މަހުލޫފާ މެދު ތަފާތުކޮށް އަމަލު ކުރަން ޖެހޭ ސަބަބެއް ނެތް: ޕީޖީ އޮފީސް

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: މިނިސްޓަރު މަހުލޫފް ކުރައްވާ ތުހުމަތުތައް ޕީޖީން ދޮގު ކުރޭ-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް: މިނިސްޓަރު މަހުލޫފް ކުރައްވާ ތުހުމަތުތައް ޕީޖީން ދޮގު ކުރޭ-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ރިޝްވަތު ހިފި ކަމުގެ ތުހުމަތު ކޮށްފައިވާ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާ މެދު ތަފާތުކޮށް އަމަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ، މަހުލޫފް ދައްކަވާ ވާހަކަތަކަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ރައްދު ދީފި އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި އެ ދުވަހުން ފެށިގެން ރައީސް ސޯލިހު ވަނީ މަހުލޫފު ވަޒީފާއިން ސަސްޕެންޑް ކުރައްވައިފަ އެވެ.

މައްސަލާގައި ގޮތެއް ނުނިމި ލަސްވެފައިވުމުން މަހުލޫފް ވެސް ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި އެ މައްސަލައަށް ވަނީ ސިޔާސީ ނުފޫޒު ވަދެފަ އެވެ. ކެބިނެޓްގައި އިންނަވައި މަހުލޫފު ގެންދަވަނީ ދައުވަލުގެ މުއައްސަސާތަކުގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވަމުންނެވެ.

އެ މައްސަލައާ މެދު ގޮތެއް ނުނިމި ލަސްވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިދިޔަ ބުދަ ދުވަހު ވަނީ ވިދާޅުވެފަ އެވެ.

ދައުވާއާ މެދު ގޮތެއް ނުނިންމާތީ ރުޅިގަދަ ވެފައިވާ މަހުލޫފް ރޭ ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ދޮގު ތުހުމަތުތަކެއް އުފުލާފައިވާ ކަމަށާއި އެ ދައުވާ އުފުލައިފި ނަމަ ދައުލަތުގެ މުއައްސަސާތަކުން "ހޭވި ހަޑި ހާމަވެ, އޮރިޔާންވާނެ" ކަމަށެވެ.

މަހުލޫފްގެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ ތަރުޖަމާން އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު "އަދަދު" އަށް މިއަދު ވިދާޅުވީ އެ މައްސަލައާ މެދު އަދިވެސް ގޮތެއް ނުނިމޭ ކަމަށާއި އަދިވެސް ތަހުގީގީ އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާގެ މައްޗަށް ދައުވާ ކުރާނެ ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ ހުސައިން ޝަމީމް ނިންމި ކަމަށް މަހުލޫފް ދައްކަވާ ވާހަކަތައް ޝަފީއު ދޮގު ކުރައްވަ އެވެ. ޝަފީއު ވިދާޅުވީ އެ މައްސަލާގައި އަދި ވަކި ގޮތެއް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ.

"ބައެއް ކޭސްތަކުގައި ކޭސް ބަލައިގެންފައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާ މަރުހަލާގައި އިތުރު ކަންކަން ސާފު ކުރުމަށް މުއްދަތު ނަގާ. މިއީ އާ ކަމެއް ނޫން. ބޮޑެތި މައްސަލަތަކުގައި މިހެން ދިމާވޭ،" ޝަފީއު ވިދާޅުވި އެވެ.

މަހުލޫފާ މެދު ވަކި ތަފާތު ގޮތަކަށް އަމަލު ކުރަން ޖެހޭ ސަބަބެއް ނެތް

މަހުލޫފު ރޭ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ މައްސަލަ ވަކި ގޮތަކަށް ގެންދަން ޝިއުނާ އާއި އައްސައަދު ވާހަކަ ދައްކަވާފައިވާ ޗެޓްލޮގްތަކެއް އެބަހުރި ކަމަށެވެ. އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ "ދައުލަތް އޮރިޔާންވާނެ" ކަމަށް ތުހުމަތު ކުރެއްވި އެވެ.

މަހްލޫފް ވިދާޅުވީ ތަހުގީގީ އިދާރާތަކުން މަސައްކަތް ކުރީ "ޖެހިޖެހީނުން އޭނާ ދުވާލަން" ކަަމަށެވެ. މުއައްސަސާތަކާ ދެކޮޅަށް މަސައްކަތް ކުރައްވަނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

މަހްލޫފް ތުހުމަތު ކުރެއްވި ގޮތުގައި އޭނާގެ މައްސަލައިގައި ދައުލަތުން އަމަލުކުރަން އުޅެނީ ފައިސާދީގެން ހެކި ބަސް ވެސް ނަގާށެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ތުހުމަތު މަހްލޫފް ދޮގު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ފެށުނީއްސުރެން އޭނާއާ މެދު އަމަލުކުރަމުން އައީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށެވެ. އެކަން އެގޮތަށް ކުރަނީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox