިނގާނީ ޙައްޤެވެ.

ހިނގާނީ ޙައްޤެވެ.

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

އިހުޒަމާނުގައި މީހުން ދިރިއުޅެމުން ގެންދިޔައީ، ވަރަށް އާދައިގެ ދިރިއުޅުމެކެވެ. އާންމު ދިރިއުޅުމުގައި މާގިނަ އުނދަގޫތަކެއް އޭރަކު އިޙުސާސެއް ނުކުރެވެ އެވެ. އެހެނަސް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ ވަރަށް ދަތި އުނދަގޫ ކަމެއް ކަމުގައި ވި އެވެ. އޭރު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ސަވާރީއަކީ، އަހާއި ޖަމަލާއި ޙިމާރާއި ބަޣަލު ފަދަ ޖަނަވާރުތަކެވެ. އޭރު އެފަދަ ޖަނަވާރުތައް، ސަވާރީއަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ވެ އެވެ. އެއިން އެއްކަމަކީ، އޭގެ ބުރިކަށިމަތީގައި އިށީނުމަށްޓަކައި ބާއްވާ އެތި ތައްޔާރުކުރުމެވެ. ގޮދަޑިގަނޑެއްގެ ސިފައިގައި އޭތި ތައްޔާރުކުރަނީ، އޭގެތެރެއަށް ހުއި އަޅައިގެންނެވެ. ޖަނަވާރެއްގެ ބުރިކަށިމަތީގައި އޭތި ބޭއްވުމުން، އެ ޖަނަވާރު ސަވާރީއަކަށް ވެދެ އެވެ.

މިދެންނެވި ގޮތަށް ކަން އޮތް ޒަމާނުގައި، އެއްދުވަހަކު ދެ މަގަކުން ހިނގާފައި ދިޔަ ދެ މީހަކު، ހަތަރު އަނގޮޅި ކަންމައްޗެއްގައި ބައްދަލުވެ، އެކަކު އަނެކަކަށް ތަޢާރަފުވި އެވެ. އޭން އެކަކުގެ ނަމަކީ، "ޙައްޤު" އެވެ. އަނެކަކުގެ ނަމަކީ، "ބާޠިލު" އެވެ. އެ ދެ މީހުން ވެސް ހިނގަމުންދިޔައީ އެއް ރަށަކަށް ދިއުމަށްޓަކަ އެވެ. އެ ދެ މީހުން ބައްދަލުވި ތަނުގައި ތިއްބައި، ދުވަމުންދިޔަ ޙިމާރެއް، އެ ދެ މީހުންނަށް ފެނުނެވެ. އެއީ، ދަތުރުކުރަން ތައްޔާރުކޮށްފައިވާ ސަވާރީއެކެވެ. ދެން އެ ދެ މީހުން އެ ޙިމާރު އަތުލައިގަތުމަށްޓަކައި ދުއްވައިގަތެވެ. ދެމީހުންކުރެ ބާރަށް ދުވަނީ ޙައްޤެވެ. އެހެންކަމުން ބާޠިލަށްވުރެ ކުރިން، ޙައްޤު ގޮސް ޙިމާރު ހުއްޓުވައި އެއަށް ސަވާރުވާން އުޅުނެވެ. އެހިނދު ބާޠިލު ގޮސް އެކަން މަނާކުރި އެވެ. ދެންފަހެ، ޙިމާރުގެ މައްޗަށް ސަވާރުވާނެ މީހަކު ކަނޑައެޅުމާމެދު އެ ދެ މީހުންގެ ދެމެދުގައި ފެށުނު ވާހަކަ އަރައިރުމަކަށް ބަދަލުވި އެވެ.

ޙައްޤު ބުނަނީ، ޙިމާރު ހުއްޓުވީ ޙައްޤު ކަމަށެވެ. އެހެންވީމާ، ޙިމާރަށް ސަވާރުގެ އޭގެ މަތީގައި ދަތުރުކުރުމުގެ ޙައްޤު ލިބެންޖެހޭނީ ޙައްޤަށް ކަމަށެވެ.

ބާޠިލު ބުނަނީ، ޙިމާރު ފުރަތަމަ ފެނުނީ ބާޠިލަށް ކަމަށެވެ. އެހެންވީމާ، ޙިމާރުގެ ބުރިކަށިމަތީގައި ދަތުރުކުރުމުގެ ޙައްޤު ލިބެންޖެހޭނީ ބާޠިލަށް ކަމަށެވެ.

މި އަރައިރުން ނިމުމަކަށް ގެނެސް، ޙިމާރަށް ސަވާރުވުމަށްޓަކައި ޙީލަތެއް ހެދުމުގެ ނިޔަތުގައި ބާޠިލު ބުންޏެވެ.

ބާޠިލު: މިހެން ކިތަންމެއިރެއް ވަންދެން ޒުވާބުކުރިއަށް މި މައްސަލަ ހައްލެއްނުވާނެ އެވެ. އެހެންވީމާ، ދެމީހުން އެއްބަސްވުމަކަށް އަންނަމާ ހިނގާށެވެ!

ޙައްޤު: އެންމެ ރަނގަޅެވެ. އެއްބަސްވާންވީ ކޮންކަމަކަށް ހެއްޔެވެ؟

ބާޠިލު: އެއްބަސްވާންވީ، އެކަކު ޙިމާރުގެ މައްޗަށް ސަވާރުވެ ދަތުރުކުރުމަށެވެ. އަނެކަކު ހިނގާފައި ދިއުމަށެވެ. ޙިމާރުގެ މައްޗަށް ސަވާރުވާ މީހާއަށް އޭގެ މަތީގައި ދަތުރުކުރެވޭނީ، ހިނގާފައިދާ މީހާ ވަރުބަލިވަންދެނެވެ. ދެން ޙިމާރުގެ މަތީގައި ދަތުރުކުރާ މީހާ ފައިބައި، އަނެކަކު ޙިމާރުގެ މައްޗަށް ސަވާރުވެގެން ދަތުރުކުރާނީ އެވެ. އެހެނަސް، ފުރަތަމަ ޙިމާރުގެ މައްޗަށް ސަވާރުވާނީ ބާޠިލެވެ!

ޙައްޤު: ތިޔަ ގޮތާމެދު އެއްބަސްވަމެވެ.

މި އެއްބަސްވެވުނު ގޮތުގެމަތިން، ޙިމާރުގެ މައްޗަށް ބާޠިލު ސަވާރުވި އެވެ. ޙައްޤު ދިޔައީ ފައިމަގުގައި ހިނގާފަ އެވެ. އެގޮތުގައި ދިގު ރާސްތާއެއް ކަޑައްތުވިއިރު، ޙައްޤު ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ. ދެން ޙިމާރުގެ މައްޗަށް އޭނާ ސަވާރުވުމަށާއި، ބާޠިލު ހިނގާފައި ދިއުމަށް އެދުނެވެ. އެހެނަސް އެކަމަށް، ބާޠިލު އިޖާބައެއް ނުދިނެވެ.

ޙައްޤު ބުންޏެވެ. އެއްބަސްވެފައިވާ ގޮތުގެ މަތިން ކަންކުރުމަށްޓަކައި، ބާޠިލު ބިމަށް ފައިބާށެވެ! ދެން ޙިމާރުގެ މަތީގައި ދަތުރުކުރާނީ ތިމަންނަ އެވެ. ބާޠިލު ވަރުބަލިވުމުން ތިމަން ބިމަށް ފައިބައި، ޙިމާރަށް ސަވާރުވުމުގެ ފުރުޞަތު ބާޠިލަށް ދޭނަމެވެ.

ބާޠިލު މަލާމާތުގެ ރާގަކަށް ހީނލާފައި ބުންޏެވެ. "ކޮން އެއްބަސްވުމެއް ހެއްޔެވެ؟ ތިޔައީ ޙައްޤެވެ. މިއީ ބާޠިލެވެ. ޙައްޤާއި ބާޠިލާ ދެމެދުގައި ދުވަހަކުވެސް އެއްބަސްވުމެއް ނޯންނާނެކަން ޙައްޤަށް ވެސް އެނގޭނެ އެވެ."

ޙައްޤު: މިދައްކަނީ، ތިމަންމެން ދެ މީހުން ޙިމާރުގެ މަތީގައި ދަތުރުކުރާނެ ގޮތަކާމެދު ވީ އެއްބަސްވުމުގެ ވާހަކަ އެވެ. ތިޔަ ބުނަނީ، އެއީ ނެތް އެއްޗެއް ކަމުގައި ވެއްޖެ ވާހަކަ ހެއްޔެވެ؟

ބާޠިލު: ތިމަންމެން ދެ މީހުން ޙިމާރުގެ މައްޗަށް ސަވާރުވުމަށްޓަކައި، އެއްބަސްވުމަކަށް އައުމަށް ހުށަހެޅީ ކާކު ހެއްޔެވެ؟

ޙައްޤު: އެއީ، ބާޠިލު ހުށަހެޅި ހުށަހެޅުމެކެވެ.

ބާޠިލު: އެހެންކަމަށްވަނީނަމަ، އެއީ ބާޠިލު އެއްބަސްވުމެކެވެ. ޙައްޤަށް ވެސް އެނގޭނެ ފަދައިން، ބާޠިލު ހުށަހަޅާ ކޮންމެ ހުށަހެޅުމަކީ ބާޠިލު ހުށަހެޅުމެކެވެ!

ބާޠިލު މިހެން ބުނުމުން، އެކަމާ ދެކޮޅުހަދައި، ޙައްޤު އަޑުއުފުލަންފެށި އެވެ. އެހިނދު، އެ ހިސާބުން ދަތުރުކުރަމުންދިޔަ މީހަކު ފެނިފައި، ޙައްޤު ބުންޏެވެ. ބާޠިލު ތިދައްކަނީ ހަމަޖެހޭ ވާހަކައެއް ނޫންކަން، ދަތުރުކުރަމުން އެދާ މުސާފިރަށް ވެސް އެނގޭނެ އެވެ.

އެހިނދު ބާޠިލު ބުންޏެވެ. އެންމެ ރަނގަޅެވެ. މި މައްސަލައާމެދު، އެ މުސާފިރު ގޮތެއް ނިންމައިފިނަމަ، އެ ގޮތް، ޤަބޫލުކުރާނަން ހެއްޔެވެ؟

ޙައްޤު ބުންޏެވެ. އޭނާ ނިންމާ ގޮތެއް ތިމަންނާ ޤަބޫލުކުރާނަމެވެ.

ދެން ބާޠިލު، ނިކަން ބާރަށް އެ މުސާފިރަށް ގޮވައި، އޭނާ އެތަނަށް ގެނުވުމަށްފަހު ބުންޏެވެ.

އަޅުގަނޑުމެން ދެ މީހުން މިއުޅެނީ، ހިނގާނީ ޙައްޤުކަން ނުވަތަ ހިނގާނީ ބާޠިލުކަން ނޭނގިގެންނެވެ! މި ކަމުގައި ނުހަނު އިންޞާފުވެރިކަމާއެކު ގޮތެއް ނިންމަވައި ދެއްވަ ބައްލަވާށެވެ! ތިޔަ މުސާފިރު ނިންމަވާ ގޮތެއް އަޅުގަނޑުމެން ދެ މީހުން ޤަބޫލުކުރާނަމު އެވެ.

އެ ދެ މީހުންގެ ދެމެދުގައި ޖެހިގެންއުޅޭ މައްސަލައަކީ ކޮބައިތޯ ބަލައިލުމެއް ނެތި، މުސާފިރު ބުންޏެވެ. "ހިނގާނީ ޙައްޤެވެ! އަދި ހިންގަން ވާނީ ވެސް ޙައްޤެވެ!!!"

މިހެން ބުނުމަށްފަހު، އެ މުސާފިރު ދަތުރުކުރަމުންދިޔަ މަގުން އޭނާ ހިނގައްޖެ އެވެ.

ދެން ޙައްޤާ މުޚާޠަބުކޮށް، ބާޠިލު ބުންޏެވެ. އޭނާ އެ ނިންމީ، ޙައްޤު ހިނގުމަށެވެ! އެހެންވީމާ، ޙައްޤު ދާންޖެހޭނީ ހިނގާފަ އެވެ! ޙައްޤަށް އެ ނޫން ގޮތެއް ނޯންނާނެ އެވެ!

މިހެން ބުނުމަށްފަހު، ބާޠިލު މަލާމާތުގެ ރާގެއްގައި ބާރަށް ހޭންފެށި އެވެ! އަދި ޙިމާރުގެ މަތީގައި ބާރަށް ދަތުރުކުރަމުން ޙައްޤަށްވުރެ ކުރިއަރައިގެން ހިނގައްޖެއެވެ!

މި ވާހަކައިގައި ވާ ފަދައިން، އިހުޒަމާނުގެ އާދައިގެ ދިރިއުޅުމުގައި ވެސް ވަނީ ޙައްޤުގެ ޙައްޤު ގެއްލިފަ އެވެ! މި ޒަމާނުގެ ހަލަބޮލި ދިރިއުޅުމުގައި ވެސް ޙައްޤުވެރިންގެ ޙައްޤުތައް ގެއްލިފައިވާ ފަދައިންނެވެ!!!

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox