ސެޕްޓެމްބަރު 11 އާ ދިމާކޮށް އެމެރިކާގައި ހަމަލާއެއްގެ އިންޒާރު

އެމެރިކާގެ ކެޕިޓަލް އިމާރާތުގެ ބޭރުގައި ސެކިއުރިޓީ ވަރުގަދަކޮށްފައި.-- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ކެޕިޓަލް އިމާރާތުގެ ބޭރުގައި ސެކިއުރިޓީ ވަރުގަދަކޮށްފައި.-- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޯގަސްޓު 14) - "ސެޕްޓެމްބަރު އެގާރަ"އިގެ ހަމަލާއަށް 20 އަހަރު ފުރުމާ ދިމާކޮށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަފާނެ ކަމަށް ބެލެވޭތީ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން އެޑްވައިޒަރީ ނެރެފި އެވެ.

މީގެ 20 އަހަރު ކުރިން ސެޕްޓެމްބަރު 11، 2001 ވަނަ ދުވަހު، އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރާއި ދިފާއީ މައި މަރުކަޒު ޕެންޓެގަން އަށް ހަމަލާ ދިނީ އެމެރިކާގެ ކޮމާޝަލް ހަތަރު ފްލައިޓެއް ހައިޖެކްކޮށްގެންނެވެ. މި ހަމަލާގައި، ފަހުރެއްގެ ގޮތުގައި ބަލަމުން ދިޔަ ވޯލްޑް ޓްރޭޑް ސެންޓަރުގެ އުސް ދެ ޓަވަރު ގޮއްވާލުމުން ބިމާކޮށްލި އެވެ.

މި ހަމަލާތަކުގައި 2،900 އަށް ވުރެ ގިނަ މީހުން މަރުވެ، ގާތްގަނޑަކަށް 6،000 މީހުން ޒަހަމްވި އެވެ.

މި ހަމަލާ ދިންތާ 20 އަހަރު ފުރޭއިރު، ނޭޝަނަލް ޓެރަރިޒަމް އެޑްވައިޒަރީ ސިސްޓަމް ބުލެޓިން އިން ބުނީ އެމެރިކާ އަށް ކުރިމަތިވެފައިވާ އޮތީ "ނުރައްކާގެ މިންވަރު އިތުރު މާހައުލެއް" ކަމަށާއި އެމެރިކާގެ އެތެރޭގައި އުޅޭ ޓެރަރިސްޓުންނާއި އެހެން ގައުމުތަކުގެ ޓެރަރިސްޓުންގެ ފަރާތުން ވެސް ނުރައްކާ އެބަ އޮތް ކަމަށެވެ.

އެގޮތަށް ބުނެފައި ވަނީ ހަރުކަށި ފިކުރު ފެތުރުމަށާއި ނުރައްކާތެރި އަމަލުތައް ހިންގުމަށް އޮންލައިން ފޯރަމްތައް ބޭނުން ކުރުން މި ދަނޑިވަޅުގައި އިތުރުވެފައިވާ ކަމަށް ފާހަގަވެފައި ވާތީ އެވެ.

ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން އެންމެ ފަހުން މިފަދަ އިންޒާރެއް ނެރުނީ ޕާލިމެންޓުގެ ޖަލްސާތައް ބާއްވާ ކެޕިޓަލް އިމާރާތަށް އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

އެ ފަހަރު އެ ޑިޕާޓްމަންޓުން ބުނީ ނުރައްކާ އޮތީ ސަރުކާރާ ދެކޮޅު، ނަސްލީ ތަފާތު ކުރުން ގެންގުޅޭ "ހައްދުފަހަނަ އެޅި ހަރުކަށި ފިކުރުގެ" މީހުންގެ ފަރާތުން ކަމަށެވެ.

އޭގެ ފަހުން މިދިޔަ މޭ މަހު ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ބުނީ ކޮވިޑާ ގުޅިގެން އުފެދިފައިވާ ހާލަތުގެ ނާޖައިޒު ބޭނުންކޮށްގެން ހަމަލާއެއް ދީފާނެ ކަމަށެވެ.

ސެޕްޓެމްބަރު 11 އާ ދިމާކޮށް ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭތީ މިދިޔަ ހުކުރު ދުވަހު ނެރުނު އެޑްވައިޒަރީގައި ބުނީ ޔަމަނުގައި ހިންގާ އަލް ގައިދާގެ ބްރާންޗުގެ ޕްރޮޕެގެންޑާ ފެތުރުމަށް ގެންގުޅޭ އިނގިރޭސި މަޖައްލާ "އިންސްޕަޔާ" ގެ އާ އަދަދެއް ހަތަރު އަހަރަށް ފަހު އަލުން ނެރެފައިވާ ކަމަށެވެ.

މިއަދާ ހަމައަށް އެމެރިކާއިން އަންނަނީ އަލް ގައިދާގެ ޔަމަން ބްރާންޗާ ދެކޮޅަށް ވައިގެ ހަމަލާތައް ދެމުންނެވެ.

ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއަކީ ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށް ފަހު އުފެއްދި އިދާރާ އެކެވެ. އެ އިދާރާގެ ޒިންމާއަކީ ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރު ގަވާއިދުން ދެނެގަނެ، އެއާ ގުޅޭ އިންޒާރުތައް ނެރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox