ގައުމީ ޓީމަށްދޭ ސަޕޯޓް މި ވަގުތު އީގަލްސް އަށް ބޭނުން: ޝާޒް

އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް).-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މާދަމާރޭ އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ މެޗަށް ރާއްޖޭގެ އީގަލްސް ނުކުންނައިރު، ދަނޑަށް ސަޕޯޓަރުންނަށް ނުވަދެވުނު ކަމުގައި ވިޔަސް ފުޓްބޯޅަ އަށް ލޯބިކުރާ އެންމެންގެ ފަރާތުން ބޭނުންވަނީ ދިވެހި ގައުމީ ޓީމަށް ދޭ ވަރުގެ ސަޕޯޓެއް ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.

ބެންގަލޫރާ ދެކޮޅަށް އީގަލްސް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި އިންޑިއާގެ ސުޕަ ލީގު ކްލަބް އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. ޕްލޭއޮފާއި ގްރޫޕް ސްޓޭޖުގެ މެޗުތައް އޮތީ މާލޭގަ އެވެ.

ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާޒް ބުނީ އީގަލްސް ކުޅުނު ކަމުގައި ވިޔަސް މި މެޗުގައި އެ ޓީމަށް ރާއްޖޭގެ ފުޓްބޯޅައިގެ އެންމެންގެ ވެސް ސަޕޯޓް ބޭނުންވާނެ ކަމަށެވެ.

"ހޯމް އެޑްވާންޓޭޖް އެންމެ ފުރިހަމަކޮށް ލިބޭނީ ފުޓްބޯޅަ އަށް ލޯބިކުރާ އެންމެން އަދި ރާއްޖޭގެ އެންމެން ނެޝަނަލް ޓީމަށް އެދޭ ސަޕޯޓް ހަގީގަތުގައި މި ވަގުތު އީގަލްސް އަށް ލިބިގެން. ވަރަށް ބޮޑަށް އުއްމީދުކުރެވޭ އެ ކަމަށް ވެސް. އިރާދަކުރެއްވިއްޔާ މި މެޗު ކާމިޔާބުކުރުމުގެ އަޒުމުގައި މި ތިބީ،" ޝާޒް ބުންޏެވެ.

އީގަލްސް އިން އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ވަނީ ގައުމީ ޓީމުގެ ތަޖުރިބާކާރު ރަނގަޅު ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ. އެ ކުޅުންތެރިންނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ގޯލްކީޕަރު މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އާރިފް (ބަކާ)، އިސްމާއިލް އީސާ (މެސީ) އަދި ގްރީން ސްޓްރީޓްސް އާއި މާޒިޔާ އަދި ދަ ގްރާންޑޭ އިން ކުރިން ފެނުނު އަހުމަދު ހަސަން (އައްމަޑޭ) އެވެ.

އީގަލްސްގެ ޕްރެކްޓިހުގެ ތެރެއިން ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް (މ).-- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު

ޝާޒް ބުނީ އީގަލްސް ޓީމުން އޭއެފްސީ ކަޕަށް ތަޖުރިބާކާރު ރަނގަޅު ކުޅުންތެރިން ހޯދި އެއް ސަބަބަކީ ޓީމުގައި ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ނެތުން ކަމަށެވެ. އަދި މި ކުޅުންތެރިންނަކީ ބައިނަލްއަގުވާމީ ލެވަލްގައި ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާތީ ޕްރެޝަރަށް ވުރެ ބޮޑަށް ޝާޒްލީ އަށް އޮތީ ހިތްހަމަ ޖެހުމެވެ.

"(އެއްކޮށް) ޕްރެޝަރު ނެތް ވާހަކައެއް ނޫން. ޓީމު ސްޓްރޯންގް ވުމުގެ ހިތްހަމަ ޖެހުން ބޮޑީ. ޕްރެޝަރު އޮންނާނެ ކޮންމެ ގޮތެއް ވިޔަސް މި ކަހަލަ މެޗެއްގައި. އެއީ ކޮންމެ ގޮތެއް ވިޔަސް އީގަލްސް މޮޅުވާން ނުކުންނަ މެޗެއް މިއީ. ފުޓްބޯޅައިގައި އެ އޮންނަ ޕްރެޝަރެއް ނޫން. ޑިސެޑްވާންޓޭޖަކަށް ވުރެ އެޑްވާންޓޭޖެއް ގޮތަށް ދެކެނީ،" ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ކޯޗު ޝާޒް ބުންޏެވެ.

ޝާޒް ބުނީ އީގަލްސް އަށް މި ފަހަރު މިއައި ކުޅުންތެރިންނަކީ އެކި ކްލަބްތަކުގައި ވިޔަސް އެއްކޮށް މަސައްކަތް ކުރެވުނު ކުޅުންތެރިންތަކެއް ކަމަށެެވެ.

އެ ހުރިހާ ކަމަކާ އެކު އެކްސްޕީރިއަންސާ އެކު ބޭނުންކޮށްގެން ގްރޫޕް ސްޓޭޖަށް ވަދެވޭތޯ މި ބަލަނީ -- ޝާޒް

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މިދިޔަ އަހަރުގެ މުބާރާތުގައި މާޒިޔާގެ އިތުރުން ރާއްޖޭގެ ޓީސީ ވެސް ވާދަކުރި އެވެ. އޭރު ޓީސީގެ ކޯޗަކަށް ހުރީ ޝާޒް އެވެ. އެ މުބާރާތް ކޮވިޑާ ހެދި ކެންސަލްކުރީ އެވެ. އީގަލްސް އިން ބެންގަލޫރުގެ މައްޗަށް ކުރިހޯދައިފިނަމަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގަ ލިބުމުގެ އިތުރުން އެ ވެގެންދާނީ އޮކްޓޫބަރު މަހު މާލޭގައި ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ކުރިން އީގަލްސްގައި ތިބި ކުޅުންތެރިންނަށް ކުޅެލަން ލިބޭ ރަނގަޅު މެޗުތަކަކަށެވެ.

ޝާޒް ބުނީ ގްރޫޕް ސްޓޭޖަށް ވަނުމަކީ އީގަލްސްގެ ކުޅުންތެރިން މި ވަގުތު އެންމެ ބޭނުންވެފައި ހުރި ކަންތައް ކަމަށާއި އެއީ އީގަލްސް އާއި ގައުމީ ޓީމުގެ އިތުރުން އެ ކުޅުންތެރިންގެ ކެރިއަރަށް ވެސް ވިސްނައިގެން ކަމަށެވެ.

"މި އޮތީ ބެންގަލޫރު ބަލިކުރުން އެކަންޏެއް ނޫން. އެ މީހުންގެ ކެރިއަރައިގެން ކުރިއަށްދާން ވެސް ފުރުސަތެއް މިއީ. އެކަން ކުޅުންތެރިންނަށް އެ ހުރިހާ އެއްޗެއް އެނގިގެން މި މެޗަށް ނުކުންނަނީ. ކުޅުންތެރިން ވެސް މި ތިބީ އެކަމާ ގުޅިގެން މޯޓިވޭޓްވެފައި،" ޝާޒް ބުންޏެވެ.

އީގަލްސްގެ ޕްރެކްޓިހުގެ ތެރެއިން ދަގަނޑޭ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް އެންމެ ފުރަތަމަ ކުޅުނު ހަތް މެޗުން ވެސް ބެންގަލޫރު އޮތީ ފުރިހަމަ ރެކޯޑަކާ އެކު އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު އަތުންނާއި މިދިޔަ އަހަރުގެ މުބާރާތުގެ ކޮލިފައިން ޕްލޭއޮފްގެ ދެ ލެގުން މާޒިޔާ އަތުންނެވެ.

ޝާޒް ބުނީ ބެންގަލޫރު އަތުން ރާއްޖޭގެ ޓީމުތަކުން މޮޅުވެފައި ހުރީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. ބެންގަލޫރުގެ މާލީ ތަނަވަސްކަމާއި މުބާރާތްތަކަށް ތައްޔާރުވާން އެ ޓީމުން ކުރާ ހޭދައަށް ބަލާއިރު، އެ ޓީމާ އީގަލްސްގެ ހާލަތު ނުބައްދަލު ކަން ޝާޒް ފާހަގަކުރި އެވެ.

"ދެ ޓީމުގެ ވާހަކަ ދައްކާއިރު ދެ ޓީމުގެ ލެވަލް ވެސް ވިސްނަން ޖެހޭ ފުޓްބޯޅަ އަކީ ވަރަށް ބޮޑަށް ފައިސާއާ ގުޅިފައި އޮންނަ އެއްޗެއް. ކުޅުންތެރިންނަށް ކުރާ ހަރަދާއި ޓީމު ތައްޔާރުވާން ފައިސާ ހަރަދުކުރާވަރު. އެ ގޮތަށް ނުބައްދަލު. ބޮޑު ޗެލެންޖެއް މިއީ. ކުޅުންތެރިން ތިބީ އެ ޖެލެންޖަށް ފައިޓެއް ދޭން،" ޝާޒް ބުންޏެވެ.

މި މެޗަކީ އެންމެ ފުރަތަމަ މިދިޔަ މެއި މަހު މާލޭގައި ކުޅެން ރޭވި މެޗެކެވެ. އެކަމަކު، ބެންގަލޫރުގެ ކުޅުންތެރިން މާލެ އައިސް ކޮވިޑް-19 ގެ ޕްރޮޓޮކޯލާ ހިލާފުވުމުން އެ މެޗު އޭރު ނުކުޅެވި ޖެހުނީ ފަސްކުރާށެވެ. އޭރު ތައްޔާރުވެފައި އޮތް ހާލަތަށް ބަލާއިރު، ދެ ޓީމު ވެސް މިހާރު އޮތީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.

ޝާޒް ބުނީ މެޗަށް ތައްޔާރުވާނީ ބެންގަލޫރުގެ ވަރުގަދަ ހުރިހާ ކަމަކަށް ބަލާފައި ކަމަށެވެ. ބެންގަލޫރަކީ ވަރަށް ތަފާތު ލީގެއްގައި ކުޅޭ ޓީމެއް ކަމަށާއި އެހެންކަމުން އެ ޓީމާ މެދު ސަމާލުވާން ޖެހޭ ހުރިހާ ކަމަކަށް އީގަލްސް އިން ވިސްނާނެ ކަން ޝާޒް ވަނީ ފާހަގަކޮށްފަ އެވެ.

އީގަލްސް ވަނީ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި އޭޕްރީލް މަހު މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން 2-0 އިން މޮޅުވެފަ އެވެ. ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗު އެ ޓީމަށް ކުޅެވޭނެ ގޮތެއް ނުވެ، އެންމެ ފަހުން އީގަލްސް އަށް މެޗު ލިބުނީ އެވެ. އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާރޭ 8 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox