ފަލަސްތީނުގެ ބިމުގައި ޔަހޫދީން އާބާދު ކުރަން އިތުރު 2،000 ގެ އަޅަނީ

ފަލަސްތީނު މީހުން ގެތަކުން ނެރުމާ ދެކޮޅަށް ބޭއްވި އެއްވުމަށް އިޒްރޭލު ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: އޭއެފްޕީ

ފަލަސްތީނު މީހުން ގެތަކުން ނެރުމާ ދެކޮޅަށް ބޭއްވި އެއްވުމަށް އިޒްރޭލު ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދު ކުރުމަށް އިތުރު 2،000 ގެ އަޅަން ނިންމައިފި އެވެ.

މިއީ އާ ބޮޑު ވަޒީރު ނަފްތާލީ ބެނެޓްގެ ސަރުކާރުން ހުއްދަ ދިން ފުރަތަމަ ގެތަކެވެ. ފަލަސްތީނުން ވަނީ އެ ނިންމުން ކުށްވެރިކޮށްފަ އެވެ.

ސެކިއުރިޓީ އޮފިޝަލަކު އޭއެފްޕީ އަށް ބުނީ ޔަހޫދީންގެ ގެތަށް އެޅުމަށް ހުއްދަ ދިނީ ހުޅަނގު އައްސޭރީގައި "އޭރިއާ ސީ" ގެ ނަން ދީފައިވާ ހިސާބުގައި ކަމަށެވެ.

އެ ސަރަހައްދަކީ އިޒްރޭލުގެ ބާރު ހިންގާ ސަރަހައްދެކެވެ. ޔަހޫދީންގެ ގެތަކުގެ އިތުރުން އެ ތަނުގައި ފަލަސްތީނު މީހުން ގެ އެޅުމުގެ ހުއްދަ ވެސް ދީފައި ވެ އެވެ.

"އޭރިއާ ސީ ގައި ފަލަސްތީނު މީހުންނަށް ހާއްސަ 1،000 ހައުސިން ޔުނިޓު އަޅަން އަންނަ ހަފްތާގައި ހުއްދަ ދޭނެ ކަމަށް ބެލެވޭ. ޔަހޫދީންނަށް ހުއްދަ ދޭނީ 2،000 ހައުސިން ޔުނިޓު އަޅަން،" އޮފިޝަލް ބުންޏެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ އޮފީހުން ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެއީ މަހްމޫދު އައްބާސް އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ދެމެދު ފޯނުން ކުރެއްވި މަޝްވަރާތަކާ ހިލާފަށް އިޒްރޭލު ސަރުކާރުން ނިންމި ނިންމުމެއް ކަމަށް އެ އޮފީހުން ބުންޏެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބައިޑެން އާއި ބެނެޓް ވަރަށް އަވަހަށް ބައްދަލުކުރައްވާނެ އެވެ. އެމެރިކާ އަކީ ބައިނަލްއަގްވާމީ މުޖުތަމައުގައި އިޒްރޭލުގެ އެންމެ ބޮޑު އެހީތެރިޔާ އެވެ.

ޔަހޫދީން އާބާދު ކުރަން އިތުރު ގެތައް އަޅަން ހުއްދަ ދިނުމުން ބެނެޓްގެ ކޯލިޝަން ސަރުކާރުގެ ތެރެއިން ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް އަށް އިޒްރޭލުން ވެރިވެގަތީ 1967 ގަ އެވެ. އޭގެ ފަހުން ގާތްގަނޑަކަށް 700،000 އަށް ވުރެ ގިނަ ޔަހޫދީން ވަނީ އެ ސަރަހައްދުގައި ގެތައް އަޅައިގެން ދިރިއުޅެން ފަށާފަ އެވެ.

ނަމަވެސް އެއީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް ހިންގާ އަމަލެކެވެ. ފަލަސްތީނުން އުއްމީދު ކުރަނީ އެ ގައުމުގެ މިނިވަން ދައުލަތެއްގެ ސަރަހައްދުތަކުގެ ގޮތުގައި އެ ސަރަހައްދުތައް ހިމެނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox